ރައީސް ޞާލިހު ނޫމަރާ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަނީ --ފޮޓޯ/އެމްޑީޕީ
ހަބަރު
09 Jul 2023 | 18:42
ރައީސް ޞާލިހުގެ ދެވަނަ ދައުރުގައި ނޫމަރާއަށް ގިނަ ވަޢުދު ތަކެއް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިތުރު ދައުރަކަށް އިންތިހާބުވެ ވަޑައިގެންފި ނަމަ, އެ ދައުރުގެ 5 އަހަރުތެރޭ، ނޫމަރާގައި، ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފިއެވެ. 

ރައީސް ޞާލިހު ށ. އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅުގެ ނޫމަރާއަށް ވަޑައިގެން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ، ނޫމަރާ އަކީ މީގެ ކުރީ ސަރުކާރު ތަކުން ވަރަށް އެކަހެރި ކޮށްފައިވާ ރަށެއް ކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، އެމަނިކުފާނުގެ މި ވެރިކަމުގައި، އާބާދީ ބޮޑު ރަށެއް، އަދި ކުޑަ ރަށެއް ބެއްލެވުމެއްނެތި ރަށް ރަަށަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދެއްވަމުންދާ ކަމަށާ، އެ ގޮތުގެ މަތިން ނޫމަރާގައިވެސް ގިނަ މަސައްކަތްތަކެއް ކުރެއްވުމަށް ޕްލޭން ކުރައްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ނޫމަރާގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވިދާޅުވީ އެ މަސައްކަތް ނިމިގެންދާއިރު، އެ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް ދާނެ ކަމަށެވެ. އަދި މީގެ އިތުރުން ވެސް ގިނަ ކަންކަން އެ ރަށަށް ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވައުދުވެވަޑައިގެންފަ އެވެ. 

އިރާދަކުރެއްވިޔާ މި ރަށުގެ ރައްޔިތުން އެ ބޭނުންވާ ގޮތަށް، މި ރަށުގައި ފުލުހުންގެ ޚިދުމަތް އަޅުގަނޑުމެން ގާއިމް ކޮށްދޭނަން. މި ރަށުގެ ސުކޫލު އެއް ދަންފަޅިއަކަށް ހެދުމަށްޓަކައި، އިތުރަށް ބޭނުންވާ 4 ކްލާސްރޫމާއި، އޭޓީއެމްގެ ޚިދުމަތާއި، އަދި މި ރަށަށް ބޭނުންވާ، ބޮޑު ޒަމާނީ މިސްކިތް އިރާދަކުރެއްވިޔާ، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި، އަޅުގަނޑުމެންގެ ދައުރުގައި، މި ރަށަށް ފޯރުކޮށްދޭނަން. 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވަނީ، ނޫމަރާ އިންޖީނުގެ ގޭގެ މަސައްކަތާއި ރަށު އޮފީހުގެ މަސައްކަތް ކުރިއަށް ނުގޮސް މަޑު ޖެހިފައިވާ ކަން ފާހަގަކުރައްވައި، ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި އެ ކަމަށް ހައްލެއް ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިންޖީނުގޭގެ މަސައްކަތް ކޮށް ނިންމަވާނީ އެ ރަށު ރައްޔިތުން އެދިލެއްވި ގޮތަށް ކަމަށްވެސް ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން ފެނާއި ނަރުދަމާގެ މަސައްކަތް ނޫމަރާގައި ކުރިއަށްދާއިރު, މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލެވޭއިރު, އެ ރަށަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިރަށަށް ކޮށްދޭން އޮތް ކަންތައް ތަކުގެ ތެރޭގައި އަދި އެބައޮތް، މަސްވެރިންނަށް ބޭނުންވާ ކަނދުފައްޗެއް އެޅުން. އޮޑިއެހެލާ ތަނެއް ގާއިމް ކުރުން. އިރާދަކުރެއްވިޔާ، ތި ބޭފުޅުން އެ އެދިވަޑައިގެންނެވި ގޮތަށް، މި ކަންތައްތައް ވެސް އަޅުގަނޑުމެން ކޮށްދޭނަން. ބޮޑު ދަނޑުގައި ޓާފު އެޅުން. ވޮލީ ކޯޓު. މިހުރީ އަޅުގަނޑުމެން މިރަށުގެ ވައުދު ލިސްޓު ގައި މިހާރުވެސް ހިމަނާފައި ހުރި ކަންކަން. އިރާދަކުރެއްވިޔާ އެއީ ކުރިއަށް އޮތް ތަނުގައި، ތިޔަ ބޭފުޅުންނަށް އަޅުގަނޑުމެން ކޮށްދޭނެ ކަންކަން. އަދި އެއްކަމެއްގެ ގޮތުގައި ތިޔަ ބޭފުޅުން އެދިފައި އެބަ އޮތް، މިރަށު ކައިރީގައި މިއޮތް ނެޔޮ، ރަށުގެ ރައްޔިތުންނަށް ބޭނުން ކުރެވޭ ގޮތަށް ހޯދައި ދިނުން. އެ ރަށް ކައުންސިލާއި ހަވާލުކޮށް، އެ ރަށުގެ ބޭނުން މި ރަށުގެ ރައްޔިތުންނަށް ލިބޭނެ ގޮތަކަށް އެކަން ކުރެވޭތޯ އަޅުގަނޑުމެން ބަލައިދޭނެ ވާހަކަވެސް ދަންނަވަން." 

ރައީސް އިބްރާހިމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނުގެ ކުރިއަށް 5 އަހަރުގެ ދައުރު ނިންމަވާލައްވާނީ، އެ އެންމެހައި ކަމެއް ކުރައްވައި ނިންމަވާފައި ކަމަށެވެ. 

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނުގެ ސްލޯގަން އަކީވެސް އަމާން ދިވެހި ރާއްޖެ މި ޝިއާރެވެ. 

ކޮމެންޓް
ައަލީ
ޓެކްސް ލާރި ނަހަމު ގޮތުގަ ބޭނުން ނުކުރޭ!! ތިއެންމެން ރަށުންބާލާ!!
11 Jul 2023
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.