ދިއްދޫ ކައުންސިލް ބަންދުކޮށް ރައްޔިތުން މުޒާހަރާ ކުރަނީ.. ފޮޓޯ: ކިއުންތެރިއެއް
ހަބަރު
06 Jul 2023 | 14:45
ބަނދަރު މައްސަލާގައި އދ.ދިއްދޫ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް؛ ކައުންސިލް ބަންދުކޮށްފި!

އދ ދިއްދޫ ބަނދަރުގެ ހާލަތު ގޯސްވެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ އެކަމާއި، އެރަށުގެ ރައްޔިތުން އިހުތިޖާޖު ކޮށް ކައުންސިލް ބަންދުކޮށްފި އެވެ. 

ދިއްދޫ ކައުންސިލް އިދާރާގައި ކުރިއަށްދާ އިހުތިޖާޖުގައި ރައްޔިތުންގެ ގިނަ ބަޔަކު ކައުންސިލް އިދާރާ ތެރޭގައި ހަރަކާތްތެރިވަމުން އަންނައިރު، ޝުޢޫރުތައް ދައްކުވައިދޭ ލިޔުންތައް ހިފައިގެން ރައްޔިތުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. އެގޮތުން ގެއަށްދާނީ ނަތީޖާއާއެކުގައިކަމަށާއި، ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން ބަނދަރު ނިންމައިދިނުމަށް ރައްޔިތުން އަންނަނީ ގޮވާލަމުންނެވެ. މީގެ އިތުރުން ޕްލޭނިންގ މިނިސްޓަރ އަސްލަމަށް ނިސްބަތްކޮށް ލިޔެފައިވާ ބޯޑުތައްވެސް ބައެއް މީހުންގެ އަތުގައިއޮތެވެ. 

މިކަމާއި ގުޅިގެން ވޮއިސް އަށް މައުލޫމާތު ދެއްވަމުން ދިއްދޫ ކައުންސިލްގެ ރައީސް ގައްސާން އަބުދުالله ވިދާޅުވީ ދިއްދޫ ބަނދަރުގެ ނެރުގެ މައްސަލައަކީ މީގެ ދެ އަހަރު ކުރިން ބަނދަރު ހަދަން ފެށިއިރުވެސް ރަށު ކައުންސިލާއި ރައްޔިތުން ކަންބޮޑުވުން ފާޅުކުރި މައްސަލައެއް ކަމަށެވެ. 

އެގޮތުން، ބަނދަރު ހަދާއިރު، ނެރު ހުރިތަން ބަދަލު ކުރުމަށް، ހައުސިންގ މިނިސްޓްރީގެ ޓީމުންވެސް ލަފާދީފައިވާ ކަމަށާ، ނެރު ހުރި ތަނުގައި ހުއްޓައި ބަނދަރުގެ ބޭނުން ރަނގަޅަށް ނުކުރެވޭނެ ކަމަށް ތަޖުރިބާ ކާރުން އޭރުވެސް ބުނަމުން އައި ކަމަށެވެ. 

އެހެންނަމަވެސް، ބަނދަރުގެ މަސައްކަތް ނިންމި އިރުވެސް ނެރު ބަދަލު ކޮށްފައި ނުވާތީ، އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށްވެސް، ހައުސިންގ މިނިސްޓްރީއަށްވެސް ހުށަހެޅުއްވި ކަމަށް ގައްސާން ވިދާޅުވި އެވެ. އަދި އެ ކަން ހައްލުކުރުމުގެ މަސައްކަތް މި އަހަރުގެ ޖަނަވަރީ މަހުގައި ފައްްޓަވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

އެހެންނަމަވެސް، އަދިވެސް އެކަމުގެ އެއްވެސް މަސައްކަތެއް ނުފެށިވާއިރު، އިއްޔެ އައި ކޮޅިގަނޑުގައި އަނެއްކާވެސް ބަނދަރުގައި އަޅާފައި ހުރި ލޯންޗުތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށް ގައްސާން ވިދާޅުވި އެވެ. 

"ގަދަވަޔާއެކު އައި ބާރުގަދަ ކޮޅިގަނޑުގައި ބަނދަރުގައި އޮތް ލޯންޗެއް ބަންޑުން ޖަހާލާފައިވާއިރު އަނެއް ލޯންޗު ވަނީ ފަޅައިގެން ގޮސްފައި. އެވަގުތު ބަނދަރުގައި އުޅުނު މީހުންނަށްވެސް ގެއްލުންތަކެއް ވަނީ ވެފައި. ފަޅުވެރިން އެބަ ތިބެންޖެހޭ ނުނިދާ. މީގެ ކުރިންވެސް އަންނަ ކޮޅި ގަނޑުތަކުގައި ބަނދަރުގައި ހުންނަ އުޅަނދުތަކަށް ބޮޑެތި ގެއްލުން ވަނީ ވެފައި. އަތޮޅު ފެރީއަށްވެސް މިރަށަށް ނުވަދެވި ދާދިފަހުންވެސް ދެދުވަހަކު ދާން ޖެހިއްޖެ. މުދާ މި ގެންނަނީ މާމިގިލިން. ގަދަވާ ދުވަސް ދުވަހު މުދާ ގެންނަ ދޯންޏަށްވެސް ރަށު ބަނދަރަށް ނުވަދެވޭ. އެހެން ވީމާ މުދާ އެތެރެކޮށް، ރަށުން ބޭރަށް ގޮސް އައިސް ދަތުރު ކުރުމަށްވެސް ވަރަށް ދަތިވެފައި މިވަނީ ނެރުގެ މައްސަލާގައި. 

ދިއްދޫ ކައުންސިލްގެ ރައީސް ގައްސާން

ގައްސާން އިތުރަށް ވިދާޅުވީ، ރައްޔިތުން ކައުންސިލް ބަންދު ކުރުމުގެ ސަބަބުން މިއަދު ކައުންސިލުގެ އެއްވެސް މަސައްކަތެއް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ. އަދި ސަރުކާރުން ބަނދަރު ތަރައްގީ ކުރިއިރު، ބަނދަރުގެ ހުޅަނގު ފަރާތުން ނެރު ކަނޑާފައިވާ މައްސަލަ ހައްލު ކޮށް، ބަނދަރުގެ ނެރު އިރުމަތީ ފަރާތަށް ބަދަލުކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ލިޔުމަކުން ދޭން ދެން ރައްޔިތުން އިހްތިޖާޖު ކުރަމުންދާނެ ކަމަށް ބުނެފައިވާ ކަމަށްވެސް ގައްސާން ވިދާޅުވި އެވެ. 

މިއަދު އަޅުގަނޑުމެންނަށް ޕްލޭނިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވެސް ގުޅި. ވިދާޅުވީ މަސައްކަތަށް އަގު ކަނޑައެޅިފައޭ އޮތީ އަދި ފިނޭންސް ހަމަޖެހުނުހާ އަވަހަށް ފަށާނަމޭ. ރައީސް އޮފީހުން ވެސް ގުޅި. ބުނީ މި އަންނަ ހަފްތާގައި މަސައްކަތް އެވޯޑް ކުރާނަމޭ. އެކަމަކު ކުރިންވެސް ބުނެފައި އޮތީ ޖަނަވަރީ ގައި ފަށާނެ ކަމަށް. އެހެންވީމާ ރައްޔިތުން ބޭނުންވަނީ ލިޔުމަކުން ޔަގީންކަން ދޭން. މިނިސްޓްރީން ވެސް. ރައީސް އޮފީހުން ވެސް. އޭގެ ކުރިން ރައްޔިތުން ކައުންސިލުން ނުނިކިންނާނެ ކަމަށް ބުނަނީ. 

ދިއްދޫ ކައުންސިލްގެ ރައީސް ގައްސާން

ސަރުކާރުން 21 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ދިއްދޫގައި ބަދނދަރު ތަރއްގީކޮށްދީފައިވަނީ "ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.
04 Oct 2026
އޮޅުވާލައިގެން ރަޖިސްޓްރީކޮށްފައި ހުރި ވެހިކަލްތަކުގެ މައްސަލަ ބަލާނެ: މިނިސްޓަރު ސައީދު
"މި މައްސަލަތައް ތަހުގީގުކުރުމަށް ހާއްސަ ޓީމެއް އެކުލަވާލައި ފުލުހުންނާއި މިނިވަން މުއައްސަސާތަކާއި ގުޅިގެން މިހާރު ދަނީ މަސައްކަތް ކުރަމުން," މިނިސްޓަރު ވިދާޅުވި އެވެ.
04 Oct 2026
ބާރުބޮޑުވާ ގަޑިތަކުގައި ބޭނުންކުރުމަށާއި ސްކޫލް ކުދިންނަށް ހާއްސަ ބަސްތަކެއް ތައާރަފްކުރަނީ
މާލޭ މަގުތަކުގެ 82 އިންސައްތަ ވެހިކަލްތަކުން ފުރިފައިވާތީ، ތޮއްޖެހުން ހައްލުކުރުމަށް ސްކޫލް ބަސް ރޫޓުތަކާއި ރަޝް އަވާ ބަސްތައް ތައާރަފުކޮށް ވެހިކަލް ރަޖިސްޓްރޭޝަން ކޮންޓްރޯލްކުރަން ރާވާފައިވާ ކަމަށް ވަޒީރު ވިދާޅުވެއްޖެއެވެ.