ެމެމްބަރު ނިޔާޒު މަޖިލީހުގައި/ ފޮޓޯ: މަޖިލިސް
ހަބަރު
28 Jun 2023 | 05:40
އެންމެ ބޮޑަށް ތަންފީޒު ކުރެވުނީ ބޯހިޔާވަހިކަމުގެ ސިޔާސަތު: ނިޔާޒު

އެމްޑީޕީގެ މެނިފެސްޓޯގައި ހުރި ސިޔާސަތުތަކުގެ ތެރެއިން އެންމެ ބޮޑަށް ތަންފީޒު ކުރެވުނީ ބޯހިޔާވަހިކަމުގެ ސިޔާސަތުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ. 

އަލީ ނިޔާޒު މިފަދައިން ވިދާޅުވެފައިވަނީ މާލޭ މީހުންނަށް 5000 ގޯތި ދޫނުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން ގޯތި ލިބޭ ފަރާތްތައް އިއުލާނުކޮރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. 

ނިޔާޒު ވިދާޅުވީ ބޯހިޔާވަހިކަމަކީ އެމްޑީޕީގެ ކޮންމެ ސަރުކާރެއްގައި ވެސް އެންމެ އިސްކަމެއްދޭ ސިޔާސަތު ކަމަށެވެ. އެގޮތުން އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ބޯހިޔާވަހިކަމުގެ ސިޔާސަތުތައް ތަންފީޒުކޮށް ނަތީޖާ ނެރެދީފައިވާކަމަށް ނިޔާޒު ވިދާޅުވި އެވެ. 

"ބޯހިޔާވަހިކަމަކީ އެމް.ޑީ.ޕީ މެނިފެސްޓޯއިން އެންމެ ފުރަތަމަޖާގަ ހޯދާ ސިޔާސަތު އަދި އެންމެ ބޮޑަށް ތަންފީޒުކުރެވި ނަތީޖާނެރެވުނު ސިޔާސަތު.އެމް.ޑީ.ޕީ ގެ ދެސަރުކާރުން ވެސް ނަތީޖާ ނެރެދީފި"

ހުޅުމާލޭ ދާއިރާގެ މެމްބަރު ނިޔާޒު 

މި ކަންކަން ފާހަގަކުރައްވާ ނިޔާޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އެމްޑީޕީ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކަށް އެކަނި ބަލާލި ނަމަވެސް ކުރިއަށް އޮތްތަނުގައި އެމްޑީޕީ ސަރުކާރެއް އޮތުން މުހިންމުކަމަށެވެ. 

ބިންވެރިޔާ ސްކީމުގެ ދަށުން 10000އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޫކުރުމަށް ނިންމާފައިވާއިރު، އެ ސްކީމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ގޯތި ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. 

ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް މި ސަރުކާރުން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާކަން ވެސް ސަރުކާރު ފަޅީގެ މެމްބަރުން ގެންދަނީ ފާހަގަކުރައްވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ބީއެމްއެލްއިން 8 މަސް ތެރޭ 653 މިލިޔަން ޑޮލަރު ކަސްޓަމަރުންނަށް ވިއްކައިފި
އެ ބޭންކުން ބުނީ މި ޢަދަދަކީ ކޮންމެ މަހަކު އެވެރެޖްކޮށް 81 މިލިޔަނަށް ވުރެ ގިނަ ޑޮލަރު ކަމަށެވެ. ވަކިވަކި ދާއިރާތަކަށް ބެހިގެންދާ ގޮތަށް ބަލާއިރު އެންމެ ބޮޑު ޙިއްޞާއެއް ދޫކޮށްފައިވަނީ ކާޑު މުޢާމަލާތްތަކަށް
15 Sep 2026
ރާއްޖޭގެ ބީޗް ވޮލީ ޓީމު އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޖަޕާނަށް ފުރައިފި
އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މައިދާނުގައި ރާއްޖެ ތަމްސީލުކުރާ މި ޓީމު ވާދަކުރާނީ 20 ވަނަ އޭޝިއަން ގޭމްސް 2026 ގެ ބީޗް ވޮލީބޯޅަ އިވެންޓުގައެވެ.
15 Sep 2026
ހުރިހާ އުމްރާވެރީންގެ ހާލު ރަނގަޅު، ނުރައްކަލެއް ނެތް: ވަޒީރު ޝަހީމް
ޝަހީމް ވިދާޅުވީ މައްކާގައި ތިބި ހުރިހާ ދިވެހީންގެ ހާލު ވެސް ރަނގަޅު ކަމަށެވެ. އަދި އުމްރާވެރީންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ.
15 Sep 2026
ސައުދީ ފަންޑުގެ އެހީ އިތުރުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި
މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.
15 Sep 2026
ރާއްޖެ އިޝްތިހާރުކުރުމަށް އެމިރޭޓްސްއާ ޤަތަރު އެއާވޭސްއާ އެކު އެއްބަސްވުމެއް
އޭޓީއެމް ފެއާ 2026ގެ ހަވާސާގައި ވަކިވަކިން ކުރިއަށް ގެންދިޔަ ދެ ރަސްމިއްޔާތެއްގައި ވީއެމްސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޢަބްދުﷲ ޔާސިރެވެ. އެމިރޭޓްސްގެ ނަމުގައި ސޮއިކުރީ އެ ކުންފުނީގެ ސީނިއާ ވައިސް ޕްރެޒިޑެންޓް - ކޮމާޝަލް އޮޕަރޭޝަންސް އީސާ ސުލައިމާން އަޙްމަދެވެ. ޤަތަރު އެއާވޭސްގެ ފަރާތުން ސޮއިކުރީ ވައިސް ޕްރެޒިޑެންޓް އެފްރިކާ ގްލޯބަލް ލެޝަރ ސޭލްސް ހެންޑްރިކް އަބްރަހަމް ޑު ޕްރީޒެވެ.
15 Sep 2026
ހިމަބަހި ޖެހޭ މިންވަރު ދަށަށް: މިދިޔަ ހަފްތާގައި ބަލި ޖެހުނީ ފަސް މީހަކަށް
އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރާއްޖެއިން މިހާތަނަށް ޖުމްލަ 269 މީހަކަށް ވަނީ ހިމަބިހި ޖެހިފަ އެވެ. މިހާރު ދަނީ މި ބަލި ޖެހޭ މީހުންގެ އަދަދު މަދުވަމުންނެވެ.
15 Sep 2026
މައްކާ ހިމެނޭހެން ސަޢޫދީ ޢަރަބިއްޔާގެ ހުޅަނގުގެ ސިޓީތަކަށް ނުރައްކަލުގެ އިންޒާރު ނެރެފި
ސަޢޫދީ ސިވިލް ޑިފެންސް އިދާރާއިން ބުނި ގޮތުގައި މި އެލާޓް ފޮނުވީ ޤައުމީ ކުއްލި ހާލަތުގެ އާލީ ވޯނިން ޕްލެޓްފޯމް މެދުވެރިކޮށެވެ. ނުރައްކަލުގެ ބާވަތެއް ކަމާ ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
15 Sep 2026
އެމެރިކާއިން ޖައްވަށް ހަތިޔާރު ފޮނުވައި ފުރަތަމަ ފަހަރަށް އެކަން ހާމަކޮށްފި
މިކަން ހާމަކުރީ އެއާ އެންޑް ސްޕޭސް ސައިބާ ކޮންފަރެންސްގައި ވާހަކަ ދައްކަމުން އެމެރިކާގެ ވައިގެ ސިފައިންގެ ސެކްރެޓަރީ ޓްރޯއީ މެއިންކެވެ. ޖައްވަށް ފޮނުވީ ކޮން ބާވަތެއްގެ ހަތިޔާރެއް ކަމެއް ނުވަތަ ކޮން އިރަކު ކަމެއް އޭނާ ތަފުސީލުކޮށްދީފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ ދުޝްމިނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތައް ހަލުވިކަމާ އެކު އިތުރުވަމުންދާ ކަމަށާއި ދުޝްމިނުން އައު ޓެކްނޮލޮޖީތައް ބޭނުންކޮށް ފައިދާ ނަގަމުންދާ ކަމަށް މެއިންކް ބުންޏެވެ. އެ ސަބަބާ ހެދި އޮޓޮނޮމަސް ސިސްޓަމްތަކާއި ޚަރަދު ކުޑަ ހަތިޔާރު ބޭނުންކޮށްގެން ހަނގުރާމައިގެ ބާރުވެރިކަން އެމެރިކާއިން އަވަހަށް ވަރުގަދަކުރަން ޖެހޭ ކަމަށް އޭނާ ބުންޏެވެ.