ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ/ ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ހަބަރު
11 Jul 2023 | 10:02
އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެ: އުއްތަމަ ފަނޑިޔާރު

ފަސޭހަކަމާއެކު އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދު ކުޑަކުރުންކަމާއި އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން ވިދާޅުވެއްޖެއެވެ. 

އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަދައްކަވަމުންނެވެ. 

‏އެގޮތުން އުއްތަމަ ފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި އިންސާފު ޤާއިމްކުރުމުގެ ބާރަކީ ފަނޑިޔާރުންނަށް ރައްޔިތުން ދީފައިވާ ރައްޔިތުންގެ ބާރެއްކަމަށާއި، ރައްޔިތުންނެކޭ އެއްފަދައިން ކޯޓުގެ އަދަބު ސަދަބު ހިފަހައްޓައި ކޯޓުގެ ހުރުމަތް ހިފެހެއްޓުމަކީ ފަނޑިޔާރުންގެވެސް ޒިންމާއެއްކަމުގައި ވަނީ ފާހަގަކުރައްވާފައެވެ. އަދި ފަސޭހަކަމާއެކު އިންސާފު ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ކަމަކީ އިންސާފު ހޯދުމަށް ރައްޔިތުން ކުރަންޖެހޭ ޚަރަދު ކުޑަކުރުންކަމާއި އިންސާފު ހޯދުމުގެ ޚަރަދު ބޮޑުވާނަމަ އިންސާފު ލިބުމަށް ހުރަސް އެޅިގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ރާއްޖޭގައިވެސް ފީ އަކާ ނުލާ މަސައްކަތްކޮށްދެއްވާ ވަކީލުން އެބަ ތިއްބެވިކަމަށާއި، އެބޭފުޅުން އެކުރައްވާ މަސައްކަތުން ރައްޔިތުންނަށް އިންސާފަށް ވާޞިލްވުމުގައި ބޮޑެތި ލުއިތަކެއް ލިބިގެންދާކަން ފާހަގަކޮށް އެބޭފުޅުން ކޮށްދެއްވާ މަސައްކަތުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އުއްތަމަ ފަނޑިޔާރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.

އަދި ޝަރީޢަތްތަކާ ގުޅުންހުރި ދުވަސްވީ ލިޔުންތައް ފަނޑިޔާރުން ދިރާސާކުރުމުގެ މުހިންމުކަމަށް އަލިއަޅުވާލައި، މިފަދަ ދިރާސާތައް ކުރުމަކީ ފަނޑިޔާރުންގެ ޢިލްމީ ޤާބިލްކަން އިތުރުވެގެން ދާނެކަމެއްކަމުގައި އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. ހަމައެހެންމެ، މިފަދަ ދިރާސާތައް ކުރުމަކީ ޢަދަލު އިންސާފު ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ މުހިންމު ޢިލްމީ ވަޞީލަތަކަށް ވެގެންދާނެކަންވެސް އުއްތަމަ ފަނޑިޔާރުގެ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ޖޭ.އެސް.ސީގެ ނާއިބު ރައީސް އަލްއުސްތާޛު މަސްތޫރު ޙުސްނީގެ ވާހަކަފުޅުގައި، ކޯޓުތަކުގެ ތަރައްޤީއަށް ގިނަގުނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށާއި، މިގޮތުން ގިނަ ކޯޓުތަކެއްގެ ޢުމްރާނީ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ކުރެވި، ޝަރުޢީ ދާއިރާގެ ބަޖެޓު އެހެން އަހަރުތަކަށްވުރެ އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ކޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން، އެއްވެސް ތަފާތުކުރުމެއް ނެތި، ހުރިހާ ފަރާތްތަކަށްވެސް ޚިދުމަތް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ނާއިބު ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ. 

މިގޮތުން ޚިދުމަތް ލިބިގަންނަ ފަރާތަކީ ވަކީލެއް ކަމުގައިވިޔަސް ނުވަތަ ޢާންމު ރައްޔިތަކު ކަމުގައިވިޔަސް އެފަރާތްތަކަށް ހަމަހަމަކަމާއެކު ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުން މުހިންމުކަމަށް ވަނީ ވިދާޅުވެފައެވެ. 

މީގެ އިތުރުން، ކ. ހުރާ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތުގައި އަމަލީ ގޮތުންނާއި އެހެނިހެން ގޮތްތަކަށް އެހީތެރިވެދެއްވި އެންމެ ބޭފުޅުންނަށް ޖޭ.އެސް.ސީގެ ނައިބު ރައީސް ވަނީ ޝުކުރު ދަންނަވާފައެވެ. 

2 ކޮޓަރީގެ އިމާރާތެއްގެ ޖާގައިގައި ހިންގުނު ހުރާ މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތް ފަރުމާކުރެވިފައިވަނީ، މިހާރުގެ ޤާނޫނުތަކުން ތަސައްވަރު ކުރާ ފަދަ ގޮތަކަށް ޝަރީޢަތްތައް ހިންގުމަށް ބޭނުންވާނެ ޖާގައާއި ވަސީލަތްތައްވެސް ހިމެނޭ ގޮތަށް ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެފައިވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
08 Oct 2026
ޒަމާނީ ދިރިއުޅުމުގައި ކަރަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވާނީ ކިހިނެއް؟
އަޅުގަނޑުމެންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ތަކުލީފެއް އުފުލަންޖެހިފައިވާ އެއް ގުނަވަނަކީ އަޅުގަނޑުމެންގެ ކަރެވެ. ސްމާޓްފޯނުތަކާއި ކޮމްޕިއުޓަރުތަކުގެ އިސްކުރީނުތަކަށް ގުދުވެގެން އެތައް ގަޑިއިރެއް ހޭދަކުރުމަކީ މިއަދު އާންމު އާދައަކަށް ވެފައިވާއިރު، މިކަމުގެ ސަބަބުން ކަރަށާއި މައިބަދައަށް ކުރާ ނޭދެވޭ އަސަރުތައް އިންތިހާއަށް ބޮޑެވެ.
08 Oct 2026
މަގުމަތި އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް އެންމެ މުހިންމީ ކޮންކަމެއް؟
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަކީ ހަމައެކަނި އުޅަނދު ދުއްވާ ފަރާތްތަކުގެ އެކަނި ޒިންމާއެއް ނޫނެވެ. އެއީ މަގު ބޭނުންކުރާ ހަމަ އެންމެންގެވެސް ޒިންމާއެކެވެ
08 Oct 2026
ފައިސަލް ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފި
ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި، ރަނިންމޭޓަކަށް މޭޔަރު އާދަމް އާޒިމް ހަމަޖައްސަވައިފިއެވެ. ރައީސް ޞާލިޙްގެ ތާއީދު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
08 Oct 2026
އުނދަގޫ ވަގުތެއްގައި ގާޑިއޯލާ، މެޗެއް ބަލާލުމަށް މެންޗެސްޓަރ ސިޓީއަށް
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ މެންޗެސްޓަރ ސިޓީ އާއި ޕީއެސްޖީ ބައްދަލުކުރާ މެޗް ބަލާލުމަށް ގާޑިއޯލާ އިއްތިހާދު ސްޓޭޑިއަމަށް ޒިޔާރަތްކުރުމަށް ނިންމާފައިވާއިރު، ސިޓީގެ މައްޗަށް ދައުވާތައް ސާބިތުވި ދުވަހުވެސް ގާޑިއޯލާ ވަނީ އެ ކްލަބާއެކު ހުރިކަމަށް ބުނެފައެވެ.
08 Oct 2026
މިހާރުގެ އެންމެ ޓްރެންޑިންގ ކިޔުކަންބާ ޝޮޓް ގެ އަޖުމަ ބަލާލައިފިންތަ
މިދުވަސްވަރު ޓިކްޓޮކާއި އިންސްޓަގްރާމްގައި އެންމެ ވައިރަލް އެކައްޗަކީ ކިޔުކަންބާ ޝޮޓް އެވެ. މިއީ ދިވެހިން އާއްމުކޮށް ކައިއުޅޭ މަޖާ ކަހަލަ ހުތް-ކުޅި އެއްޗެހި މީރު މީހުންނަށް ވަރަށް ކަމުދާނެ ރިފްރެޝިން އެއްޗަކަށްވާނެއެވެ. މި ތައްޔާރު ކޮށްލަންވެސް މާ ގިނަ ވަގުތެއް އަދި އެއްޗެއްވެސް ބޭނުމެއް ނުވާނެއެވެ.
07 Oct 2026
ކ.ހުރާއިން ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
އިއުލާންގައި ވާގޮތުން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ފޯމް ދޫކުރުމަށް ނިންމާފައިވާއިރު، ފޯމް ހުށަހެޅޭނީ 11 އިން ފެށިގެން 15 ވަނަ ދުވަހާ ހަމައަށެވެ.
07 Oct 2026
މަގުމަތީން ފޮށޭތާ ތިން މަސް; މައްސަލަ ފުލުހަށް, ތަހުގީގު ފަށައިފި
އަންހެން މީހާ ވަނީ އެ ވީޑިއޯ އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި އެ އަންހެން މީހާ ފުލުހަށް މައްސަލަ ހުށައަޅަން ގޮސް އިންނަ މަންޒަރު ވެސް ފެނެ އެވެ.
07 Oct 2026
ފޭދޫފިނޮޅު ކައިރިން ލޯންޗަކާއި ދޯންޏެއް ޖެހި އެކްސިޑެންޓެއް
އެކްސިޑެންޓްގައި ދެމީހަކަށް އެކިވަރުގެ އަނިޔާ ލިބުނު ކަމަށެވެ. އަދި ހޮސްޕިޓަލަށް އެމީހުން ގެންދިޔަނަމަވެސް ސީރިއަސް އަނިޔާއެއް ނެތްކަމަށްވެސް ފުލުހުން ބުންޏެވެ.