ރައީސް ޞާލިހު ގުޅީ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
13 Jul 2023 | 15:44
މެމްބަރެއްގެ ގޮތުގައި ހުރެ މަޖިލީހަށް ވަންނަން މަސައްކަތް ކުރީތީ ކޯޓަށް ދެމި، އެއީ މާޒީ: ރައީސް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ މަޖިލީސް ކުރާ ގެއަށް ވަދެވަޑައިގަތުމަށް މަސައްކަތްޕުޅު ކުރެއްވުމަކީ ކުށަކަށް ހަދާ ދައުވާ އުފުލާފައިވާ ކަމަށާއި، އެއީ މިއަދު މާޒީއަށް ވެފައިވާ ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެ އެވެ. 

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވެފައި ވަނީ އެމަނިކުފާނު ކ އަތޮޅަށް ކުރައްވާ ކެމްޕޭނު ދަތުރުފުޅުގައި ގުޅިއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ނެވެ. 

ރައީސް ޞާލިހު ވިދާޅުވީ ފާއިތުވި ސަރުކާރުގައި ބަސްބުނުމުގެ ހައްގު އޮތީ އެއްކޮށް ހަނިކޮށްފައި ކަމަށެވެ. އެގޮތުން ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި މެމްބަރުންނާއި ނޫސްވެރިންގެ އިތުރުން އާންމު ރައްޔިތަކު ވެސް ސަރުކާރު ނުރުހޭފަދަ ބަހެއް ބުނެއްޖެނަމަ އެމީހަކާއި ދޭތެރޭ ފިޔަވަޅު އަޅަމުން ގޮސްފައިވާކަމަށް ރައީސް ވިދާޅުވި އެވެ. 

ރައީސް ޞާލިހު ވިދާޅުވީ އެމަނިކުފާނަށް ވެސް އޭރުގެ ސަރުކާރުން މަޖިލީސް މެމްބަރެއްގެ ގޮތުގައި ހުންނަވާ މަޖިލީހުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރުމަށް މަސައްކަތްކުރުމުން ދައުވާތައް އުފުލާފައިވާ ކަމަށެވެ. 

"އަޅުގަނޑުމެން ޚުދު މިތިބީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ތިބެ ރައްޔިތުންގެ މަޖިލީހަށް ވަންނަން އުޅުނޭ ކިޔާފައި ދައުވާކޮށްފައި. ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ މަޖިލީަހުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް އަޅުގަނޑު މަޖިލީހަށް ވަންނަން އުޅުނީތީ ދަމާހަލާ ކޯޓަށް ގެންދިޔަ. 12 ވަރަކަށް މެމްބަރުންގެ މައްޗަށް އެ ދައުވާ ކުރި"

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު

ރައީސް ޞާލިހުގެ ވާހަކައިގައި އެ އިޝާރާތްކުރެއްވީ ރައީސް ޔާމިނުގެ ވެރިކަމުގައި މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ގެއްލުނުކަމަށް ކަނޑައަޅާ އެ މެމްބަރުން މަޖިލީހުން ނެރުމަށް މަސައްކަތްކުރި ހާދިސާއަށް އިޝާރާތްކުރައްވަ އެވެ. 

އެކަންކަން ފާހަގަކުރައްވާ ރައީސް ޞާލިހު ވިދާޅުވީ މިހާރު އެއީ މާޒީ ކަމަށެވެ. އަދި މިއަދު މެމްބަރުންނަށް އެފަދަ އެއްވެސް ދަތިކަމެއް ކުރިމަތި ކުރުވަމުން ނުދާކަމަށެވެ. 

ރައީސް ޞާލިހު ވިދާޅުވީ 2018 ވަނަ އަހަރު ރައްޔިތުން އެމަނިކުފާނާއި ހަވާލުކުރި މަސްއޫލިއްޔަތަކީ އަމާން ރާއްޖެއެއް ހޯދައިދިނުމުގެ މަސްއޫލިއްޔަތު ކަމަށެވެ.

މި ސަރުކާރުން ވާނީ މުއައްސަސާތަކަށް ފޯރުވަމުން އައި ނުފޫޒު ތައް ނައްތާލާފައި ކަމަށާއި، ރައްޔިތުން ބޭނުންވާ އަމާންރާއްޖެ ހޯދާ، އެ މަސައްކަތުގައި ދެމިހުންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.