ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު/ ފޮޓޯ: ވޮއިސް
ހަބަރު
02 Jul 2023 | 09:52
މާލެ ތަރައްގީ ކުރީ ހުރިހާ އަތޮޅެއްގެ ތަރައްގީ ޤުރުބާންކޮށްފަ: އާޒިމާ

ރާއްޖޭގެ ވެރިކަން ކުރާ ރަށް ފުރަމާލެ ތަރައްގީ ކުރީ ހުރިހާ އަތޮޅުތަކުގެ ތަރައްގީ ގުރުބާންކޮށްފައި ކަމަށް ކުރީގެ ބަންޑާރަނައިބު އާޒިމާ ޝުކޫރު ވިދާޅުވެއްޖެ އެވެ. 

އާޒިމާ މިފަދައިން ވިދާޅުވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ކުރީ ސަރުކާރުން ހަދާފައިވާ ހިޔާ ފްލެޓުތަކަށް ކުލި ދައްކަމުންދާއިރު، ހުޅުމާލެގެ އަގުބޮޑެތި ބިންތައް ސަރުކާރުގެ "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ދޫކުރާ އުސޫލުން މަދުބަޔަކަށް ހިލޭ ބަހާލަން ނިންމުމާއި ގުޅިގެން އުފެދިފައިވާ ބަހުސްގައި އެއްޗެއް ވިދާޅުވެ ފޭސްބުކުގައި ލިޔުއްވި ޕޯސްޓެއްގަ އެވެ. 

މާލޭ ރައްޔިތުންނަށް ޚާއްސަކޮށްގެން ދޭ 5000 ގޯތި ހިލޭ ބަހާއިރު، ސަރުކާރުން ދޫކޮށްފައިވާ ފްލެޓުތަކަށް ކުލި ދައްކަން ޖެހުމަކީ އެންމެ އިންސާފުވެރި ގޮތް ނޫންކަމަށް ބައެއް ޖަމުއިއްޔާ ޖަމާއަތްތަކާއި އާންމު ރައްޔިތުން ދަނީ ބުނަމުންނެވެ. 

ހިލޭ ގޯތި ދޫކުރުމަށް ތާއީދުކުރާ ފަރާތްތައް ބުނަމުން އަންނަނީ އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ގޯތި ދޫކުރަނީ ހިލޭ ކަމަށެވެ. 

އެހެންކަމުން މާލެއިން ވެސް ހިލޭ ގޯތި ލިބެންޖެހޭނެ ކަމަށާއި، މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ބެހުމަކީ ތަފާތުކުރުންކަމަށް ނުބެލެވޭނެ ކަމަށެވެ. 

އެ މަޢުލޫގައި އާޒިމާ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައި ވަނީ މަލެ އާއި އަތޮޅުތަކުގެ މެދުގައި އޮންނަ ބައިބައިވުން ބޮޑުވެ މާލޭގައި ދިރިއުޅުމަށް އޮތް "ޑިމާންޑު" ބޮޑުވެގެން ދިޔައީ ހަމައެކަނި މާލެ ތަރައްގީ ކުރުމުން ކަމަށެވެ. 

އަދި މާލެ ތަރައްގީކުރީ އަތޮޅުތެރޭގެ ތަރައްގީ ޤުރުބާންކޮށްފައި ކަމަށް އާޒިމާ ވިދާޅުވި އެވެ. 

އެހެންކަމުން، ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ކުރާއިރު، ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގައި ތަފާތުކުރުންތައް ގެންގުޅޭނަމަ، އެއީ އޭގެ ސަބަބުން މިހާރު އުފެދިފައިވާ ބައިބައިވުންތައް އަދި އިތުރަށް ބޮޑުވެގެންދާނެ ކަމެއްކަމަށް އާޒިމާ ވިދާޅުވި އެވެ. 

އާޒިމާ ވިދާޅުވީ ހުރިހާ ދިވެހިންނަކީ ވެސް ހަމަހަމަ ބައެއް ކަމަށެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކުގައި ވެސް ރައްޔިތުންގެ މެދުގައި ތަފާތުކުރުންތަކެއް ގެންގުޅިގެން ނުވާނެކަމަށް އާޒިމާ ވަނީ ވިދާޅުވެފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އއ. އުކުޅަހަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އއ. އުކުޅަހަށް މިއަދު ވަޑައިގަންނަވައިފިއެވެ.
05 Aug 2026
ހުއްދަނެތް އުފެއްދުންތައް ފިހާރަތަކުންވެސް ލިބެން ހުރޭ: އެމްއެފްޑީއޭ
ރާއްޖޭގައި މިހާތަނަށް 8000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ލިސްޓުކޮށްފައިވާ ކަމަށާއި ހުއްދައެއް ނެތި ސަޕްލިމަންޓްތައް އިޝްތިހާރު ނުކޮށްވެސް ވިއްކަމުންދާކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފިއެވެ.
05 Aug 2026
ދިރިއުޅޭ މާހައުލުގެ ސަބަބުންވެސް ދަރިވަރުންގެ ނަތީޖާއަށް އަސަރު ކުރޭ
ދަރިވަރަކު ސްކޫލުން ހޯދާ ނަތީޖާއަކީ ހަމައެކަނި އެ ކުއްޖަކު ފޮތްތަކަށް ދޭ ސަމާލުކަމެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ނޫނެވެ. ދަރިވަރުން ދިރިއުޅޭ މާހައުލާއި، ގެދޮރުގެ ހާލަތަކީ އެކުދިންގެ ކިޔެވުމަށާއި އިމްތިޙާންތަކުގެ ނަތީޖާއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ބޮޑެތި އަސަރުތަކެއް ކުރާ ކަމެކެވެ. ދާދިފަހުން ކުރެވުނު ދިރާސާތަކުން ދައްކާ ގޮތުގައި، ދިރިއުޅޭ ތަނުގެ ފެންވަރު ދަށްވުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވާ މިންވަރު މަދުވެ، މާއްދާތަކުން ލިބޭ މާކްސް ދަށްވުމަށް މެދުވެރިވާ މައިގަނޑު އެއް ސަބަބެވެ.
05 Aug 2026
މޯދީއަށް ބަދުބަސް ބުނި އިންޑިއާގެ އަންހެން ކުއްޖަކަށް މަރުގެ އިންޒާރު
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަކޮށް ބަދުބަސް ބުނި ކަމަށް ބުނެ ފުލުހުންނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، ނޮއިޑާގެ އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކާއި އޭނާގެ މަންމައަށް މަރުގެ އިންޒާރު ލިބި، ސަލާމަތީ ސަބަބުތަކަށްޓަކައި ތިން ފަހަރެއްގެ މަތިން ދިރިއުޅޭ ތަން ބަދަލުކުރަން މަޖުބޫރުވެއްޖެއެވެ.
05 Aug 2026
މެޑްރިޑް އަލިފާނުގެ ހާދިސާގައި ގެއްލުންވި ފަރާތްތަކަށް މެސީގެ ފަރާތުން މާލީ އެހީއެއް
އަލިފާނުގެ މި ހާދިސާގައި ގާތްގަނޑަކަށް 34,000 ހެކްޓަރުގެ ބޮޑު ސަރަހައްދެއް ވަނީ އަނދާ އަޅިއަށް ވެފައެވެ
05 Aug 2026
މާދަމާ މާފަރުގައި ފަށާ "ވިޔަނަ ކޭމްޕް" އަށް މުޅި ރަށް ތައްޔާރުވެއްޖެ
ޅ. ނައިފަރު ފަތިސް ޖަމްޢިއްޔާއިން އިސްނަގައިގެން ބާއްވަމުން އަންނަ ކާމިޔާބު "ވިޔަނަ ކޭމްޕް" ގެ 2026 ވަނަ އަހަރުގެ އެޑިޝަން މި މަހުގެ 6 ވަނަ ދުވަހު ނ. މާފަރުގައި ފެށުމަށްޓަކައި އެ ރަށުގެ މުވައްސަސާތަކާއި ޖަމްޢިއްޔާތަކުން ފުރިހަމައަށް ތައްޔާރުވެއްޖެއެވެ.
05 Aug 2026
ލަންކާގައި އެކްސްޕްރެސް އުޅަނދުތަކުގައި ސީޓް ބެލްޓް ހަރުކުރުމުގެ މުހުލަތު އިތުކޮށްދީފި
ސިނާޢީ ދާއިރާގެ ބައެއް ފަރާތްތަކުން އެ މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ސަރުކާރުން ވަނީ މިއަހަރުގެ ޖޫން 17 ވަނަ ދުވަހު ގެޒެޓްކުރި އެ އަމުރު އިޞްލާޙުކޮށް މުހުލަތު ސެޕްޓެމްބަރު 19 ވަނަ ދުވަހާ ހަމައަށް ދަންމާލާފައެވެ
05 Aug 2026
ފީފާއިން ކުރަން އުޅުނު ކަންތަކުގައި ބައިވެރިވުމެއް ނޯންނާނެ: ވެންގާ
ވެންގާ ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ، ކުރިއަށްހުރި ވަރލްޑްކަޕް ކަޕްތަކުގެ ފައިދާއިން ބައެއް އަމިއްލަ އިންވެސްޓަރުންނަށް ވިއްކާލުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ގެންގުޅުއްވި ނާކާމިޔާބު މަޝްރޫއާ އޭނާއާ އެއްވެސް ގުޅުމެއް ނެތްކަމަށެވެ