ޝެއިޚް އަބްދުﷲ ސައުދާން--
ހަބަރު
14 Jul 2023 | 13:06
"މިހާނުބައި ބަޔަކަށް ދެވަނަ ދައުރެއް ދީފިނަމަ, ރާއްޖޭގައި އިސްލާމް ދީނެއް، އަމާންކަމެއް ނޯންނާނެ"

މިހާ ނުބައި ސަރުކާރަކަށް ދެވަނަ ދައުރެއް ދީފިނަމަ މި ދިވެހި ފަސްގަނޑުގައި އިސްލާމް ދީނެއް، މިނިވަންކަމެއް އަދި އަމާންކަމެއް ނޯންނާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝެއިޚު އަބްދުالله ސައުދާން ވިދާޅުވެއްޖެ އެވެ.

"އުފާވެރި އަމާންރާއްޖެ" ސްލޯގަން ގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މާލެ އާއި އަތޮޅު ތަކުގައި ކެންޕެއިން ފައްޓަވާފައި ވާއިރު، އެކަމަށް އަމާޒު ކުރައްވައި ޝެއިޚް ސައުދާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ ޢަދުލުވެރިކަމެއް އިންސާފެއް އިޚްލާޞްތެރިކަމެއް ނެތް ސަރުކާރެއް ކަމަށެވެ. 

"މިހާނުބައި ބަޔަކަށް ދެވަނަ ދައުރެއް ދީފިނަމަ މިދިވެހި ފަސްގަނޑުގައި އިސްލާމް ދީނެއް މިނިވަންކަމެއް އަމާންކަމެއް ނޯންނާނެ." ސައުދާން ވިދާޅުވިއެވެ. 

ސައުދާން މިފަދައިން ވިދާޅުވެފައި ވާއިރު، "އުފާވެރި އަމާން ރާއްޖެ" ރިޔާސީ ކެމްޕެއިނުގައި މާފުށީގައި ރޭ ބޭއްވި ކެމްޕެއިނު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވަނީ މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އެންމެ ފުރަތަމަ ކުރަންޖެހުނު ކަމަކީ ރާއްޖޭގައި އޮތް ހަލަބޮލިކަން ނައްތާލައި ރާއްޖެއަށް ހަމަޖެހުން ގެނައުމުގެ މަސައްކަތް ކަމަށެވެ. އަދި އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށާ މިއަދު ރާއްޖޭގެ ކޮންމެ ކޮޅަކުން ފެންނަމުން އެ ދަނީ ހަމަޖެހުމާއި އެ އަމާންކަން ކަމަށެވެ. 

ރައީސް ޞާލިހު ގެ އިތުރުން އެމަނިކުފާނަށް ތާއީދު ކުރައްވާ، އަދާލަތު ޕާޓީއާއި އެމްޑީއޭގެ އިސް ބޭފުޅުންނާއި އެކްޓިވިސްޓުންވެސް އަންނަނީ ރައީސް ޞާލިހަކީ އަދުލުވެރި ކަމަށް ލޯބި ކުރާ، ރާއްޖެއަށް އަމާންކަން ގެނެސްދެއްވި ރައީސް އެއް ކަމަށް ސިފަ ކުރައްވަމުންނެވެ. 

އެހެން ނަމަވެސް، އެމަނިކުފާނުގެ މި ވެރިކަމުގައި، އަނިޔާވެރި އެތައް ގަތުލެއް ހިނގާފައިވާއިރު، އެ ގަތުލު ތަކަކީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހިނގައިވާ އެންމެ އަނިޔާވެރި ގަތުލު ތަކުގެ ތެރޭގައި ހިމެނޭކަން ފާހަގަކޮށްލަންޖެހެއެވެ. 

އަދި އެމަނިކުފާނަކީ އިންސާފުވެރިކަމަށް ލޯބިކުރާ، އިންސާފުވެރި ރައީސް އެއް ކަމަށް ސިފަ ކުރާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ ސާބިތުވެފައިވާ އެއްބައި މީހުން މިނިވަންކޮށް އަނެއް ބައެއްގެ މައްޗަށް ދައުވާ ހިނގަމުންދާތީ، ގިނަބަޔަކު އަންނަނީ މި ވެރިކަމުގައި އެއްވެސް އަދުލެއް އިންސާފެއް ނެތް ކަމަށް ބުނަމުންނެވެ.

ކޮމެންޓް
ހަސާނާ
އިލްމުވެރިޔަކު މިހެން ވިދާޅުވާނަމަ ސަބަބު ތަފްސީލްކޮއް ބަޔާން ކޮއްދިނުން އެދެވިގެންވޭ، ސިޔާސީ މީހުން ފަދައިން ހަމަ ހިތުހުރި އެއްޗެއް ބުނާހެން ރައްޔަތުންނަށް ވިސްނިގެން ނުވާނެ .
14 Jul 2023
ވޯޓް ވިއްކި ގަމާރު
ތިކާޑު މިހާރު ނުހިގާނެ އެހެން ކާޑެއް ޖަހާ.... މިހާރު ތިކާޑު ކުޅޭތާ 14 އަހަރު ވެއްޖެ
14 Jul 2023
އާސާ
މިސަރުކާރެއްނޫ މިވޭތުވެދިޔަ އެއްވެސް ސަރުކާރަކުން އަދި މިހާތަނަށް ތިޔަކަން ކޮފައެް ނުވޭ
15 Jul 2023
ސަބަބުތައް
ރޭޕްކޭސް އެއްޖިންސުންގުޅުންހިންގުން ޓްއަރިޒަމް މިނިސްޓަރ އަލީވަހީދުގެ މައްސަލަ އެމްއެމްޕީއާރސީގެމައްސަލަ މިހެން ދެއްކިދާނެ ކިތަންމެ ސަބަބެއް މީއަދި ކުޑަވަރެއް
15 Jul 2023
ގުޅޭ ލިޔުންތައް
15 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް ހައްލުކުރާ އޮފީހުގެ ވެރިޔަކަށް މާނިއު އައްޔަންކޮށްފި
މި އޮފީހަކީ ވަކި މުއްދަތަކަށް ޚާއްޞަ ބާރުތަކެއް ލިބިގެން ހިންގާ އޮފީހެކެވެ. އެ އޮފީހުން ބަލަހައްޓާ ސަރަހައްދުގެ ތެރޭގައި މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނެއެވެ
15 Sep 2026
އީއެން ހޭންޑް ބޯލް އާއި އެމްޖީ ސްޕޯޓްސް މޮޅުވެއްޖެ ކުޅުނު މެޗްތަކުން މޮޅުވެއްޖެ
މި މުބާރާތުގައި މިރޭ އެންޖީ ސްޓާޓިން ނިކުންނާނީ އީއެން ހޭންޑް ބޯލްއާ ދެކޮޅަށެވެ. މިމެޗް ފަށާނީ20:30 ގައެވެ. މިރޭ ކުޅޭ ދެވަނަ މެޗްގައި ބައްދަލުކުރާނީ ނައިން އެކްސް އާއި އެމްޖީ ސްޕޯޓްސް ކްލަބެވެ.
15 Sep 2026
އޮަގަސްޓްމަސް ނިމުނުއިރު، ރަސްމީ ރިޒާވް އިތުރުވެއްޖެ
ޖުލައި މަސް ނިމުނުއިރު 638 މިލިއަން ޑޮލަރުގައި ހުރި ރަސްމީ ރިޒާވް އޮގަސްޓް ނިމުނުއިރު ވަނީ %0.9 އިތުރުވެފައިވެއެވެ
15 Sep 2026
އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޝަމްހީދު އިޢުލާނުކުރައްވައިފި
ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. ޝަމްހީދު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ޕޮޑްކާސްޓެއްގައި އިޢުލާނުކުރައްވައި، ރާއްޖެ އިޤުތިޞާދީ ގޮތުން ބަނގުރޫޓުވުމާ ގާތުގައިވާ ކަމަށް ވިދާޅުވެއްޖެއެވެ.
15 Sep 2026
މާލެ އަތޮޅުން މަހަށް ނިކުމެ އުޅުނު ދޯންޏަކުން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިފި
އޭތީގެ ބަރުދަނުގައި 10 ވަރަކަށްކިލޯ ހުރި މި މާވަހަރުގައި ހުދަންބަރަކުން ފެންނާނެކަމަށް ބުނާ ހުރިހާ އަލާމާތް ތަކެއް ފެންނަން ހުރިކަމަށް ވެއެވެ
15 Sep 2026
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިޔާގެ ބޮޑުވަޒީރު ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.