ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު-- ފޮޓޯ/ މަޖިލިސް
ހަބަރު
03 Jul 2023 | 10:04
އެޖެންޑާގައި އޮތް މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ބަލައި މަޖިލީހުގެ ޖަލްސާ ނިންމާލައިފި!

މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވުނު ޖަލްސާގެ އެޖެންޑާގައި ވާ މަސައްކަތް ކުރިއަށް ގެންދެވެން ނެތް ކަމަށް ބަލައި، އެއްވެސް ކަމެއް ނުކޮށް، ޖަލްސާ ނިންމަވާ ލައްވައިފި އެވެ. 

މަޖިލީހުގެ ދައުރުން ބޭރުގައި މިއަދު ބޭއްވި ޚާއްސަ ޖަލްސާއަކީ އެކަމަށް އެދި، އެމްޑީޕީގެ 29 މެންބަރުން މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން ބޭއްވި ޖަލްސާއެކެވެ. މި ޖަލްސާގައި އެންމެ ފުރަތަމަ ކުރެއްވުމަށް އެންމެ އިސްކަމެއް ދެއްވުމަށް އެ މެންބަރުން އެދިލައްވާފައިވަނީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ. 

އެހެންކަމުން، މިއަދުގެ ޖަލްސާގެ އެޖެންޑާގައި އޮތީވެސް، ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއި، ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާގުޅޭ މައްސަލަ އަށް ބަހުސް ކުރުމެވެ.

އެހެންނަމަވެސް, މަޖިލީހުގެ ޖަލްސާ ފަށްޓަވަމުން ރިޔާސަތުގައި އިންނެވި ވިލިފުށި ދާއިރާގެ މެންބަރު ހަސަން އަފީފު ވިދާޅުވީ، ވެރިކަންކުރާ މައި ޕާޓީ، އަދި މަޖިލީހުގެ މެޖޯރިޓީ ޕާޓީ، އެމްޑީޕީގެ ކުރީގެ ރައީސް، އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި އެޕާޓީގެ އެހެން މެންބަރެއް ޕާޓީން ވަކިވެވަޑައިގެންނެވުމާއި ގުޅިގެން މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ ނިސްބަތަށް ބަދަލު އައިސްފައިވާ ކަމަށެވެ. 

އެހެންކަމުން، މެންބަރުން ހިމެނޭނެ ގޮތާއި ގުޅިގެން ކުރިން އެކުލަވައިލެވުނު ރިޕޯޓް އަށް މިވަގުތު އަމަލު ކުރެވެން ނެތް ކަމަށާ، އަލުން އެ ރިޕޯޓް އެކުލަވައިލަންޖެހޭ ކަމަށްވެސް އަފީފު ވިދާޅުވި އެވެ. ވުމާއެކު މިއަދު ޖަލްސާ ކުރިއަށް ގެންދެވެން ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ނަމަވެސް މިހާރު އަނެއްކާވެސް ތަމްސީލުކުރާ ގޮތަށް ބަދަލެއް އައިސްފައި މިވަނީ. އެއީ އެމްޑީޕީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު، މުހައްމަދު ނަޝީދު އާއި، އަދި އައްޑު އަތޮޅު ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު، ވަކިވެވަޑައިގެންފައި ވާތީވެ، މިހާރު އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ ދަށްވެފައި. އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ އަދަދު ވަނީ އިތުރުވެފަ. އެހެންވީމާ، މި ބަދަލާއި އެކުގައި މި ރިޕޯޓް ޖެހޭނީ އަލުން މެންބަރުންނަށް ސަކިއުލޭޓް ކުރަން. އެހެންވީމާ މިއަދުގެ ޖަލްސާއެއް މިއަދު ކުރިއަށް ގެންދެވެން ނެތް، ސާކިއުލޭޓް ކޮށްފައި، އެއަށް އަނެއްކާ މެންބަރުން އިސްލާހު ހުށަހެޅުމާއި ގުޅިގެން ނޫނީ. 

މިވަގުތު ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުންގެ އަދަދަކީ 54 އެކެވެ. އަދި ޕީޕީއެމްގެ 5 މެންބަރުން ތިބި އިރު ޕީއެންސީގެ ތިބީ 3 މެންބަރުންނެވެ. އަދި އެމްއެންޕީގެ 3 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ ދެ މެންބަރުން އަދި އެމްޑީއޭގެވެސް ތިބީ ދެ މެންބަރުންނެވެ. މަޖިލީހުގެ މައިނޯރިޓީ އަށް މިވަގުތު ތިބީ ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުންނެވެ. އެގޮތުން، އޭގެ ތެރޭގައި 18 މެންބަރުން ހިމެނެއެވެ. 

ހަސަން އަފީފު ވިދާޅުވީ، މިހާރު އައިސްފައިވާ ބަދަލާއި އެކު، ދެން ޖަލްސާ ކުރިއަށް ގެންދެވޭނީ، ރިޕޯޓް އަލުން މެންބަރުންގެ މެދުގައި ސާކިއުލޭޓް ކުރުމަށް ފަހުގައި ކަމަށެވެ. އެހެންކަމުން، މިއަދުގެ ޖަލްސާ ވަނީ އެއްވެސް ކަމެއް ނުކޮށް ނިންމާލާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.