ޕްރޮގްރެސިވް ކޯލިޝަނާއި އަލަށް ގުޅުނު މެމްބަރުންގެ ފޯމުތައް ހަވާޅުކުރެވެނީ. ފޮޓޯ: ޕީޕީއެމް
ހަބަރު
13 Jul 2023 | 09:33
ޅ އަތޮޅުން 100 މީހަކު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިއްޖެ

ޅ އަތޮޅުން 100 މީހަކު ޕްރޮގްރެސިވް ކޯލިޝަނާއި ގުޅިއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނާއި 100 މީހުން ގުޅިފައިވަނީ ޅ ހިންނަވަރާއި ކުރެންދޫއިންނެވެ.

ހިންނަވަރުން ޕްރޮގްރެސިވް ކޯލިޝަނާއި ގުޅުނު 50 މީހުންގެ ފޯމު ޕްރޮގްރެސިވް ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޢަބްދުރަޙީމް ޢަބްދުﷲ އާއި ހަވާލު ކުރެއްވީ ހިންނަވަރު ޝަޑޭއެވެ.

އޭނާ ވަނީ ފޯމު ހަވާލު ކުރުމަށްފަހު ޕީޕީއެމްއާއި ގުޅުނު ސަބަބާއި ކުރަން އުޅޭ މަސައްކަތް ކިޔައިދީފައެވެ. ޝަޑޭ ބުނީ އޭނާ ޕީޕީއެމްއާއި ގުޅުނީ ރައީސް ޞާލިހުގެ ވެރިކަން ބަދަލުކޮށް، ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް ކަމަށެވެ.

ކުރެންދޫއިން އެކޯލިޝަނާއި ގުޅުނު 50 މީހުންގެ ތެރޭގައި އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވާ އިބްރާހިމް ޒުހައިރު ހިމެނެއެވެ. ޒުހައިރަކީ މީގެ ކުރިން ކުރެންދޫގައި އެމްޑީޕީގައި އެންމެ އިސްކޮށް ހަރަކާތްތެރިވި އެއްބޭފުޅާއެވެ.

ޕީޕީއެމްއިން ވަނީ އެޕާޓީއާއި އަލަށް ގުޅުނު މެމްބަރުންނަށް މަރުހަބާ ދަންނަވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ގާތްވާ ވަރަކަށް އެޕާޓީއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން މެމްބަރުން ގުޅެމުންދާކަމީ އެޕާޓީއާއިމެދު އޮތް އުންމީދު ހަމަވާކަމެއްކަމަށް ވަނީ ބުނެފައެވެ.

އަލަށް ޕާޓީއާއި ގުޅުނު ފަރާތްތަކުގެ ފޯމުތައް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ހަވާލުކުރުން އޮތީ ރޭ ބޭއްވި ޕީޕީއެމް ހަރުގެ ޖަލްސާގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Aug 2026
ދުނިޔޭގެ އެންމެ ބޮޑު ޤުރްއާން މުބާރާތުން ހަތަރުވަނަ ދިވެހި ދަރިވަރަކަށް, އިނާމަކަށް 170,000 ރިޔާލް
މިއީ މިފަދަ ބޮޑު މުބާރާތަކުން ދިވެހި ދަރިވަރަކު މިފަދަ ޝަރަފުވެރި ވަނައެއް ހޯދި ފުރަތަމަ ފަހަރެވެ. މި ވަނައިގެ އިނާމަކަށް 170000 ( އެއްލައްކަ ހަތްދިހަ ހާސް ރިޔާލް) ކަނޑައެޅިފައި ވެއެވެ.
20 Aug 2026
މާރުކޭޓް ސަރަހައްދުގައި މާރާމާރީއެއް; އެކަކަށް އަނިޔާ, އެކަކު ހައްޔަރު ކޮށްފި
މާރާމާރީގައި އަނިޔާވި މީހަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނައިރު، އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަނިޔާވީ ދިވެހި ފިރިހެނަކަށެވެ.
19 Aug 2026
ކަޕްވިނާސްކަޕްގެ ޗެމްޕިއަންކަން މާޒިޔާ ހޯދައިފި
މާޒިޔާއިން ކަޕްވިނާސްކަޕް ކާމިޔާބުކުރިއިރު، އެޓީމުން ވަނީ ސީޒަން ހުޅުވި ޗެރިޓީ ޝީލްޑްވެސް ކާމިޔާބުކޮށްފައެވެ
19 Aug 2026
އިނގުރައިދޫ އާއި ދުވާފަރު މެޗުން ފެނުނު ނަމޫނާއަށް ދުވާފަރު ކައުންސިލް ރައީސްގެ ތައުރީފް
މީގެ ކުރިން އަހަރުތަކުގައި އިނގުރައިދޫ އާއި ދުވާފަރު ބައްދަލުކުރި މެޗްތަކުގައި ހަމަނުޖެހުންތައް ހިނގަިދިޔަނަމަވެސް، މިއަދު ނިމިގެންދިޔަ އެޓޯލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުގައި މި ދެ ޓީމު ފަރާތުން ފެނިގެން ގޮސް މުޅިން ތަފާތު މަންޒަރެކެވެ
19 Aug 2026
ސިވިލް ކޯޓުގެ ގާޒީ އިހުސާން ދެ މަހަށް ސަސްޕެންޑުކޮށްފި
އެއީ ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް ނިންމި ނިންމުމެއް ކަމަށްވެސް ބުނެފައިވެ އެވެ.
19 Aug 2026
ދުނިޔޭގެ އިންސާނިއްޔަތުކަމުގެ ދުވަސް: ރައީސް ކަންބޮޑުވުން ފާޅުކުރެއްވީ ޣައްޒާގެ ހާލަތާމެދު
މުޅި ދުނިޔޭގައިވެސް، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލިބެންޖެހޭ ރައްކާތެރިކަމަށް މިއަދު އެންމެ ބޮޑަށް ހުރަސްއެޅިފައިވާ ތަނަކީ، ޣައްޒާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
19 Aug 2026
އާސެނަލުން އެސްޓަންވިލާގެ ކޮންސާ ގަތުމަށް އެއްބަސްވެއްޖެ
މިހާރު ކުރިއަށް ދަނީ، އިނގިރޭސި ގައުމީ ޓީމުގެ ޑިފެންޑަރު އެމިރޭޓްސް ސްޓޭޑިއަމަށް ބަދަލުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލް ޓެސްޓުތައް ހެދުމުގެ މަސައްކަތެވެ.
19 Aug 2026
އެފްޑީސީގެ ބައެއް ޓަވަރުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް މޮނިޓަރ ކުރަން ފަށައިފި
އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ އަމާން އުދަރެސް ޓަވަރުގައި ސިސްޓަމްތައް ޓެސްޓުކޮށް މިހާރު ރަސްމީކޮށް ބޭނުންކުރަން ފަށާފައިވާއިރު ދޯދި ޓަވަރުގެ ސިސްޓަމްތައް ޓެސްޓުކުރުމުގެ މަރުޙަލާ ކުރިއަށްދާ މި ދަނޑިވަޅުގައި ބައެއް ޓަވަރުތަކުގެ ސިސްޓަމްތައް ބޭނުންކުރަމުންދާކަމަށެވެ