މިއަދު ބޭއްވުނު ދޮރުން ދޮރަށް ކެމްޕެއިން ގެ ތެރެއިން-- ފޮޓޯ/އެމްޑީޕީީ
ހަބަރު
12 Jul 2023 | 22:51
އިރާދަކުރެއްވިޔާ އެއްބުރުން ކާމިޔާބު ވާނެ؛ އެ މަންޒަރު އެބަ ފެނޭ: ރައީސް ޞާލިހު

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމަށާ، އެ މަންޒަރު މިހާރުވެސް ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހުގެ ކެންޕެއިނަށް އެމަނިކުފާނު ވަނީ މިއަދު މާލޭގެ ގަލޮޅުގެ ގެތަކަށް ދޮރުން ދޮރަށް ވަޑައިގެންފައެވެ. އެ ހަރަކާތަށް ފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދު ޒިޔާރަތް ކުރެއްވި ގަލޮޅު ދެކުނުގެ ގޭގެއިން އެމަނިކުފާނަށް ވަރަށް ބޮޑު "އުއްމީދެއް ލިބިއްޖެ" ކަމަށެވެ.

އެއާއެކު އެމަނިކުފާނު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމަށާ، މަސައްކަތް ކުރައްވަނީ 2018 ގައި ކެމްޕޭނު ތެރޭގައި އެހުރި ފޯރި އަލުން އަނބުރާ ގެނައިސް އެ ނަތީޖާ ނެރުއްވުމަށް ކަމަށެވެ.

"އިރާދަކުރެއްވިޔާ اللهގެ ރަހުމަތާއި އެކު އެއްބުރުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން. ކުރީގެ ޓާގެޓަށް ދެވޭތޯ, 2018 ގައި އެ ލިބުނު، ހިސާބަށް ދެވޭތޯ އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، އަޅުގަނޑަށް އެ މަންޒަރު އެބަ ފެނޭ. އޮންނާނީ މަސައްކަތް ކުރުން. މަސައްކަތް ނުކޮށެއް ނުލިބޭނެ"

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، މި ސަރުކާރުގެ ކަންކަމާއި ގުޅިގެން ބައެއް ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލާފައިވާކަމަށެވެ. އެހެން ކަމުން، މިސަރުކާރުން މިވީ ތަނުގައި ކޮށްދީފައިވާ ކަންކަން ސާފުކޮށް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ. އެފަދައިން ބުނެދީގެން ރައްޔިތުންގެ ތާއީދު ވަރަށް ބޮޑަށް ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ޞާލިހަށް ތާއީދު ހޯއްދެވުމަށް އެމްޑީޕީން މިހާރު ވަނީ އަތޮޅު ތެރޭގައިވެސް ކެންޕެއިން ހަރަކާތްތައް ފަށާފައެވެ. އަދި އެމްޑީޕީއާއި އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އާއި އަދާލަތު ޕާޓީންވެސް އަންނަނީ ރައީސް ޞާލިހުގެ ކެންޕެއިން ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ކޯޓްތަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގޭނީ ޔާމީނަށް: އަބްދުއްރަހީމް
"ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް," އަބްދުއްރަހީމް ވިދާޅުވި އެވެ.
06 Aug 2026
ދަތިތައް ހުރިނަމަވެސް ވައުދުތައް ފުއްދައިދޭނަން: ރައީސް ޑރ.މުއިއްޒު
ދަތިތަކާއެކުވެސް ރައްޔިތުންނަށް ވީ ވައުދުތައް 2028 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުގެ ތެރޭގައި ފުއްދަވާނޭކަމަށް ރައީސް ވިދާޅުވިއެވެ
05 Aug 2026
ގޮނޑުހޮވައި މަގުމަތިވެގެން އުޅޭ ހާހެއްހާ ކުދިން މާލެ ސަރަހައްދުގައި
އާޒިމް ވިދާޅުވީ މާލެ ސަރަހައްދުގައި އުޅޭ މިފަދަ ކުދިން އަލުން މުޖުތަމައުއަށް ނެރުމަށް އެންޑީއެމްއޭ އާއި ފުލުހުންނާއި، މާލެސިޓީ ކައުންސިލް އަދި ސަރުކާރު ގުޅިގެން މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.