ފޮޓޯ: އެމްއެންޑީއެފް
ހަބަރު
11 Jul 2023 | 17:06
މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނެފައިވަނީ މިއީ ހދ.ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި "އަޅިވިލާ" ނަމަކަށްކިޔާ 95 ފޫޓުގެ ދޯންޏެއް ކަމަށެވެ.

އެގޮތުން ޅ.ކުރެންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ މިއަދު 11:52 ހާއިރު ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މިއާއިއެކު 4 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ދޯންޏަށް ދިޔަވާން ފެށުމުން، މި ދޯނި ވަނީ ކުރެންދޫ ބަނދަރަށް ވައްދާފައި ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ. 

އެމްއެންޑީއެފް އިން ވަނީ ދިޔަވާތަން ބެއްދުމަށް ސިފައިންގެ ޑައިވަރުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Aug 2026
ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން މުބާރާތުން ހަތަރުވަނަ ދިވެހި ދަރިވަރަކަށް, އިނާމަކަށް 170,000 ރިޔާލް
މިއީ މިފަދަ ބޮޑު މުބާރާތަކުން ދިވެހި ދަރިވަރަކު މިފަދަ ޝަރަފުވެރި ވަނައެއް ހޯދި ފުރަތަމަ ފަހަރެވެ. މި ވަނައިގެ އިނާމަކަށް 170000 ( އެއްލައްކަ ހަތްދިހަ ހާސް ރިޔާލް) ކަނޑައެޅިފައި ވެއެވެ.
20 Aug 2026
މާރުކޭޓް ސަރަހައްދުގައި މާރާމާރީއެއް; އެކަކަށް އަނިޔާ, އެކަކު ހައްޔަރު ކޮށްފި
މާރާމާރީގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވީ ދިވެހި ފިރިހެނަކަށެވެ.
19 Aug 2026
ކަޕްވިނާސްކަޕްގެ ޗެމްޕިއަންކަން މާޒިޔާ ހޯދައިފި
މާޒިޔާއިން ކަޕްވިނާސްކަޕް ކާމިޔާބުކުރިއިރު، އެޓީމުން ވަނީ ސީޒަން ހުޅުވި ޗެރިޓީ ޝީލްޑްވެސް ކާމިޔާބުކޮށްފައެވެ
19 Aug 2026
އިނގުރައިދޫ އާއި ދުވާފަރު މެޗުން ފެނުނު ނަމޫނާއަށް ދުވާފަރު ކައުންސިލް ރައީސްގެ ތައުރީފް
މީގެ ކުރިން އަހަރުތަކުގައި އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރި މެޗްތަކުގައި ހަމަނުޖެހުންތައް ހިނގަިދިޔަނަމަވެސް، މިއަދު ނިމިގެންދިޔަ އެޓޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި މި ދެ ޓީމު ފަރާތުން ފެނިގެން ގޮސް މުޅިން ތަފާތު މަންޒަރެކެވެ
19 Aug 2026
ސިވިލް ކޯޓުގެ ގާޒީ އިހުސާން ދެ މަހަށް ސަސްޕެންޑުކޮށްފި
އެއީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށްވެސް ބުނެފައިވެ އެވެ.
19 Aug 2026
ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަސް: ރައީސް ކަންބޮޑުވުން ފާޅުކުރެއްވީ ޣައްޒާގެ ހާލަތާމެދު
މުޅި ދުނިޔޭގައިވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލިބެންޖެހޭ ރައްކާތެރިކަމަށް މިއަދު އެންމެ ބޮޑަށް ހުރަސްއެޅިފައިވާ ތަނަކީ، ޣައްޒާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
19 Aug 2026
އާސެނަލުން އެސްޓަންވިލާގެ ކޮންސާ ގަތުމަށް އެއްބަސްވެއްޖެ
މިހާރު ކުރިއަށް ދަނީ، އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމުގެ މަސައްކަތެވެ.
19 Aug 2026
އެފްޑީސީގެ ބައެއް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓަރ ކުރަން ފަށައިފި
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ އަމާން އުދަރެސް ޓަވަރުގައި ސިސްޓަމްތައް ޓެސްޓުކޮށް މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާއިރު ދޯދި ޓަވަރުގެ ސިސްޓަމްތައް ޓެސްޓުކުރުމުގެ މަރުޙަލާ ކުރިއަށްދާ މި ދަނޑިވަޅުގައި ބައެއް ޓަވަރުތަކުގެ ސިސްޓަމްތައް ބޭނުންކުރަމުންދާކަމަށެވެ