ރައީސް ޞާލިހު ށ. ނޫމަރާއަށް ވަޑައިގެންނެވުން-- ފޮޓޯ/ އެމްޑީޕީ
ހަބަރު
09 Jul 2023 | 17:01
ރާއީސް ޞާލިހުގެ ށ ދަތުރު: ކެންޕެއިން ޓީމު ނޫމަރާއަށް ވަޑައިގެންފި!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ށ އަތޮޅަށް ކުރައްވާ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގެ ތިންވަނަ މަންޒިލް، ށ. ނޫމަރާއަށް ވަޑައިގެންފި އެވެ. 

ރައީސް ޞާލިހު ށ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ އެ އަތޮޅު ކޮމަންޑޫއަށެވެ. އެ ރަށުގައި އެމަނިކުފާނު ވަނީ ރިޔާސީ ކެމްޕޭނު ރަސްމީކޮށް ފައްޓަވާފައެވެ. އަދި ކޮމަންޑޫގއި ކެމްޕޭނު ޖަލްސާއެއްވެސް ކުރިއަށް ގެންދެވިއެވެ. 

އެއަށްފަހު އެމަނިކުފާނު ވަނީ މަރޮއްޓަށް ވަޑައިގެންފަ އެވެ. މަރޮށްޓަށް ކުރެއްވި ދަތުރުފުޅުތަކުގައިވެސް އެމަނިކުފާނު ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާ، ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަށް މަޝްވަރާ ބައްދަލުވުންތަކާއި، ޖަގަހަ ބައްދަލުވުންތައް ކުރިއަށް ގެންދަވާފައެވެ. 

މާރޮށީގެ ދަތުރުފުޅު ނިންމަވާލައްވައި، މިހާރު ނޫމަރާއަށް ރައީސް ޞާލިހުގެ ކެންޕެއިން ޓީމު ވަޑައިގެންފައިވާއިރު, އެރަށުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ކުދި ބޮޑު ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއްވެފައެވެ. 

ރައީސް ޞާލިހުގެ ނޫމަރާގެ މި ދަތުރުފުޅުގެ ތެރެއިންވެސް އެމަނިކުފާނު ވަނީ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަށް މަޝްވަރާ ބައްދަލުވުންތައްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެމަނިކުފާނުގެ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާއިރު، ރަށްތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ ތެރެއިން ޙާލަތު ވަޒަންކުރުމާއި ރައްޔިތުންނަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Sep 2026
ބެލްޖިއަމް އަތުން އިޓަލީ ބަލިވެއްޖެ
މެޗްގައި އިޓަލީގެ ސަޕޯޓަރުންގެ ފަރާތުން ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. މިކަމާ ގުޅޭގޮތުން މަންޗީނީ ބުނީ އަމިއްލަ ސަޕޯޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަކީ ފުޓްބޯޅައިގެ އާންމު ކަމެއް ކަމަށެވެ.
26 Sep 2026
މާލީ މުއާމަލާތްތަކުގައި މެންޗެސްޓަރ ސިޓީން ހަޤީގަތް އޮޅުވާލިކަން ސާބިތުވެއްޖެ
މި މައްސަލައިގައި ސިޓީ ކުށްވެރިވެއްޖެނަމަ، ދެވިދާނެ އަދަބުތަކުގެ ތެރޭގައި ބޮޑު އަދަދަކުން ޖޫރިމަނާކުރުން، ޕޮއިންޓް އުނިކުރުން ނުވަތަ ޕްރިމިއަރ ލީގުން ވަކިކުރުންވެސް ހިމެނެއެވެ.
26 Sep 2026
ފްރާންސް މޮޅުވި މެޗްގައި އެމްބާޕޭއަށް އަނިޔާވެއްޖެ
ޒިދާން ފްރާންސަށް އިރުޝާދު ދިން ފުރަތަމަ މެޗުން އެޓީމް މޮޅުވިއިރު، ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ހޫނު މޫސުމުގެ ވޯލްޑް ކަޕަށްފަހުއެވެ.
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.