ހިޔާ ފްލެޓުތަކުން ކުލި ނުދެއްކުމަށް މަޝްވަރާ ފެށުން
ހަބަރު
01 Jul 2023 | 12:17
ހިލޭ ގޯތި ބަހާތީ ހިޔާ ފްލެޓުތަކުން ކުލި ދެއްކުން ހުއްޓާލަން މަޝްވަރާ ފަށައިފި

ރާއްޖޭގެ އެންމެ އަގުބޮޑެތި ބިންތަކުން (މާލެ ސަަހައްދުން) ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމާއި ގުޅިގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓުތަކުން ކުލިދެއްކުން ހުއްޓާލަން މަޝްވަރާކުރަން ފަށައިފި އެވެ. 

މި މަޝްވަރާތައް ފަށާފައިވަނީ ބޯހިޔާވަހިކަމުގެ ހައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރަމުން އަންނަ އާންމުންގެ އެކުވެރި ގުޅުން (ކޮތަރުކޮށި) ޖަމުއިއްޔާއިން ހިޔާ ފްލެޓުތަކުގައެވެ. 

އެ ޖަމުއިއްޔާއިން ބުނީ މާލޭ މީހުންނަށް ހިލޭ ގޯތި ބަހަން ސަރުކާރުން ނިންމުމުން ހުރިހާ ސޯޝަލް ހައުސިންއެއްގެ ކުލި ދެއްކުން ހުއްޓާލުމާއި ގުޅޭ ގޮތުން ހިޔާ ފްލެޓުގެ އެޗް-4 ގެ މީހުންނާއެކު އިއްޔެ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. 

އާންމުންގެ އެކުވެރި ގުޅުން ޖަމުއިއްޔާއިން ބުނީ ހުޅުމާލެ ފަދަ އަގު ބޮޑު ތަނަކުން ބިން ހިލޭ ދޫކުރަން ނިންމާ ލިސްޓް އާންމު ކުރިއިރު އަނެއް ބަޔަކު ކުލީގައި ދިިރިއުޅެން ޖެހުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. 

އެހެންކަމުން ހިޔާ ފްލެޓުގެ ކުލި ދެއްކުން ހުއްޓާލުމުގެ މަޝްވަރާތައް ފަށައި، ހުރިހާ ޓަވަރެއްގައި ދިރިއުޅޭ ފަރާތްތަކާއެކު އެ މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށް އެ ޖަމުއިއްޔާއިން ވަނީ ބުނެފަ އެވެ. 

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލޭގެ ރަށްވެހީންނަށް ގޯތި ދިނުމަށް ހިންގާ "ބިންވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ބުުރުގައި ދޫކުރާ 5،000 ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިހާރު އޮތީ ގެޒެޓްކޮށްފައެވެ.

މިހާރު ދިނުމަށް ހަމަޖެހިފައިވާ 5،000 ގޯތި ލިބޭ މީހުންގެ ނަން ހިމެނޭ ވަގުތީ ލިސްޓްގައި ހިމެނޭ މީހުންގެ އަދަދަކީ 10،314 މީހުންނެވެ. ޝަރުތު ހަމަވެ އެހެން ނަމަވެސް 9،544 މީހަކަށް މިވަގުތު ގޯތި ނުލިބޭނެ އެވެ. 

މިހާރު އާންމުކޮށްފައިވާ ގޯތި ލިސްޓަށް ވެސް ވަނީ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފަ އެވެ. 

އެގޮތުން ސަރުކާރުން ހިލޭ ބަހާ ގޯތި ލިބޭ މީހުންގެ ތެރޭގައި ރިއަލް އެސްޓޭޓް ވިޔަފާރިވެރިންނާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޝާލިހުގެ އަރިސް ބޭފުޅުންނާއި، ބިދޭސީން ވެސް ހިމަނާފައިވާތީ ގިނަ ޝަކުވާތަކެއް ވެސް އާންމުންދަނީ އުފުލަމުން ނެވެ. 

އޭގެ އިތުރުން ގޯތި ލިސްޓަކީ އިންސާފުވެރިކޮށް އެކުލަވާލާފައިވާ ލިސްޓެއް ނޫން ކަމަށާއި، އެ ލިސްޓަކީ ރައީސް ޞާލިހު އަންގަވައިގެން ވަކި ގޮތަކަށް އެކުލަވާލާފައިވާ ލިސްޓެއްކަމަށް އިދިކޮޅު ފަރާތްތަކުން ގެންދަނީ ތުހުމަތު ކުރައްވަމުން ނެވެ. 

ކޮމެންޓް
ބޮޑުވަރު
މާލޭގަ ވާރުތަވި ބިންކޮޅު ސަރުކާރަށް ދޭން ޖެހޭ.އެހެންވީމާ ހިލޭ ބިންދޭކަމަށް ނުވޭތާ.އަނެއްކޮޅުން ލިބެނީވެސް ހުސްބިމެއް.އަމިއްލައަށް ހަދަންޖެހެނީ.ސަރުކާރުން ހާމަކުރި ފްލެޓްތަކުގެ ބޮޑުމިންވެސް.
02 Jul 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.