އިދިކޮޅުން މިއަދު ބޭއްވި ދޮރުން ދޮރަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެނީ-- ފޮޓޯ/ ޕީޕީއެމް
ހަބަރު
03 Jul 2023 | 23:35
ރައީސް ޞާލިހު އެކަނިވެރި ވެއްޖެ؛ ދެން ސަރުކާރުގެ ފިއްތުމުގެ ތެރެއަށް ޝަރުޢީ ދާއިރާއެއް ނުދާނެ: އިދިކޮޅު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިހާރު އެކަނިވެރި ވެފައިވާ ކަމަށާ، އެމަނިކުފާނުގެ ވެރިކަން ވެއްޓެމުންދާ މި ދަނޑިވަޅުގައި، ސަރުކާރުގެ ފިއްތުންތަކަމުގެ ތެރެއަށް ޝަރުއީ ދާއިރާވެސް ދެން ނުދާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބުނެފިއެވެ. 

އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ރިޔާސީ ކެމްޕޭން އަމަލީ ގޮތުން ފެށުމުގެ ގޮތުން މިއަދު އިދިކޮޅުން މާލޭގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިނގާފައެވެ. 

އެއަށްފަހު، އެކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ނޫސްވެރިއެއް ވަނީ، މިވަގުތު ރައީސް ޔާމީން ޖަލުގައި ހުންނެވުމުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ބައިވެރިވެވޭނެ ކަމަށް ދެކޭތޯ ސުވާލު ކޮށްފައެވެ. 

އެ ސުވާލަށް ޖަވާބު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ، ރައީސް ޔާމީނަށް ކުރަމުން ގެންދަވަނީ އިންސާފުން ބޭރުން ކުރާ "އަނިޔާ" ކަމަށާ، އެހެން ކަމުން އެމަނިކުފާނު ޖަލުން މިނިވަންވެ ވަޑައިގަންނަވާނެ ކަމާއިމެދު ޔަގީންކަން އޮތް ކަމަށެވެ. 

"އިންސާފު އަރާ ހަމަކުރާނެ އަބަދުވެސް. އެހެންވީމާ އަޅުގަނޑުމެން ގަބޫލު ކުރަނީ، މަތީ މަރުހަލާގެ ކޯޓުތަކުގެ އެ ތިވެ ފަނޑިޔާރުންވެސް ގައުމާއި މެދުގައި ވިސްނާނެ ކަމަށް."

އަބްދުއްރަހީމް އަބްދުالله 

އަދުރޭ އިތުރަށް ވިދާޅުވީ، މިސަރުކާރު މިހާރު ނިމިފައިވާ ކަމަށެވެ. އެހެންކަމުން، މިފަދަ ނިމެމުންދާ ސަރުކާރުގެ ފިއްތުމުގެ ތެރެއަށް ޝަރުޢީ ދާއިރާވެސް ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ވުމާއެކު، ރައީސް ޔާމީންގެ މައްސަލަތައް ނިމޭނީ އެމަނިކުފާނަކީ މައުސޫމު ބޭފުޅެއްގެ ގޮތުގައި ކަނޑައެޅިގެން ކަމަށްވެސް އަދުރޭ ވިދާޅުވިއެެވެ.

މި ސަރުކާރު މިއޮތީ ނިމިފައި. އިބްރާހީމް މުހައްމަދު ޞާލިހު އެކަނިވެރި ވެއްޖެ. އޭނާ ޔަތީމެއްގެ ހާލަތައް ހިނގައްޖެ. މިއަދު އެހީތެރި ވާނެ މީހެއް ނެތް. އަޅާލާނެ މީހެއް ނެތް. ހެޔޮ ބަހެއް ބުނާނެ މީހެއް ނެތް. އެހެންވީމާ މިފަދަ، ސަރުކާރެއް ނިމިގެންދާ ވަގުތުގައި، ސަރުކާރުގެ ފިއްތުމުގެ ތެރެއަކަށް ޝަރުޢީ ދާއިރާ ދާނެކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެއަށްވުރެ ގައުމާއި ދޭތެރޭ ވިސްނާ ވަޑައިގަންނަވާ، އިންސާފަށް ލޯބިކުރާ ފަނޑިޔާރުން ކޯޓުތަކުގައި ތިބި ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ. މި ހައިކޯޓުގައި ހިނގަމުންދާ މައްސަލަ އިރާދަކުރެއްވިއްޔާ ނިމިގެންދާއިރު, ރައީސް ޔާމީން މައުސޫމް ބޭފުޅެއްގެ ގޮތުގައި ނިކުމެވަޑައިގަންނަވާނެ. ނިކުމެވަޑައިގެންނެވުމާއި އެކީގައި، ކެންޕެއިން އިތުރު ގިޔަރަކަށް އޮޓޮމެޓިކުން ވެގެންދާނެ. 

އަބްދުއްރަހީމް އަބްދުالله 

ޕީޕިއެމް ޕީއެންސީ ކޯލިޝަނުން ރައީސް ޔާމިންގެ ރިޔާސީ ކެމްޕެއިން މިއަދު ފަށާއިރު، އާރަށް ކުއްޔަށް ދިން ކަމަށް ބުނާ މައްސަލަ އާއި އަދި ދައުލަތުން އުފުލާފައިވާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 11 އަހަރުގެ މުއްދަތަކަށް ރައީސް ޔާމީން ވަނީ ޖަލަށްލައިފައެވެ.

މީގެ އިތުރުންވެސް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ތެރެއިން ރ. ފުއްގިރި ކުއްޔަށް ދޫކުރި މުއާމަލާތާ ގުޅިގެން އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތުގެ ދައުވާގެ އަޑުއެހުންތައް މިހާރު ކްރިމިނަލް ކޯޓުގައި ދަނީ ކުރިއަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.