އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު-- ފޮޓޯ/ ރާއްޖެ އެމްވީ
ހަބަރު
05 Jul 2023 | 14:10
ނިޔާވެފައިވާ ކަމަށް ޝަކުވާ އައި 465 މީހުންގެ ތެރެއިން ކަށަވަރު ކުރެވުނީ 267 މީހުން: އީސީ

ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާއްމު ކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލެވުނު ފުރުސަތުގައި، ލިސްޓުގައި ހުރި މީހުންގެ ތެރެއިން 465 މީހުން، ނިޔާވެފައިވާ ކަމަށް ޝަކުވާ ލިބުނު ކަމަށާ، އެހެން ނަމަވެސް، އޭގެ ތެރެއިން ކަށަވަރު ކުރެވުނީ 267 މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. 

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީތަކާ އެކު މިއަދު ބޭއްވި ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ވޯޓާސް ލިސްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ޖުމުލަ 551 ޝަކުވާ ލިބިފައިވާ ކަމަށެވެ. އެގޮތުން ލިބުނު ޝަކުވާ ތަކުގެ ތެރޭގައި؛ 

1) ނިޔާވެފައިވާ 465 މީހުން ލިސްޓުގައި ހިމެނުން

2) އެޑްރެސް ބަދަލުވެގެން 58 ޝަކުވާ

3) ނަން ބަދަލު ވެގެން 5 ޝަކުވާ

4) ލިސްޓުގައި ނަން ނެތީގެން 20 މީހުންގެ ޝަކުވާ

5) އައިޑީކާޑް ނަންބަރު ބަދަލުވެގެން 1 ޝަކުވާ

6) ދާއިރާ ބަދަލުވެގެން 3 މީހުންގެ ޝަކުވާ

މި ޝަކުވާތައް ހުށަހެޅި ފަރާތްތަކަށް މިހާރު ޖަވާބުދެވުފައިވާނެ ކަމަށާ، އެއާއި ގުޅިގެން އައި ބަދަލުތައް އިއްޔެ ގެޒެޓު ކޮށް, މިމަހު 16 އާއި ހަމައަށް އަލުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އެ ފަރާތްތަކަށް ހުޅުވާލާފައިވާ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ. 

މިއާއެކު ހަބީބު ވިދާޅުވީ، ވޯޓާސް ލިސްޓާއި ގުޅިގެން އަންނަ ޝަކުވާ އާއި ގުޅިގެން މައުލޫމާތު ތައް ބަދަލު ކުރެވެނީ ޑީއެންއާރު އާއި ކަމަށެވެ. އެހެނީ، ގާނޫނުގައިވާ ގޮތުން އެފަދަ ކަންކަމުގައި މަސްދަރެއްގެ ގޮތުގައި ބެލުމަށް ކަނޑައަޅާފައިވާ އިދާރާ އަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ. 

"ޑީއެންއާރުގެ ރެޖިސްޓްރީ އަށް ބަލާފައި، ނިޔާވި މީހުންގެ ތެރެއިން ކުރީގައި އަޅުގަނޑު މިދެންނެވި، 465 މީހުން. އެކަމަކު ޑީއެންއާރުން އަޅުގަނޑުމެން ޗެކު ކޮށްލާއިރު ނިޔާވެފައި ތިބި މީހުންގެ އަދަދަކަށް މިވަނީ 267 މީހުން. އެޑްރެސް ބަދަލުވެގެން އައި މީހުންނަށް މައްސަލަ އެއް ނެތް. 58 މީހުން. ނަން ބަދަލު ވެގެން 5 މީހުން، ލިސްޓުގައި ނަން ނެތީގެން 20 މީހުން ހުށަހަޅާފައި އޮތް އިރު, އަސްލު ޝަކުވާ އަކަށް މިވަނީ ހަމަ އެކަކު. އައިޑީކާޑް ނަންބަރު ބަދަލުވެގެން އެކަކު. ދާއިރާ ބަދަލުވެގެން 3 މީހަކު."

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު

ހަބީބު ވަނީ، ޝަކުވާއަށް ޝަކުވާ ހުށަހަޅަން ހުޅުވާލާފައިވާ ފުރުސަތުގައި ސިޔާސީ ޕާޓީ ތަކުން ވެސް ލިސްޓު ޗެކުކުރުމަށް އެދިލައްވާފައެވެ. އަދި ވޯޓާސް ލިސްޓުގެ ސައްހަ ކަމާއި މެދު ސުވާލު އުފެއްދުމުގެ އެއްވެސް ޖާގައެއް ނޯންނާނެ ކަމަށާ، އެ ލިސްޓު ހުންނާނީ މިހާރުވެސް އެންމެނަށް ފެންނަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

2023 ސެޕްޓެމްބަރ 9 އަށް 18 އަހަރު ފުރޭ، 138317 އަންހެނުންނާއި، 144355 ފިރިހެންނާއެކު ޖުމްލަ 282672 މީހުންނަށް ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން ނެރުނު ލިސްޓުގައި ވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.