ރައީސް ޞާލިހު ގުޅީގައި ބޭއްވު ބައްދަލުމުގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީ
ހަބަރު
13 Jul 2023 | 14:55
ސެޕްޓެމްބަރު މަހު ގުޅީގެ ބިން ހިއްކަން ފަށާނަން: ރައީސް ޞާލިހު

މިއަހަރުގެ ސެޕްޓެމްބަރު މަހު، ކ. ގުޅީގެ ބިން ހިއްކަން ފަށްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިނަށް މާލެ އަތޮޅު ގުޅި, ގުރައިދޫ އަދި މާފުށްޓަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު އެމަނިކުފާނު ވަނީ ގުޅިއަށް ވަޑައިފެންފައެވެ. 

ގުޅީގައި ބޭއްްވުނު ބައްދަލުވުމުގައި ވާހަކަދައްކަމުން ރައީސް ޞާލިހު ވިދާޅުވީ، މާލެ އަތޮޅުގެ ރަށްތަކުން ގުޅި އަކީވެސް މީގެ ކުރިން ވަރަށް ބޮޑަށް އަޅާ ނުލާ ދޫކޮށްލާފައިވާ ރަށެއް ކަމަށެވެ. އަދި ގުޅިއަށް އިސްކަންދެވުނު އެއް ސަބަބަކީވެސް އެއީ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

މި ރަށުގެ ފެން ތަޣައްޔަރުވެފައި އޮތީ. އަޅުގަނޑު މި ދެންނެވީ ނަރުދަމާގެ ނިޒާމެއް ނެތް. އެތައް އެތައް އަސާސީ ޚިދުމަތް ތަކުން މަހްރޫމް ވެފައި ތިބީ. އެހެން ނަމަވެސް އިރާދަކުރެއްވިޔާ ގުޅީގައި ހުރި ފެން، މިއަދު ބޯން ކަމުދާނެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ކުރިއަށް އޮތް ދައުރުގައިވެސް ގުޅިއަށް ބޭނުންވާނެ ގިނަ ކަންކަން ހުންނާނެކަން ފާހަގަކުރައްވައި ރައީސް ޞާލިހު ވަނީ، ކުރިއަށް އޮތް ދައުރުގައި އެކަންކަން ކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މި ދައުރާއި ކުރިއަށް އޮތް ދައުރުގައި، ގުޅީގެ ރައްޔިތުންނަށް 5 ކަމެއް ކޮށްދެއްވާނެ ކަމަށް ރައީސް ޞާލިހު ވަނީ ވިދާޅުވެފަ އެވެ. 

އިރާދަކުރެއްވިޔާ މި ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ. ތި ބޭފުޅުން މިއަދު އެދި ވަޑައިގަތީ އެ މަސައްކަތް ފެށޭނީ ކޮން ތާރީޚެއްގައި ތޯ. އިރާދަކުރެއްވިޔާ މި ރަށުގެ މަސައްކަތް އަމަލީގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށިގެން ކުރިއަށް ދާނެ. ކުނި މެނޭޖް ކުރުމަކީ އަޅުގަނޑުމެންގެ މަޝްރޫއު ތެރޭގައި ހުރިހާ ދާއިރާއެއްގައި ކުރުމަށް ނިންމާފައިވާ ކަމެއް. މިރަށުގެ ކުނި މެނޭޖް ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން މިހާރު އޮތީ ޓެންޑަރ ޕްރޮސެސްގައި. ނިމުމާއިއެކީގައި ވީހާވެސް އަވަހަށް އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. އޭޓީއެމްގެ ޚިދުމަތް ދިނުމަށް މިހާރު ވަނީ ވަކި ރަށްރަށެއް ލިސްޓުކުރެވުފައި. އޭގެ ތެރެއިން އެންމެ އިސްކަންދޭނެ ރަށްތަކުގެ ތެރޭގައި ގުޅި ހިމެނޭ. އިރާދަކުރެއްވިޔާ މި އަންނަ މަހު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ރަށްރަށުގައި ފެށިގެން ދާނެ. އިރާދަކުރެއްވިޔާ ދެން މި އޮތް ދައުރުގައި ބަނދަރަށް ދިމާވެފައިވާ ދަތިކަން ހައްލުކޮށް، ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތް ފެށޭނެ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މީގެ އިތުރުން، ރައީސް ޞާލިހު ވަނީ މީގެ ކުރިންވެސް ކ ގުޅުން އެމްޑީޕީއަށް އަގުލަބިއްޔަތު ލިބޭކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، ދާއިރާ އެއްކޮށް ލުމުން އަގުލަބިއްޔަތު ލިބެނީ ޕީޕީއެމަށް ކަން ފާހަގަކުރައްވަމުން ރައީސް ޞާލިހު ވަނީ އެކަން މިހާރު ބަދަލުވެފައިވާ ކަމަށް ވިދާޅުވެފައެވެ. އެގޮތުން، ދާދިފަހުން ބޭއްވުނު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީ ކެންޑިޑޭޓް ކާމިޔާބު ކުރެއްވި ކަން ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
އަރިދަފުސް ރޯގާ އާއި ބޭރަށްހިންގުން އިތުރުވަނީ
ރާއްޖޭގައި މި ދުވަސްވަރު އަރިދަފުސް ރޯގާ، ހޮޑުލުން އަދި ބޭރަށްހިންގުމުގެ ކޭސްތައް އިތުރުވަމުންދާތީ، އެކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
އައްޑޫ ލިންކު ރޯޑުގެ ހާލަތު ގޯސްވެ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގަށް ނުނިކުތުމަށް އެދިއްޖެ
އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން އައްޑޫ ލިންކް ރޯޑުގެ ހާލަތު އިތުރަށް ގޯސްވެ، ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ، ޒަރޫރީ ބޭނުންތަކަށް މެނުވީ އެ މަގުގައި އުޅަނދުފަހަރު ނުދުއްވުމަށް އައްޑޫ ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.
13 Sep 2026
ހާޓް އެޓޭކް ޖެހޭ މީހުންގެ ލޭގައި މައިކްރޯޕްލާސްޓިކް ހުންނަ މިންވަރު އިތުރު
ނުރައްކާތެރި ބާވަތުގެ ހާޓް އެޓޭކެއް ކަމަށްވާ "އެސްޓީ-އެލިވޭޝަން މައޮކާޑިއަލް އިންފާކްޝަން" (ސްޓެމީ) ޖެހޭ މީހުންގެ ހިތުގެ ލޭހޮޅިތަކުގައި، އާދައިގެ ސިއްހަތެއްގައި ހުންނަ މީހުންނާއި ހިތުގެ އެހެނިހެން ދާއިމީ ބަލިތައް ހުންނަ މީހުންނަށް ވުރެ މައިކްރޯޕްލާސްޓިކާއި ނެނޯޕްލާސްޓިކް ހުންނަ މިންވަރު އިތުރުކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
13 Sep 2026
40 މޭލަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި
40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
13 Sep 2026
243 މީހުންނާ އެކު ދަތުރުކުރި އިންޑޮނީޝިއާގެ ބޯއްޓެއް ގެއްލިއްޖެ
ސުރަބާޔާއިން ބަންޖަރްމާސިންއަށް 243 މީހުން ގޮވައިގެން ދަތުރުކުރި އިންޑޮނީޝިއާގެ ފަސިންޖަރު އުޅަނދަކާ ގުޅުން ކެނޑި އެ އުޅަނދު ގެއްލިފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
12 Sep 2026
ރާއްޖޭގެ ފުރަތަމަ ޖޫނިއަރ ލައިފްގާޑް ތަމްރީނު ތުލުސްދޫގައި ފަށައިފި
ން ދުވަހަށް ދެމިގެންދާ މި ތަމްރީނުގައި 11 އަހަރާއި 17 އަހަރާ ދެމެދުގެ 24 ކުއްޖަކު ބައިވެރިވެއެވެ.
12 Sep 2026
ދިވެހި ގައުމުގެ ދެމިއޮތުމުގެ ބިނާވެގެންވަނީ އިސްލާމް ދީނުގެ ތަރުބިއްޔަތާއި ރައްކާތެރިކަމުގެ މައްޗަށް
އެކަކު އަނެކަކަށް ހިތްހެޔޮ، އެއް ހަށިގަނޑެއް ފަދަ އެކުވެރި ބަޔަކަށް ވެވިއްޖެނަމަ، އެތެރެއާއި ބޭރުން އަންނަ އެއްވެސް ނުރައްކަލަކަށް ގައުމުގެ ސިޔާދަތާއި މިނިވަންކަން ގުޑުވައިނުލެވޭނެ
12 Sep 2026
ފުރުޤާން މިސްކިތަށް ބޮޑުކަމުގޮސް މިސްކިތައް ގެއްލުންދިން މައްސަލައެއް
ފުލުހުން ވަނީ މި ފަހަކުން ފުރުޤާން މިސްކިތައް ގެއްލުންދިން މީހެއް ހައްޔަރުވެސްކޮށްފައެވެ. އެމީހަކީ އުމުރުން 30 އަހަރުގެ ގ. މާލެހިޔާއަށް ނިސްބަތްވާ، ނައުޝާދު މޫސާ އެވެ