ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: ސީއެންއެމް
ހަބަރު
06 Jul 2023 | 21:40
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް 9 ޖުލައި ވާ އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ. 

އެ މައްސަލައިގެ އަޑުއެހުންތައް ގާތް ގާތުގައި ތާވަލުކުރި ނަމަވެސް ނިމުނު ހަފްތާގައި ތާވަލުކުރި 3 އަޑުއެހުން ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

އެ އަޑުއެހުންތައް ކެންސަލްކޮށްފައިވާ ފުއްގިރި މުއާމަލާތާއި ގުޅިގެން ދައުލަތުން ދައުވާ އުފުލާފައިވާ އަހުމަދު ކުރިކް ރިޒާ އާލާސްކަންފުޅާ އުުއްވާތީ ކޯޓަށް ހާޒިރު ނުވެވުމާއި ގުޅިގެން ނެެވެ. 

މިހާރު އެ މައްސަލައިގައި ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. 

އެގޮތުން އެ މައްސަލައިގައި އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ހިމެނޭހެން ހަ ފަރާތެއްގެ ހެކިބަސް ވަނީ ނަގާފައެވެ. އަދި ވެސް ދައުލަތުން ހުށައަޅާފައިވާ ހެކިވެރިންގެ ހެކިބަސް ނަގާ ނުނިމެއެވެ. 

ފުއްގިރި މުއާމަލާތާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ރިޝްވަތު ޤަބޫލުކުރިކަމުގެ ކުށުގެ ދައުވާއާއި މަނީލޯންޑާކުރި ކަމުގެ ކުށުގެ ދައުވާއެވެ. 

ރައީސް ޔާމިނު ވަނީ އެ ދެ ދައުވާއަށްވެސް އިންކާރު ކުރައްވާފަ އެވެ. އަދި ވިދާޅުވެފައިވަނީ އެއީ އެމަނިކުފާނުގެ އަދާވާތްތެރިން ހެކިންނަށް ބޭނުންކޮށްގެން އެމަނިކުފާނާއި ދެކޮޅަށް އުފައްދާފައިވާ ދައުވާތަކެއް ކަމަށެވެ. 

ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިނުގަތުމަށް ވެސް އެދިވަޑައިގެންފަ އެވެ. 

އެހެން ނަމަވެސް އެ ދެމީހުންގެ ހެކިބަސް ނޫން އިތުރު އެއްވެސް ކާފީ ހެއްކެއް މި މައްސަލައިގައި ނެތްކަމަށް ދައުލަތުން ބުނުމާއި ގުޅިގެން ޝަރީއަތުން ވަނީ އަދީބާއި ޒިޔަތުގެ ހެކިބަސް ބަލައިގަތުމަށް ނިންމާފައެވެ.

އެހެން ނަމަވެސް ހުކުމް ކުރާއިރު އެ ހެކިންނަށް ބުރަދަން ދޭނެތޯ ނުދޭނެތޯ ގާޒީ ފަހުގެ މަރުހަލާއެއްގައި ނިންމަވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ. 

ފުއްގިރި މައްސަލައިގެ އަޑުއެހުން އާދިއްތަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އާރަށު މައްސަލައާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް ކުރި 11 އަހަރުގެ ޖަލުހުކުމް މިހާރު ވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. 

އޭގެ އަޑުއެހުންތައް މިހާރު ކުރިއަށްދާއިރު، ރައީސް ޔާމިނުގެ ފަރާތްޕުޅުން އިސްތިއުނާފީ ނުކުތާތައް ހުށައަޅާ ދައުލަތުން ވަނީ އެ ނުކުތާތަކަށް ޖަވާބުވެސް ދީފައެވެ. 

އާރަށު އިސްތިއުނާފުގެ މައްސަލަ އަވަސްކޮށްދިނުމަށް ރައީސް ޔާމިނުގެ ފަރާތްޕުޅުން ދަނީ ކެނޑިނޭޅި އެދިވަޑައިގަންނަވަމުންނެވެ. 

މިހާރު ވެސް އެމަނިކުފާނު ގެންދަވަނީ އާރަށު މައްސަލައިގައި ދަށު ކޯޓުން ކުރި ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ކަމަށްވާއިރު، އިސްތިއުނާފު މައްސަލަ އަވަސް ކުރުމަކީ އެމަނިކުފާނަށް އިންސާފު ހޯދުމަށް މުހިންމުކަމެއްކަމަށް ޤާނޫނީ ވަކީލުން ވެސް ފާހަގަކުރައްވައެވެ. 

އެހެން ނަމަވެސް އެ މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނެ ތާރީހެއް އަދި ހައިކޯޓުން ހާމަކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.