ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފޯކައިދޫ ޖަލްސާގައި ވާހަކަ ދައްކަވަނީ--ފޮޓޯ/ އެމްޑީޕީ
ހަބަރު
09 Jul 2023 | 22:46
މިއަދު ސިޔާސީ ލީޑަރުން ތިބީ މިނިވަންކަމާއެކު: ރައީސް ޞާލިހު

މިއަދު، ސިޔާސީ ލީޑަރުން ތިއްބެވީ މިނިވަން ކަމާއި އެކުގައި ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހު ގެ ކެންޕެއިން ރަސްމީކޮށް ފެއްޓެވުމަށް ށ.ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވަނީ، އައު ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ހިނގައިދިޔަ ވެރިކަންތައް ފެށިގެން އައި ގޮތާއި، އެ ވެރިކަމުގެ ތެރެއިން ކަންކަން ހިނގައިދިޔަ ގޮތް ކިޔައި ދެއްވާފައެވެ. 

އެގޮތުން، 2008 ވަނަ އަހަރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންއަކާއި އެކުގައި ނަމަވެސް، މަސް ދުވަސް ނުވަނީސް އެ ކޯލިޝަން ރޫޅިގެން ގޮސްފައިވާއިރު، އެ ވެރިކަންވެސް ދައުރު ހަމަ ނުވަނީސް ނިމިގެން ގޮސްފައިވާކަން ފާހަގަކުރެއްވި އެވެ. 

އެއަށްފަހު، 2013 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ކޯލިޝަންއަކާއި އެކުގައި ނަމަވެސް އެ ކޯލިޝަންވެސް ރޫޅި، ގިނަ ސިޔާސީ ލީޑަރުން ޖަލަށް ލެވި، ބައެއް މަޖިލިސް މެންބަރުންނަށް ދައުވާ ކުރެވުނު ކަންވެސް ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ.

އެދުވަހު (ރައީސް ޔާމީން ގެ ވެރިކަމުގައި) ސިޔާސީ ލީޑަރުން ތިއްބެވީ ކޮންތާކުތޯ ވިސްނާވަޑައިގަންނަވަންޖެހޭ. ނޫސްވެރިންގެ އުޅުނީ ކޮން ހާލެއްގައި ތޯ؟ ފަނޑިޔާރު ގެއަށްްވީ ކިހިނެއްތޯ؟ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އުޅެން ޖެހުނީ ކޮން ގޮތަކަށްތޯ؟ ކިތައް ކިތައް މެމްބަރުން ތޯ ޖަލަށް ވަންނަން ޖެހުނީ. ރައްޔިތުން އިންތިހާބު ކޮށްފައި ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، މަޖިލީހަށް ވަންނަން އުޅުނީތީ ހިފާ، ހައްޔަރުކޮށް ޝަރީއަތަށް ފޮނުވުނީ. އަޅުގަނޑާއި، އަބްދުالله ޝާހިދާއި، އަސްލަމް އާއި. މިހެން ގޮސް އެތައް މެންބަރުންގެ މައްޗަށް ދައުވާ ކުރި. އަޅުގަނޑުމެން މަޖިލީހަށް ވަންނަން އުޅުނީމަ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޔާމީން ގެ ވެރިކަން ނިމި، އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީވެސް ކޯލިޝަނަކާއި އެކުގައި ކަމަށާ، އެ ކޯލިޝަން އަދި އަދަށްވެސް ދެމިއޮތްކަން ރައީސް ޞާލިހު ފާހަގަކުރެއްވި އެވެ. ރައީސް ޞާލިހު ވިދާޅުވީ، ރާއްޖެ އަމާން ތަނަކަށް ވެފައި ވަނީވެސް އެ ކޯލިޝަން އެ ގޮތުގައި ދެމިއޮތުމުން ކަމަށެވެ.

"ސިޔާސީ ލީޑަރުން މިނިވަންކަމާއިއެކީ އެބަ ހަރަކާތްތެރިވޭ. ރައްޔިތުންގެ މަޖިލިސް ވެސް، އެ މަޖިލީހުގެ ރައީސް ބޭނުންފުޅު ގޮތަކަށް ހިންގަވަމުން އެބަ ގެންދަވާ. ސިފައިން ވަދެ ނުހުއްޓުވާ. ނޫސްވެރިންގެ ގަލަމުގައި ދޯރި ޖަހާކަށް ނުޖެހޭ. ޓީވީ ޗެނަލްތައް ޖޫރިމަނާ އެއް ނުކުރޭ. ބަންދު ކުރާކަށް ނާންގަން. އިންޒާރެއް ވެސް ނުދެން. ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ވަކިރަށެއް ތަފާތު ކުރުމެއް ނެތި އެދަނީ ލިބެމުން".

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ސިޔާސީ ލީޑަރުން މިނިވަންކަމާއިއެކީ ހަރަކާތްތެރިވަމުންދާ ކަމަށް ރައީސް ޞާލިހު ވިދާޅުވެފައި ވީ ނަމަވެސް، އެމަނިކުފާނާއި، އެންމެ ވާދަވެރި ސިޔާސީ ލީޑަރު، އަދި އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް މިވަގުތުވެސް ހުންނެވީ ޖަލުގައެވެ. އޭގެ ސަބަބުން އެމަނިކުފާނުގެ ކެންޕެއިން ކުރިއަށް ގެންދިޔުމަށް ވެސް ދަތިތައް ހުރި އިރު, އެމަނިކުފާނުގެ ޖަލު ހުކުމް އިސްތިއުނާފް ކުރި މައްސަލަ ބާރު ސްޕީޑުގައި ހައިކޯޓުން ކުރިއަށް ނުގެންދާތީވެސް އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

އެގޮތުން، ދަށު ކޯޓުގައި ކުރިއަށްދާ ފުއްގިރި މައްސަލަ ބާރު ސްޕީޑުގައި ދާއިރު, ހައިކޯޓުގެ އިސްތިއުނާފް މައްސަލަ ނުދަނީ، ފަނޑިޔާރުގެއަށް ސަރުކާރުން "އަތް ބާނާތީ" ކަމަށް އިދިކޮޅުުން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.