N/A
N/A
ހަބަރު 13 Feb 2019 | 00:52

ޕީއެސްޖީއިން ޔުނައިޓެޑަށް ބަލީގެ ރަހަ ދައްކާލައިފި

ޔުއެފާ ޗެންޕިއަންސް ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެޓީމުގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗް ފްރާންސްގެ ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ. މިއީ ޔުނައިޓެޑުގެ ކެއާ ޓޭކާ ކޯޗްކަމަައި ޝޯލްޝާ ހަވާލުވި ފަހުން ޔުނައިޓެޑް މެޗަކުން ބަލިވި ފުރަތަމަ ފަހަރެވެ.

އަނިޔާގެ ގިނަ މައްސަލަތަކެއް ދިމާވެފައިވާ ޕީއެސްޖީ މި މެޗް ކާމިޔާބުރީ 2-0 ކުންނެވެ. އަނިޔާއާހުރެ ނޭމާ އަދި ކަވާނީ ނުލާ ކުޅުނު ޕީއެސްޖީގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ކިމްޕެމްބޭ އަދި މި މެޗުގައި ސެންޓާ ފޯވަޑަށް ކުޅުނު އެމްބައްޕޭއެވެ.

ފުރަތަމަ ލަނޑު ޕީއެސްޖީގެ ކިމްޕެމްބޭ ކާމިޔާބުކުރީ ޑިމާރިއާ ނަގައިދިން ކޯނަރަކުންނެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު ޖެހުމުގައިވެސް މެޗުގައި މޮޅު ކުޅުމެއް ދެއްކި ޑިމާރިއާގެ ހިއްސާ ވަރަށް ބޮޑެވެ. ޕީއެސްޖީގެ ދެވަނަ ލަނޑު އެމްބައްޕޭ ކާމިޔާބުކުރީ ޑިމާރިއާގެ އެސިސްޓަކުންނެވެ.

ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް މި މެޗުގައި ޔުނައިޓެޑަށް އެދެވޭ ކުޅުމެއް ދެއްކިފައިނުވާކަން ފާހަގަކޮށްލެވެއެވެ. ނުރައްކާތެރި އެންމެ ހަމަލާއެއްވެސް އުފެއްދިފައިނުވާއިރު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެޓީމަށް މުޅި މެޗުގައިވެސް އިދިކޮޅު ގޯލަށް އަމާޒުކޮށްލެވުނީ އެންމެ ހަމަލާއެކެވެ. މިއާ ހިލާފަށް ޕީއެސްޖީވަނީ މުޅި މެޗް ޑޮމިނޭޓްކޮށް މޮޅު ކުޅުމެއް ދައްކާފައެވެ.

ޔުނައިޓެޑަށް ވަރުގަދަ މެޗުތަކެއް ކުރިއަށް އޮތް އިރު އެޓީމުގެ ލިންގާޑް އަދި މާޝިއަލްއަށްވަނީ މި މެޗުގައި އަނިޔާވެފައެވެ. މީގެ އިތުރުން އެޓީމުގެ ސްޓާރ މިޑްފީލްޑަރ ޕޮގްބާއަށްވަނީ މެޗް ނިމެން ގާތްވެފައިވަނިކޮށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

ކުރިއަށް އޮތް މެޗުގައި ޔުނައިޓެޑް ނުކުންނާނީ އިނގިރޭސި އެފްއޭ ކަޕްގައި ޗެލްސީއައި ދެކޮޅަށެވެ. މި މެޗަށް ފަހު ލީގުގައި ޔުނައިޓެޑް ކުޅުމަށް ހަމަޖެހިފައިވަނީ ލިވަޕޫލްއާއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑްގެ ކޯޗް ޝޯލްޝާ ބުނީ ޕީއެސްޖީއަށް މެޗުގެ މޮމެންޓަމް ލިބުނީ ފުރަތަމަ ލަނޑު ކާމިޔާބު ކުރެވުމުން ކަމަށައި އެ ލަނޑަށްފަހު އެޓީމް މުޅި މެޗް ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ. ޔުނައިޓެޑް މި ފެންވަރުގެ ފުޓްބޯޅަ މެޗެއް ނުކުޅޭތާ ދުވަސްތަކެއް ވެއްޖެ ކަމަށައި ކުރިއަށް އޮތް ތަނުގައި ދަސްކުރަން ޖެހޭ ބައިވަރު ކަންތައްތައް އެބަހުރިކަމަށް ޝޯލްޝާ ފާހަގަކުރިއެވެ.

ފަރުބަދަތައް ހުރަސްކޮށް މައްޗަށް އެރޭނެ ކަމަށައި ބިންމަތީ އޮވެ އެކަމެއް ހާސިލެއް ނުވާނެކަމަށްވެސް ޝޯލްޝާ ބުނެފައިވެއެވެ. ޕީއެސްޖީގެ ދަނޑަށް ގޮސް ޔުނައިޓެޑްގެ އަސްލު ކުޅުން ދައްކާނެ ކަމުގެ ޔަގީންކަން ޝޯލްޝާވަނީ އެޓީމުގެ ސަޕޯޓަރުންނަށް ދީފައެވެ.

ޗެންޕިއަންސް ލީގުގައި ކުޅެވުނު އަނެއް މެޗުގައި ރޯމާވަނީ ޕޯޓޯ އަތުން 2-1 މޮޅުވެފައެވެ.

މި މުބާރާތުގެ ގަދަ 16ގަ މިރޭ ރެއާލް މެޑްރިޑް އަޔެކްސްއައި ކުޅުމަށް ހަމަޖެހިފައިވާއިރު ޓޮޓެންހަމް ވާދަކުރާނީ ބުރޯޝިއާ ޑޯޓްމަންޑާއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި
30 Oct 2026 ހަބަރު

އާރްއެސްޑަބްލިޔު ފައިނޭންސިން ލިމިޓް ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފި

މި ފައިނޭންސިންގ ފެސިލިޓީގެ ދަށުން ރަހުނަކާ ނުލައި 4 މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރަނީ އަހަރަކު %6 ގެ ފައިދާ ރޭޓެއްގައެވެ.

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން
30 Oct 2026 ހަބަރު

ފަތުރަނީ ދޮގެއް، ސަލަފުން އިލްތިމާސްކުރީ އިސްލާމީވަންތަކަން ކަށަވަރު ކުރަން

ކޮންމެ ސަރުކާރަކުން ވެސް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައް އެކަމަށް ބުރޫއަރާ އެއްވެސް ކަމެއް ކޮށްގެން ނުވާނެކަން ކަމުގައި ވިދާޅުވި އެވެ.

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި
30 Oct 2026 ހަބަރު

ވިލިމާލެއާ ގުޅިފަޅު ބްރިޖުން ގުޅާލައިފި

މާލެއާ ވިލިމާލެ ބްރިޖުން ގުޅާލާފައިވާއިރު މިއަދު ވިލިމާލެ އާއި ގުޅިފަޅު ބްރިޖުން ގުޅާލެވުމަކީ މުހިންމު ކާމިޔާބެއް ކަމުގައި ވިދާޅުވި އެވެ.

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ
30 Oct 2026 ހަބަރު

އިންޑިޔާގެ ހިލޭ އެހީގެ ދަށުން 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމަށް އެއްބަސްވެއްޖެ

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" )އެޗް.އައި.ސީ.ޑީ.ޕީ( ގެ ދަށުން، ރާއްޖޭގެ 3 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމާ ގުޅޭ ފަހުމުނާމާ )އެމްއޯޔޫ( އެއްގައި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސޮއިކޮށްފިއެވެ.

އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މިހާ ފެނިއްޖެ
30 Oct 2026 ހަބަރު

އިންޑިއާއިން ގެއްލިގެން ހޯދި ދިވެހި މިހާ ފެނިއްޖެ

އާއިލާއިން މިއަދު ހާމަކޮށްފައިވާ ގޮތުގައި އައްޔަބެ ވަނީ ފެނިފައެވެ. އަދި އައްޔަބެ ހާލު ވެސް ރަނގަޅު ކަމަށް އާއިލާއިން ވަނީ ހާމަކޮށްފައެވެ.

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
30 Oct 2026 ހަބަރު

ސްޕެއިންގައި ހިނގި ރޭލު އެކްސިޑެންޓާ ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ

ސްޕެއިންގެ ދެކުނުބިތުގައި ހިނގި ރޭލު އެކްސިޑެންޓެއްގައި ގިނަ ބަޔަކު މަރުވެ، އެތައް ބަޔަކު ޒަޚަމްވި ހިތާމަވެރި ހާދިސާއާ ގުޅިގެން، ސްޕެއިންގެ ބޮޑުވަޒީރު ހިޒް އެކްސަލަންސީ ޕެޑްރޯ ސަންޗޭޒަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.