ކްރިކް ރިޒާ--
ހަބަރު
12 Jul 2023 | 13:39
ފުއްގިރި މައްސަލަ: ކްރިކް ރިޒާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ޕީޖީން އެދިފި

2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި, މއ.ކުރިކީލަހހިޔާ, އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދައުވާތައް އަނބުރާ ގެންދަން ޕީޖީން ނިންމައިފި އެވެ. 

ޕީޖީ އޮފީހުން ބުނީ، ކްރިކް ރިޒާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓްތަކަކާ ގުޅިގެން ފުއްގިރި މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.

އަދި ހަމައެހެންމެ، އަޙްމަދު ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތަކެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ގެންދަނީ އިތުރަށް ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ. 

މީގެ އިތުރުން އަޙްމަދު ކުރިކް ރިޟާގެ ބައިގައި ދިމާވި އެ ޙާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ޤާނޫނީ ގޮތުން އޮތީ ބަންދުވެފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައި ވެއެވެ. 

"އެހެންކަމުން މި މައްސައަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދަޢުވާލިބޭ އެކެއްގެ ބައިގައި ދިމާވި ޙާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ ޢާންމު މަސްލަޙަތު އޮތް ގޮތް ކަމަށް ނުފެންނާތީއާއި, އަޙްމަދު ކުރިކް ރިޟާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް މިވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދަޢުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް ވާނީ ދަންނަވާފައެވެ." ޕީޖީ އޮފީހުން ބުނެފައި ވެއެވެ. 

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު، އާއި ކްރިކް ރިޒާ--

ޕީޖީން މިފަދައިން ނިންމާފައި މިވަނީ، ފުއްގިރި މައްސަލައިގެ ތަހުގީގުގެ ބޭރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު، ކްރިކް ރިޒާއާ ބައްދަލުކޮށް ދައްކާފައިވާ ވާހަކަތަކެއް ހުރި ކަމަށް ބުނާ އޯޑިއޯ އެއް، ކްރިކް ރިޒާގެ ފަރާތުން ދިފާއީ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައިވަނިކޮށެވެ. 

މި މައްސަލާގައި ދެން ދައުވާ ލިބެނީ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލް ޤައްޔޫމަށެވެ. ރިޒާ ހުށަހެޅި މެޑިކަލް ޑޮކިއުމެންޓުތަކުގެ ސަބަބުން ޝަރީއަތް ކުރިއަށް ނުގެންދެވޭތީ ރައީސް ޔާމީންގެ ބައިވެސް ކުރިއަށް ނުދެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Oct 2026
ސަރުކާރުގެ އިދާރާތަކަށް އަމާޒުކޮށް ނުރައްކާތެރި އީމެއިލްތަކެއް
ސަރުކާރުގެ އިދާރާތަކާއި މުއައްސަސާތަކަށް އަމާޒުކޮށް އޮޅުވާލައިގެން ނުރައްކާތެރި އީމެއިލްތަކެއް ފޮނުވަމުންދާތީ، ސަރުކާރުގެ އިދާރާތަކުންނާއި އާންމު ރައްޔިތުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އިލްތިމާސްކޮށްފިއެވެ.
06 Oct 2026
މައްކާ ދިފާޢީ އެއްބަސްވުން އެކްޓިވޭޓްކޮށްފި
ސަޢޫދީ ޢަރަބިއްޔާ، ޕާކިސްތާން އަދި ތުރުކީވިލާތް ހިމެނޭ "މައްކާ އެލަޔަންސް ފޯރ ޑިފެންސް" ގެ އިސްތިރާތީޖީ-ސިޔާސީ އަދި ދިފާޢީ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ބާއްވައި، ގުޅިފައިވާ ދިފާޢީ ޒިންމާތައް ވަގުތުން ތަންފީޛުކުރުމަށާއި ސަޢޫދީ ޢަރަބިއްޔާއަށް އަސްކަރީ ފައުޖުތައް އަވަހަށް ފޮނުވުމަށް ނިންމައިފިއެވެ.
06 Oct 2026
"ފަސްޓް ގްލޯބަލް ޗެލެންޖު" ގައި ބައިވެރިވާ ރާއްޖޭގެ ޓީމް އިންޗިއޮންއަށް ހިނގައްޖެ
ވިމެން އިން ޓެކް މޯލްޑިވްސްއިން ބުނީ 2023 ވަނަ އަހަރުން ފެށިގެން މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރަމުން އަންނަ ކަމަށެވެ. އެންމެފަހުން ޕެނަމާގައި ބޭއްވުނު ފަރސްޓް ގްލޯބަލް ޗެލެންޖުގައިވެސް ރާއްޖޭގެ ޓީމުން ވަނީ ބައިވެރިވެ، 190 އަށް ވުރެ ގިނަ ޤައުމުގެ ތެރެއިން ދުނިޔޭގެ ގަދަ 50 ގެ ތެރޭގައި ހިމެނިފައެވެ
06 Oct 2026
އެކްސިޑެންޓްގެ އެއް ސައިކަލު ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލު ޖެހި ރޭ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާއިރު، އެތަނުން އެއް ސައިކަލް ދުއްވީ ލައިސަންސް ނެތް ބިދޭސީއެއް ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.