ރަތަފަންދޫ އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީގެ ދާއިރާ ރައީސް ކަޕް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން--
ހަބަރު
11 Jul 2023 | 11:10
ރަތަފަންދޫ އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީގެ ދާއިރާ ރައީސް ކަޕް ފަށައިފި!

ރަތަފަންދޫ އައިލެންޑް ޑިވެލޮޕްމެންޓް ސޮސައިޓީ (ރިޑްސް)އިން އިންތިޒާމްކޮށްގެން ފަރެސްމަތޮޑާ ދާއިރާއަށް ޙާއްސަކޮށްގެން ކުރިއަށްގެންދާ ވޮލީ މުބާރާތް އިއްޔެ ފަށައިފިއެވެ.

ރިޑްސް ދާއިރާ ރައީސް ކަޕްގެ ނަމުގައި ކުރިއަށްދާ މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި، މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ ރަށު ކައުންސިލްތަކުންނާއި އެމް.ޑީ.ޕީގެ ދާއިރާގެ ރައީސް ބައިވެރިވެ ވަޑައިގެންނެވިއެވެ. ކުލަ ގަދަ ރަސްމިއްޔާތަކާއި އެކު ފެށި މި މުބާރާތުގައި އަންހެން އަދި ފިރިހެން ޑިވިޜަންގައި ޖުމްލަ 8 ޓީމް ކުޅޭނެއެވެ. މި މުބާރާތުގައި ވާދަކުރަނީ ރަތަފަންދޫ، ފިޔޯރީ، ނަޑެއްލާ އަދި ވާދޫއެވެ. 

މުބާރާތްހުޅުވުމުގެ ގޮތުން ކުޅުނު ފުރަތަމަ ކުޅުނީ އަންހެން ޑިވިޜަންގެ މެޗެކެވެ. ނަޑެއްލާ ސްޕޯޓްސް ކްލަބު އަދި ވާދޫ ޓީމް ބައްދަލުކުރި ފޯރިގަދަ މިމެޗް 3 ސެޓް އެއް ސެޓުން ކާމިޔާބުކުރީ ވާދޫ ޓީމެވެ. މިމެޗްގެ ކުއީން އޮފްދަ މެޗުގެ މަގާމް ހޯދީ ވަދޫ ޓީމްގެ ޖާރޒީ ނަމްބަރ 9، ޒަހާނާ އިބްރާހީމްއެވެ. 

މި މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗްގައި ވާދަކުރީ ރަތަފަންދޫ ސްޕޯޓްސް ކްލަބުގެ ވެޓެރަންސް ޓީމާއި ޔޫތް ޓީމެވެ. ފޯރިގަދަ އަދި ހުނަރުވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ ރަތަފަންދޫ ސްޕޯޓްސްގެ ވެޓަރަންސް ޓީމެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ޖާޒީ ނަމްބަރު 5، މުހައްމަދު އަލީ (ޕުއްލާ)އެވެ. 

މި މުބާރާތުގައި މިއަދުވެސް ފޯރިގަދަ ދެމެޗް ކުޅޭނެއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ފިރިހެންޑިވިޜަންގެ ވަދޫ ވޮލީ ޓީމާއި ފިޔޯރީ ޓީމެވެ. އަދި ރޭގަނޑުކުޅޭ އަންހެން ޑިވިޜަންގެ މެޗްގައި ބައްދަލުކުރާނީ ފިޔޯރީ ޓީމާއި ރަތަފަންދޫ ސްޕޯޓްސް ކްލަބުގެ ރަނިން ޓީމެވެ. 

މިމުބާރާތުގެ ކުޅުން މިމަހު 17 އާއި ހަމައަށް ކުރިއަށް ދާނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Jun 2026
ބްރެޒިލް މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ސްކޮޓްލޭންޑަށް މުބާރާތުން ކެޓުމުގެ ބިރު
ސްކޮޓްލޭންޑުން މި މެޗަށް ނިކުތީ، ޕޮއިންޓެއް ހޯދައިގެން ނަމަވެސް ބޮޑު މުބާރާތެއްގެ ގްރޫޕް ފިޔަވަހިން ފުރަތަމަ ފަހަރަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދުގައެވެ
25 Jun 2026
ބަލިވިނަމަވެސް ސްވިޒަރލޭންޑާއެކު ކެނެޑާވެސް އަނެއްބުރަށް
ވެންކޫވާގައި ކުޅުނު މިމެޗް ސްވިޒަރލެންޑުން ކާމިޔާބުކުރީ ކެނެޑާގެ މައްޗަށް 2-1 އިން ބަލިކޮށްގެންނެވެ
24 Jun 2026
ފުލުހުންގެ އެގްޒެކެޓިވް ބޯޑާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި
މި ބައްދަލްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރައްޔިތުންގެ ބޭނުންތަކާއި އިހުސާސްތަކަށް އިސްކަންދީގެން ހިދުމަތް ފޯރުކޮށްދޭ ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.
24 Jun 2026
ތެލުގެ އަގު މިހާރު ހެޔޮނުވެގެން އުޅެނީ ވިޔަފާރިވެރިން ދަހިކަމުން: ޓްރަމްޕް
ޕޯސްޓްގައި ޓްރަމްޕް ވަނީ ދުނިޔޭގެ ބާޒާރުގައި ސާފްނުކުރާ ތެލުގެ އަގު ދަށްވިނަމަވެސް އާއްމުނަށް ތެއޮ ވިއްކާ ފަރާތްތަކުން އަގުހެޔޮނުކޮށް ބޮޑު އަގުގައި ވިޔަފާރިތަކުން ފައިދާ ހޯދަމުންދާކަމަށް ތުހުމަތު ކުރައްވާފައެވެ
24 Jun 2026
ވަރލްޑް ބޭންކުގެ ޓީމެއް ރާއްޖޭގައި
ރާއްޖޭގެ ޤައުމީ ތަރައްޤީގެ އަމާޒުތަކާ ގުޅޭ ބޮޑެތި މަޝްރޫޢުތައް ތަންފީޒުކުރުން އަވަސްކުރުމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވުނުކަމަށް ފިނޭންސުން ބުންޏެވެ
24 Jun 2026
ޕީސީބީގެ ރައީސް ނިޒާރަށް މަޖިލީހުން ރުހުން ދީފި
މަޖިލީހުން ނިޒާރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް މަޖިލީހުން ރުހުން ދީފި
ކޮމެޓީގެ ނިންމުމާއި ގުޅިގެން މަޖިލީހުގެ ތަޅުމުގެ މިއަދު ނެގި ވޯޓްގައި ޒަރީރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.
24 Jun 2026
އެމްޓީސީސީގެ ޗެއަޕާސަން ކަމަށް ސަޢާދާ އިބްރާހިމްް
ޕީސީބީން މިއަދު ބުނީ އެމްޓީސީސީގެ ޗެއާޕާސަން ކަމުގެ މަގާމަށާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަޕްތަރު ނަންބަރ ރސ 14819، ސަޢާދާ އިބްރާހިމް އައްޔަނުކޮށްފައިވާ ކަމަށެވެ.