ބްރެޒިލް އާއި ސްކޮޓްލޭންޑް ބައްދަލުކުރިމެޗްގެ ތެރެއިން.. ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
25 Jun 2026 | 06:31
ބްރެޒިލް މޮޅުވެ ގްރޫޕްގެ އެއްވަނަ ހޯދިއިރު، ސްކޮޓްލޭންޑަށް މުބާރާތުން ކެޓުމުގެ ބިރު

ވަރލްޑްކަޕް ގްރޫޕް ސީގައި ރޭ ބްރެޒިލް އާއި ސްކޮޓްލޭންޑް ބައްދަލުކުރިމެޗް ބްރެޒިލް ކާމިޔާބުކޮށް ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ދެވަނަ ބުރަށް ދަތުރުކޮށްފިއެވެ.

ސްކޮޓްލޭންޑުން މި މެޗަށް ނިކުތީ، ޕޮއިންޓެއް ހޯދައިގެން ނަމަވެސް ބޮޑު މުބާރާތެއްގެ ގްރޫޕް ފިޔަވަހިން ފުރަތަމަ ފަހަރަށް ސަލާމަތްވެވޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް މިމެޗްގައި ބްރެޒިލުން ވަނީ މޮޅަށްކުޅެ 3-0 ގެ ނަތީޖާއިން މެޗް ކާމިޔާބުކޮށްފަެވެ.

މެޗްގައި ފެނިގެންދިޔަ ފުރަތަމަ ލަނޑު ބްރެޒިލުން ޖަހާފައިވަނީ، ހަތްވަނަ މިނެޓް ތެރޭގައި ރެއާލް މެޑްރިޑުގެ ފޯވާޑް ވިނީޝިއުސް ޖޫނިއާ ކީޕަރު އެންގަސް ގަން ކައިރިން ނައްޓައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެންނެވެ. ވިނީޝިއުސް ޖޫނިއާ ދެވަނަ ފަހަރަށް ގޯލު ޖެހި ނަމަވެސް ވީއާރު ބެލުމަށްފަހު ރެފްރީ ނިންމީ އެއީ ގޯލެއް ނޫންކަމަށެވެ. ސަބަބަކީ ލަނޑުޖެހުމުގެ ކުރިން ޖެކް ހެންޑްރީ އަށް ފައުލެއް ކޮށްފައިވާތީ އެވެ.

މެޗްގައި ފެނިގެންދިޔަ ބްރެޒިލްގެ ދެވަނަ ލަނޑު ޖަހާފައިވަނީ، ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައެވެ.  ދެވަނަ ހާފުގައި ސްކޮޓްލެންޑުން ރަނގަޅު ކުޅުމެއް ދައްކައި ކީރަން ޓިއާނީ ފޮނުވާލި ހަމަލާ ބްރެޒިލް ގޯލްކީޕަރު އެލިސަން ބެކާ ދިފާއުކުރިއެވެ. ބްރެޒިލްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކޫންޔާއެވެ. 

ރޭގެ މެޗަށްފަހު ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ބްރެޒިލް އަނެއް ބުރަށް ދަތުރުކުރިއިރު، ސްކޮޓްލޭންޑަށް ވަނީ މުބާރާތުން އަލްވަދާޢު ކިޔުމުގެ ބިރާ ކުރިމަތިލާންޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.