ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ރައީސް ޞާލިހުގެ ކެމްޕޭނު ހަރަކާތުގެ ތެރެއިން/ ފޮޓޯ: އެމްޑީޕީ
ހަބަރު
11 Jul 2023 | 22:25
ރައީސް ޞާލިހުގެ މާލެ ސިޓީ ކެމްޕޭނު ކޯޑިނޭޓަރަކަށް މާރިޔާ، ޑެޕއިޓީއަކަށް ޝަހީމު

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ މާލޭ ސިޓި ކެމްޕޭނު ކޯޑިނޭޓަރާއި ޑެޕިއުޓީ ކެމްޕޭނު ކޯޑިނޭޓަރު ކަނޑައަޅައިފި އެވެ. 

އެގޮތުން މާލެ ސިޓީގެ ކެމްޕޭނު ކޯޑިނޭޓަރެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއެވެ. އަދި ޑެޕިއުޓީ ކެމްޕޭނު ކޯޑިނޭޓަރަކަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމު (އަނދުން ހުސެއިން) ކަމުގައި ވަނީ ކަނޑައަޅާފަ އެވެ. 

ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން 

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނުގެ ހަރަކާތްތައް އެމްޑީޕީން ވަނީ ރަސްމީކޮށް ފައްޓާފަ އެވެ. 

އެ ކެމްޕޭނު ހަރަކާތްތަކުގެ ތެރެއިން މާލޭގައި ދޮރުން ދޮރަށް ކެމްޕޭނު ހަރަކާތެއް ވެސް އެ ޕާޓީން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. 

އޭގެ އިތުރުން ރައީސް ޞާލިހުގެ ކެމްޕޭނުގެ މާލޭ ސިޓީގެ ކޯޑިނޭޓަރާއި ޑެޕިއުޓީ ކޯޑިނޭޓަރު ބައިވެރިވެ ވަޑައިގެން ހުޅުމާލޭ ދާއިރާގައި ވެސް ވަނީ ދޮރުން ދޮރަށް ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ. 

ހުޅުމާލޭގައި ކުރިއަށް ދިޔަ ހަރަކާތުގެ ތެރެއިން 

ރައީސް ޞާލިހުގެ ކެމްޕޭނު ރަސްމީކޮށް އަތޮޅުތެރޭގައި ފެއްޓެވުމަށް އެމަނިކުފާނު ވަނީ ށ އަތޮޅަށް ވެސް ދަތުރުފުޅެއް ކުރައްވާފަ އެވެ. 

އެގޮތުން އެމަނިކުފާނުގެ ކެމްޕޭނު ރަސްމީކޮށް ފައްޓަވާފައިވަނީ ށ. ކޮމަންޑޫގަ އެވެ. ކޮމަންޑޫގައި އެ ކެމްޕޭނު ފައްޓަވައި އެ އަތޮޅުގެ ގިނަ ރަށްތަކަށް ރައީސް ޞާލިހު ޒިޔާރަތްކުރައްވާފައިވާއިރު، އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސް ބޭފުޅުންވެސް ށ އަތޮޅަށް ވަޑައިގެންފައި ވެއެވެ. 

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ސްލޯގަން އަކީ "އަމާން ރާއްޖެ" އެވެ. 

މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބު ރައީސް ޞާލިހު ބޮޑުތަނުން ކާމިޔާބު ކުރައްވާނެ ކަމަށާއި، އެމަނިކުފާނާއި ނުލާ އަމާން ރާއްޖެއެއް ނުހޯދޭނެކަމަށް އެމަނިކުފާނަށް ތާއީދުކުރައްވާ ސަރުކާރުގެ ވަޒީރުން ދަނީ ވިދާޅުވަމުން ނެެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.