ރައީސް ޞާލިހު ވޭވަށުގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން--ފޮޓޯ/ އެމްޑީޕީީ
ހަބަރު
16 Jul 2023 | 11:16
މިހާތަނަށް 41 ފުޓްބޯޅަ ދަނޑު އަޅައިފިން؛ އެހާ ދަނޑު ހެދެމުންވެސް އެބަދޭ: ރައީސް ޞާލިހު

ދިވެހިރާއްޖޭގެ އެކި ރަށްރަށުގައި ދައުރުގެ މިހާތަނަށް 41 ފުޓުބޯޅަ ދަނޑު އަޅާ ނިންމާފައިވާ ކަމަށާ، އަދި އެ އަދަދަށް ފުޓުބޯޅަ ދަނޑުތައް އެޅެމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރައީސް ޞާލިހު ގެ ކެންޕެއިނަށް މ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ އެ އަތޮޅު ވޭވަށަށް ވަޑައިގެން، ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވިދާޅުވީ، މ އަތޮޅުގެ ރަށްތަކަކީ އާބާދީގެ ގޮތުން މަދު މީސްކޮޅެއް އުޅޭ ރަށްތަކަކަށް ވުމުން، މީގެ ކުރީ ސަރުކާރު ތަކުން އެ ރަށްރަކަށް އޮތީ ވަރަށް ބޮޑަށް އަޅާ ނުލައި ކަމަށެވެ. އެ ލިސްޓުގައި ވޭވަށްވެސް ހިމެނޭ އިރު، މިސަރުކާރުން އެކަން ބަދަލު ކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

އެގޮތުން، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޭވަށަށް އެމަނިކުފާނު ވަޑައިގެންނެވުމުން ރައްޔިތުން އެދުނު އެންމެ ބޮޑު އެދުމަކީ އެ ރަށު ބަނދަރު ތަރައްޤީ ކުރުން ކަމަށާ، އެ އިންތިހާބުގައި އެމަނިކުފާނު އެ ރަށަށް ވެވަޑައިގެންނެވި ހަމައެކަނި ވައުދަކީ ވެސް އެއީ ކަން ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ. އަދި އެ ވައުދު މިހާރު ފުައްދައިދެއްވާފައިވާއިރު، އޭގެ އިތުރުންވެސް ކަންކަން ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ. 

އޭގެ ތެރޭގައި، އެ ރަށު އިންޖީނުގޭގެ މަސައްކަތާއި، އައުޓުޑޯ ޖިމާއި, ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތާއި، މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތުގެ އިތުރުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް ރައީސް ވިދާޅުވި އެވެ. 

ރާއްޖޭގަ އެކި ކަންކޮޅުތަކުގައި މިދަނީ، ޒަމާނީ ފެންވަރުގެ ކުޅިވަރާއިބެހޭ ތަންތަން ގާއިމް ކުރަމުން. އެގޮތުން މިރަށުގައިވެސް، އެންމެ ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑެއް އެޅުމަކީ އަޅުގަނޑުމެން ކުރަން ނިންމާފައިވާ، އަދި ކުރަމުން މިހާރު ގެންދާ ކަމެއް. މިހާތަނަށް އައި އިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 41 ފުޓްބޯޅަ ދަނޑު ނިމިއްޖެ ޓާފު އަޅައި. އަދިވެސް ހަމަ އެދަދަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ފުޓުބޯޅަ ދަނޑުތައް އެޅެމުން އެބަދޭ. 70 ފުޓްސަލް ދަނޑު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އަޅައި ނިންމައިފިން. 17 ޒަމާނީ ވޮލީ ކޯޓު އަޅުގަނޑުމެން ނިންމައި ދީފިން. 54 އައުޓްޑޯ ޖިމް، އެކި ރަށްރަށުގައި ގާއިމް ކޮށްދީފިން. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މިއާއެކު ރައީސް ޞާލިހް ވިދާޅުވީ، ކުޑަރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި، ރައްޔިތުން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. 

އަދި އެމަނިކުފާނުގެ ކުރިއަށް އޮތް ދައުރުގައި، ވޭވަށުގައި ހަދާފައިވާ ބަނދަރުގައި ހުރި ތިލަ ތަން ތަން ފުން ކޮށް ގިރާ ސަރަހައްދު ހިމާޔަތް ވެސް ކުރައްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.