އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު-- ފޮޓޯ/ މަޖިލިސް
ހަބަރު
27 Jun 2023 | 10:19
ވުޖޫދުގައި ނެތް ކަންކަމާ ގުޅުވައިގެން ކަލަގޮވުން ނޫންކަމެއް މި ސަރުކާރުން ނުކުރޭ: ވަހީދު

ވުޖޫދުގައި ނުވެސް ނެތް ކަންކަމާ ގުޅުވައިގެންވެސް ކަލަގޮވުން ނޫންކަމެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ މި ސަރުކާރުން ނުކުރާ ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއްޔެ ސަރުކާރުން ވަނި އާންމު ކޮށްފައެވެ. އެއާއިއެކު ސަރުކާރަށް ތާއީދުކުރާ އެކްޓިވިސްޓުން އަންނަނީ، މީސް މީޑިއާގައި ސަރުކާރަށް ތައުރީފް އޮއްސަމުންނެވެ. 

ނަމަވެސް ސަރުކާރާއި ދެކޮޅު ފަރާތްތަކުން އަންނަނީ، ދޭނެ ކަމަށް ބުނާ އެ ގޯތި ތަކުގެ ތެރެއިން ގިނަ ގޯތި ދިނުމަށް ހަމަޖެހިފައިވާ ބިންތައް އަދި ނުވެސް ހިއްކާއިރު, އެތަނުން ގޯތި ދިނުމުން ސަރުކާރަށް ފާޑުކިޔަމުންނެވެ. އެހެނީ 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ދޫކުރަނީ ހުޅުމާލެ އާއި ގުޅީފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން ކަމަށް ސަރުކާރުން ބުނާއިރު، އެތަންތަން ހިއްކުމުގެ މަސައްކަތް ރަނގަޅަށް ނުވެސް ފެށެއެވެ. 

އެހެންކަމުން އެކަމަށް ފާޑު ވިދާޅުވެ ވައްޑެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިސަރުކާރަށް އަމީނީމަގު އެންމެ ސެގްމަންޓެއްވެސް ވަނީ ބޮޑު މެގަޕްރޮޖެކްޓަކަށް ކަމަށެވެ.

"ބޯހިޔާވަހިކަމަށް އެދެން ހުޅުވާލުމުން ކުރިމަތިލާ މީހުންގެ ދިގު ލިސްޓުވެސް ފެންނަނީ ގޯތި ދީ ނިންމާފައި ތިބިހާ މީހުން ގޮތަށް. ވުޖޫދުގައި ނުވެސް ނެތް ކަންކަމާ ގުޅުވައިގެންވެސް ކަލަގޮވުން ނޫންކަމެއް ނުކުރޭ." ވައްޑެ ވިދާޅުވި އެވެ. 

ބިމެއް ނެތް ނިކަމެތިންނަށް ދޫކުރި ގޯތި، ރައްޔިތުންގެ މަޖިލީހުގައި މާލޭގެ 15 ދާއިރާ ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން އަށް މެމްބަރަކަށާއި އެހެން ދާއިރާތައް ތަމްސީލުކުރައްވާ މެމްބަރުންގެ ތެރެއިން ދެ ބޭފުޅަކަށް ވަނީ ލިބިވަޑައިގެންފައެވެ. 

އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ، ވެރިކަން ކުރާ އެމްޑީޕީގެ ފަސް މެމްބަރަކާއި ސަރުކާރާ ދެކޮޅަށް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ 'ދަ ޑިމޮކްރެޓްސް'އަށް ނިސްބަތްވެވަޑައިގަންނަވާ ހަތަރު މެމްބަރަކާއި އެމްއެންޕީގެ މެމްބަރެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.