ރައްޔިތުން މަޖިލީހުގެ ޖަލްސާއެއް ކުރިއަށް ދަނީ --ފޮޓޯ / މަޖިލިސް
ހަބަރު
10 Jul 2023 | 10:55
ދައުރުން ބޭރުން ޖަލްސާ ބާއްވައި، އެމްޑީޕީން ބޭނުންވި ގޮތަށް، ކޮމެޓީތައް އެކުލަވާލަން ފާސްކޮށްފި

އެމްޑީޕީގެ އެދުމުގެ މަތިން، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ޖަލްސާ ބާއްވައި، އެ ޕާޓީން ބޭނުންވި ގޮތަށް، މަޖިލީހުގެ ކޮމިޓީތައް އެކުލަވާލައިފިއެވެ. 

މިއަދު މަޖިލިސް ޖަލްސާގައި އިދިކޮޅު ޕީޕީއެމް އާއި ޑިމޮކްރެޓްސްގެ މެންބަރުންވަނީ، މަޖިލީހުގެ ބައެއް ކޮމިޓީ ތަކުގައި އިދިކޮޅު ޕާޓީތަކުގެ މެޖޯރިޓީ ބޭއްވުމަށް އިސްލާހު ހުށަހަޅާފައެވެ. 

އެގޮތުން، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމެޓީގައި އިދިކޮޅު މެންބަރުންނާއި އަމިއްލަ މެންބަރުންގެ އަޣުލަބިއްޔަތު ބޭއްވުމަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ. އަދި އެ ކޮމިޓީގައި ސަރުކާރު ހިންގާ ޕާޓީއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭ ގޮތަށް ބޭއްްވުމަށްވެސް ވަނީ އިސްލާހު ހުށަހަޅުއްވާ ފައެވެ. އެ އިސްލާހު ހުށަހަޅުއްވަމުން އޭނާ ވަނީ އެ ކޮމިޓީއަކީ ސަރުކާރު ޒިންމާދާރު ކުރުވުމަށް މުހިންމު ދައުރެއް އަދާ ކުރާ ކޮމިޓީއެއް ކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ކުރެވޭނީ އިދިކޮޅަށް އެ ކޮމިޓީގެ އަގުލަބިއްޔަތު ލިބިގެން ކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގައި އިދިކޮޅުގެ އަގުލަބިއްޔަތު ބޭއްްވުމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވެސް ވަނީ އިސްލާހު ހުށަހަޅުއްވާ ފައެވެ. އެހެން ނަމަވެސް އެއިން އެ އިސްލާހަށް އެމްޑީޕީ މެންބަރުންގެ ތާއީދެއް ނުލިބުނެވެ.

އޭގެ އިތުރުން މާލިއްޔަތު ކޮމެޓީ އާއި ޖުޑީޝަރީ ކޮމެޓީގެ އިތުރުން ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީގެ އަޣުލަބިއްޔަތު އިދިކޮޅު ފަރާތްތަކަށް އޮންނަ ގޮތް ހެދުމަށް ވެސް އިދިކޮޅު މެންބަރުން އިސްލާހު ހުށަހެޅިއެވެ. އަދި ބައެއް ކޮމިޓީ ތަކުގެ މުގައްރިރުންނަށް މިނިވަން މެންބަރުން ބޭތިއްބުމަށްވެސް ވަނީ އިސްލާހު ހުށަހަޅުއްްވާފައެވެ. ނަމަވެސް އެތަނުން އެއްވެސް އިސްލާހަކަށް އެމްޑީޕީީގެ މެޖޯރިޓީ އޮތް މަޖިލީހުގެ ތާއީދު ލިބިފައެއް ނުވެއެވެ. 

މި އިސްލާހު ތަކާއި އެކު، ކޮމެޓީތައް އެކުލެވިގެންވާ ގޮތް ބަދަލު ކުރަން އިދިކޮޅު މެންބަރުން ދިހަ އިސްލާހެއް ހުށަހެޅިއެވެ. ނަމަވެސް އެހުރިހާ އިސްލާހަކަށް ވެސް ލިބުނީ 13 ވޯޓެވެ. އިސްލާހުތަކާއި ދެކޮޅަށް 33 މެންބަރުން ވޯޓް ދެއްވިއެވެ. ވުމާއެކު އެއްވެސް އިސްލާހެއް ފާހެއް ނުވިއެވެ. 

އެމްޑީޕީން ބޭނުންވާ ގޮތަށް އެކުލަވާލާފައިވާ ކޮމެޓީ ތަކާއި ގުޅޭ މުޅި ރިޕޯޓް ފާސް ކުރުމަށް 35 މެންބަރުން ވޯޓް ދެއްވިއިރު ރިޕޯޓް ފާސްކުރުމާއި ދެކޮޅަށް 14 މެންބަަރުން ވޯޓް ދެއްވިއެވެ. އެހެންކަމުން، އެމްޑީޕީ ބޭނުން ގޮތަށް ކޮމިޓީތައް އެކުލަވާލައި މަޖިލީހުގެ ޖަލްސާ ވަނީ މިއަދަށް ނިންމާލާފައެވެ. 

މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތާއި އެހެނިހެން ވެސް މުހިންމު މަސައްކަތްތައް ނުނިމު ހުރުމުން އެ މަސައްކަތް ނިމެންދެން ދައުރު ދަންމާލަން އެމްޑީޕީން އެދިފައި ވަނިކޮށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ދައުރު ނިންމަވާލައްވާފައެވެ. 

އެއާއެކު އެމްޑީޕީގެ 29 މެންބަރުން ސޮއި ކުރައްވައި، ދައުރުން ބޭރުގައި ޕާޓީގެ ޖަލްސާއެއް ބޭއްވުމަށް މަޖިލީހަށް ވަނީ ހުށަހަޅުއްވާފައެވެ. އެ އެދުމާއި އެއްގޮތަށް، 3 ޖުލައި 2023 ވީ އާދިއްތަ ދުވަހުވެސް ވަނީ ދައުރުން ބޭރު ޖަލްސާއެއް ބާއްވާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ލޫސިއާނޯގެ އިރުޝާދުގެ ދަށުން އޮޑި ކުޅުނު ފުރަތަމަ މެޗުން މޮޅެއް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް އޮޑި ކާމިޔާބުކުރީ 4-0 ގެ ނަތީޖާއިންނެވެ. މިމެޗަށް އޮޑި ނިކުތީ، އާ ކޯޗް ލޫސިއާނޯ ތެއިލާގެ އިރުޝާދުގެ ދަށުންނެވެ. މި ސީޒަނުގައި އޮޑިއަށް އިރުޝާދުދެމުން އައިސްފައިވަނީ ޕޯޗްގަލްގެ ރުއީ ގްރެގޯރިއޯގެ ދަށުންނެވެ
10 Oct 2026
އެހެން ދީންތައް ރަމްޒުކޮށްދޭ ތަކެތި ވިއްކަން ހުރި ފިހާރައަށް ފުލުހުން ގޮސް އެތަކެތި ނަގައިފި
އެ ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުންޏެވެ.
09 Oct 2026
މޫނު ނިވާކޮށްގެން ތިބި ބަޔަކު ގެއަކަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިގެންފި
ވޮއިސްއަށް އެނގިފައިވާ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ ގެއަށް ވަދެ ތިންލައްކައެއްހާ ރުފިޔާ ފޭރިފައިވެ އެވެ.
09 Oct 2026
އަދީބު ވިދާޅުވެ ދެއްވީ ރާއްޖޭގެ ޑްރަގްގެ ހާލަތު؛ މިހާރު ބޭނުންކުރަނީ ދެ ބާވަތް އެއްކޮށް، ވަރަށް ނުރައްކާ
އެއަށްވުރެ ނުރައްކާތެރި ކަމެއްގެ ގޮތުގައި އަދީބު ފާހަގަ ކުރެއްވީ ގިނަ މީހުން މިހާރު ޑްރަގް ނަގާ ގޮތެވެ. އަދީބު ވިދާޅުވި ގޮތުގައި ގިނަ މީހުން މިހާރު މަސްތުވަނީ ދެ ބާވަތެއް އެއްކޮށްގެންނެވެ.
09 Oct 2026
ނިމިގެންދިޔައީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް
މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހަކީ ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު ނުވަ މަސް ކަަމަށް އެ ބެންކުން ބުނެފި އެވެ.
09 Oct 2026
އަޒޭއާ ޖުމާއާ ރޯމަންއަށް ގިނަ ތުހުމަތުތަކެއް؛ ޑްރަގްގެ ތިން ބާވަތަކަށް ޕޮޒިޓިވް
އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ކުރެ އެވެ.
09 Oct 2026
ވިލިމާލޭގައި ޒަމާނީ އައު މިސްކިތެއް, 1000 މީހުންގެ ޖާގަ, ދެ ކުލާސްރޫމް ހުންނާނެ
ފިޔަ ފައުންޑޭޝަންއިން ބިނާ ކުރާ މި މިސްކިތަކީ 1000 މީހުންނަށް ނަމާދު ކުރެވޭ މިސްކިތެކެވެ.
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.