ސްވިޒަރލެންޑް ކުޅުންތެރިން ލަނޑުޖެހުމަށްފަހު... ފޮޓޯ: ސްކައި ސްޕޯޓްސް
ކުޅިވަރު
25 Jun 2026 | 05:42
ބަލިވިނަމަވެސް ސްވިޒަރލޭންޑާއެކު ކެނެޑާވެސް އަނެއްބުރަށް

ފީފާ ވޯލްޑް ކަޕް ގްރޫޕް ބީގައި ސްވިޒަލެންޑާއި ކެނެޑާ ބައްދަލުކުރިމެޗް ސްވިޒަރލެންޑް ކާމިޔާބުކޮށް ގްރޫޕް އެއްވަނަ ޓީމްގެ ގޮތުގައި އެޓީމް އަނެއް ބުރަށް ދަތުރުކޮށްފިއެވެ.

ވެންކޫވާގައި ކުޅުނު މިމެޗް ސްވިޒަރލެންޑުން ކާމިޔާބުކުރީ ކެނެޑާގެ މައްޗަށް 2-1 އިން ބަލިކޮށްގެންނެވެ.

ސްވިޒަރލެންޑްގެ ޖެސީ މާޝްގެ ކެނެޑާ ޓީމުން މެޗަށް ނުކުތީ ޕޮއިންޓެއް ހޯދައިގެން ވެސް ގޯލް ތަފާތުން ގްރޫޕުގެ އެއްވަނަ ލިބޭ ގޮތަށެވެ. ނަމަވެސް ދެވަނަ ހާފުގައި މުރާޠް ޔާކީންގެ ސްވިޒަލެންޑުން ޖެހި ދެ ގޯލާ އެކު ކެނެޑާއަށް ލިބުނީ ދެވަނަ މަގާމެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް މާ ބޮޑު ނުރައްކާ ހަމަލާތަކެއް ނުއުފެއްދެއެވެ. ނަމަވެސް ދެވަނަ ހާފު ފެށިގެން 40 ސިކުންތު ތެރޭ ރޫބެން ވާގަސް ބާރު ހަމަލާއަކުން ސްވިޒަލެންޑަށް ލީޑް ނަގައިދިނެވެ. އޭގެ 10 މިނެޓު ފަހުން ކެނެޑާގެ ދިފާއީ ކުޅުންތެރިންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޔޮހާން މަންޒަމްބީ ވަނީ ލީޑް 2-0 އަށް ފުޅާކޮށްދީފައެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޕްރޮމިސް ޑޭވިޑަށް ލިބުނު ފުރަތަމަ ބޯލައާއެކު، ކެނެޑާއަށް ގޯލެއް ކާމިޔާބުކޮށްދިން ނަމަވެސް ނަތީޖާ އެޓީމްކޮޅަށް ބަދަލުކުރެވޭ ގޮތެއް ނުވިއެވެ. މި ބައްޔާ އެކު ކެނެޑާއަށް ކުރިއަށްއޮތް ބުރުގައި ވެންކޫވާގައި ކުޅުމުގެ ފުރުސަތު ވަނީ ގެއްލިފައިވެއެވެ. މިހާރު އޮތް ގޮތުން ކެނެޑާ ބައްދަލުކުރަން ޖެހޭނީ އެލްއޭގައި ދެކުނު ކޮރެއާ އާ ދެކޮޅަށެވެ.

މި ގްރޫއްޕްގެ އަނެއް މެޗްގައި ބޮސްނިއާ އާއި ޤަތަރު ބައްދަލުކުރިމެޗް 3-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސްވިޒަރލޭންޑެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އުނގޫފާރު ނެރުފައިކައްޓަށް ބޯޓެއް އުރިއްޖެ
މި ހާދިސާގައި ނެރުފައިކައްޓަށް އުރިފައިވަނީ މާލެ ދަތުރުކުރާ ބޯޓެއް ކަމަށްވާ "ފޯސީ" ބޯޓެވެ.
14 Sep 2026
ބާރަށާއި ތުރާކުނުގެ ފުޓްބޯޅަ ދަނޑުތައް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
ކުޅިވަރާ ބެހޭ ވުޒާރާގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫޢުގެ އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖަމްޝީދު
14 Sep 2026
ހޫތީން ސައުދީގެ ކިންގް ޚާލިދު ވައިގެ މަރުކަޒަށް ބެލެސްޓިކް މިސައިލާއި ޑްރޯނުން ހަމަލާދީފި
އެ ޖަމާޢަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ހާމަކުރި ގޮތުގައި މި ހަމަލާގައި އަމާޒުކޮށްފައި ވަނީ އެ މަރުކަޒުގެ މަތިންދާބޯޓު ރައްކާކުރާ ހޭންގަރުތަކާއި ރާޑަރު ނިޒާމުތަކާއި ރަންވޭއާއި ހަތިޔާރު ގުދަންތަކަށެވެ
14 Sep 2026
ޕާކިސްތާނުން ގެއްލިގެން އުޅޭ އަފްޣާނިސްތާނުގެ ދެ ރައްޔިތުން ހޯދުމަށް އެމްނެސްޓީން ގޮވާލައިފި
މި ދެ މީހުންނަކީ 2021 ވަނަ އަހަރު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމަށް އައުމާ ގުޅިގެން، އެ މީހުންގެ މަސައްކަތުގެ ސަބަބުން ފުރާނައަށް ނުރައްކާވުމުން ޕާކިސްތާނަށް ހިޖުރަކުރި ދެ މީހުން
14 Sep 2026
މެއިންޓަނަސް މީހަކަށް ވެގެން އައިސް އެންމެން ބަލަން ތިއްބާ ވަގަށް ނެގީ ޓީވީ
ވީޑިއޯއެއް އާންމުކޮށް ފުލުހުން ބުނީ ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރާ ހިއްސާކުރުމަށް އެދޭ ކަމަށެވެ.
14 Sep 2026
ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ 12 ބިދޭސީއެއް، ނުވަ މީހަކު އަތުލައިގެންފި
އެގޮތުން 12 ބިދޭސީއެއްގެ މައްސަލަ ސަމާލު ކަމަށް އައިސް އެ މީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ. މިހާތަނަށް ނުވަ މީހަކު ވަނީ އަތުލައިގެންފަ އެވެ.
14 Sep 2026
ޑރ. މާރިޔާ، ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު ހުސައިން ޝަރީފް މިއަދު ވޮއިސްއަށް ވިދާޅުވީ ޑރ. މާރިޔާ އެ މަގާމަށް އައްޔަނު ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
14 Sep 2026
މާމެންދޫ ވައްކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި
ގއ. މާމެންދޫ ގެސްޓު ހައުސަކާއި ބޭސްފިހާރައަކުން 60000 ރުފިޔާއަށް ވުރެ އަގު ބޮޑު ތަކެތި ވަގަށް ނެގި ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށް، ވަގަށް ނެގި ތަކެތި ވެސް ހޯދައިފިއެވެ.