ކުރީގެ ބަންޑާރަނައިބު އާޒިމާ/ ފޮޓޯ: ވޮއިސް
ހަބަރު
01 Jul 2023 | 17:29
މާލެ ތަރައްގީކުރީ ހުރިހާ އަތޮޅެއްގެ ތަރައްގީ ޤުރުބާންކޮށްފަ: އާޒިމާ

ރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަމާލެ ތަރައްގީ ކުރީ ހުރިހާ އަތޮޅުތަކުގެ މީހުން ވެސް މާލެއަށް ޚަރަދުތަކެއް ކޮށްގެންކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ. 

އާޒިމާ މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ހަދާފައިވާ ހިޔާ ފްލެޓުތަކަށް ކުލި ދައްކަމުންދާއިރު، ހުޅުމާލެގެ އަގުބޮޑެތި ބިންތައް ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރާ އުސޫލުން މަދުބަޔަކަށް ހިލޭ ބަހާލަން ނިންމުމާއި ގުޅިގެން އުފެދިފައިވާ ބަހުސްގައި އެއްޗެއް ވިދާޅުވެ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގަ އެވެ. 

މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޭ 5000 ގޯތި ހިލޭ ބަހާއިރު، ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް ކުލި ދައްކަން ޖެހުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށް ބައެއް ޖަމުއިއްޔާ ޖަމާއަތްތަކާއި އާންމު ރައްޔިތުން ދަނީ ބުނަމުންނެވެ. 

ހިލޭ ގޯތި ދޫކުރުމަށް ތާއީދުކުރާ ފަރާތްތައް ބުނަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ގޯތި ދޫކުރަނީ ހިލޭ ކަމަށެވެ. 

އެހެންކަމުން މާލެއިން ވެސް ހިލޭ ގޯތި ލިބެންޖެހޭނެ ކަމަށާއި، މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ބެހުމަކީ ތަފާތުކުރުންކަމަށް ނުބެލެވޭނެ ކަމަށެވެ. 

އެ މަޢުލޫގައި އާޒިމާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ ލެ އާއި އަތޮޅުތަކުގެ މެދުގައި އޮންނަ ބައިބައިވުން ބޮޑުވެ މާލޭގައި ދިރިއުޅުމަށް އޮތް "ޑިމާންޑު" ބޮޑުވެގެން ދިޔައީ ހަމައެކަނި މާލެ ތަރައްގީ ކުރުމުން ކަމަށެވެ. 

އެހެން ނަމަވެސް މާލެ ތަރައްގީކުރީ ހަމައެކަނި މާލޭ މީހުން އިންވެސްޓުކޮށްގެން ނޫން ކަމަށާއި، މާލޭގެ ތަރައްގީއަށް އަތޮޅުތެރޭގެ ހަމަ ކޮންމެ ރަށަކުންވެސް ޚަރަދުކޮށްފައިވާކަމަށް އާޒިމާ ވިދާޅުވި އެވެ. 

އެހެންކަމުން، ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު، ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގައި ތަފާތުކުރުންތައް ގެންގުޅޭނަމަ، އެއީ އޭގެ ސަބަބުން މިހާރު އުފެދިފައިވާ ބައިބައިވުންތައް އަދި އިތުރަށް ބޮޑުވެގެންދާނެ ކަމެއްކަމަށް އާޒިމާ ވިދާޅުވި އެވެ. 

އާޒިމާ ވިދާޅުވީ ހުރިހާ ދިވެހިންނަކީ ވެސް ހަމަހަމަ ބައެއް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގައި ވެސް ރައްޔިތުންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅިގެން ނުވާނެކަމަށް އާޒިމާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ރަށުމީޙާ
ހ. އާސްތާނާ ކިޔާ ގޯތި ކަމަނާގެ ޢާއިލާއިން "ބައްލަވައިގަތީ" ކިހާވަރަކަށްތޯ.
01 Jul 2023
އައިމިނަ
މިއީ މީހުންތަކުގެ ތެރެއިންވެސް އެހެންމީހުނަށް ލިބޭ މޮޅަށް ހަސަދަވެރިކަން އިންތިހާއަށް ބޮޑު މީހެކެވެ. އަބަދުވެސްމެއެވެ. ތިޔަ ހަސަދައިގާ ތިމާ އަމިއްލަ އަށް އަނދާ އަޅިއަށް ވާކަށެއް މާގިނަ ދުވަހެއް ނެތެވެ. އިންޝާﷲ
01 Jul 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.