ރައީސް ޞާލިހު ށ އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ހަބަރު
09 Jul 2023 | 14:43
ރައީސްގެ ށ ދަތުރު: ކޮމަންޑޫއަށް ފަހު މަރޮއްޓަށް ވަޑައިގެންފި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ށ އަތޮޅަށް ކުރައްވާ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި ދެވަނަ މަންޒިލަކަށް ށ އަތޮޅު މަރޮއްޓަށް ވަޑައިގެންފި އެވެ. 

ރައީސް ޞާލިހު ށ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ކޮމަންޑޫއަށެވެ. އެ ރަށުގައި އެމަނިކުފާނު ވަނީ ރިޔާސީ ކެމްޕޭނު ރަސްމީކޮށް ފައްޓަވާފައެވެ. އަދި ކޮމަންޑޫގއި ކެމްޕޭނު ޖަލްސާއެއްވެސް ކުރިއަށް ގެންދެވިއެވެ. 

އެފަހުން އެމަނިކުފާނު ވަނީ މަރޮއްޓަށް ވަޑައިގެންފަ އެވެ. މިއީ މި ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. 

ރައީސް ޞާލިހު މަރޮއްޓަށް ވަޑައިގަތުމުން އެ ރަށުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެގޮތުން އެމަނިކުފާނުގެ އިސްތިއގުބާލުގައި ގިނަ އަދަދެއްގެ ބަޔަކު ތިބިތަން ފެނިގެން ދިޔައެވެ. 

ރައީސް ޞާލިހުގެ މި ދަތުރުފުޅުތަކުގައި ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަށް މަޝްވަރާ ބައްދަލުވުންތަކާއި، ޖަގަހަ ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމަވާފައެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ޙާލަތު ވަޒަންކުރުމާއި ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. 

އޭގެ އިތުރުން ކުރިއަށް އޮތް 5 އަހަރު ވެރިކަން ލިބިއްޖެނަމަ ކުރުމަށް ނިންމާފައިވާ ބައެއް ކަންކަމާއި، އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅުތައްވެސް ކޮންމެސް ވަރަކަށް މި ދަތުރުފުޅުތަކުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން އިއުލާނު ކުރާނެ އެވެ. 

ށ އަތޮޅަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ށ. ފޯކައިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ އިފްތިތާހު ކުރައްވާ ބަނދަރު ހުޅުވައިދެއްވުމުގެ އިތުރުން ފޯކައިދޫ ފުޓުބޯޅަ ދަނޑު ހުޅުވައިދެއްވުން ވެސް ހިމެނެއެވެ. 

ރައީސްގެ ދަތުރުފުޅު ހަމަޖެހިފައިވާ ގޮތަށް ބަލާއިރު، މަރޮށިން ދެން އެމަނިކުފާނު ވަޑައިގަންނަވާނީ އެ އަތޮޅުގެ ނޫމަރާއަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.