ވަހީދު ދަ ޑިމޮކްރެޓްސްގެ ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ދިޔަރެސް
ހަބަރު
16 Jul 2023 | 12:53
ތަކެތީގެ އަގު ހުރިގޮތް އެނގޭނެ ގަނޑުވަރުން ނިކުމެ ކަންމަތީ ފިހާރައަށް ވަދެލީމަ: ވަހީދު

ތަކެތީގެ އަގުތައް ދަށަށްދާކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެއްކެވި ވާހަކަފުޅުތަކަށް މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ރައްދުދެއްވައިފި އެވެ. 

މ. މުލަކުގައި ބޭއްވި ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ކިތަންމެ ބާރަށް އަދި ކިތަންމެ އަޑު ހަރުކޮށް ތަކެތީގެ އަގު ބޮޑު ވެޔޭ ވާދަވެރިން ބުނިކަމުގައި ވީނަމަވެސް، ތަކެތީގެ އަގު ދަށަށް ދާ ކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސް ހިސާބުތަކުން ހާމަވާ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ވެސް ރަނގަޅުވަމުން އަންނަ ކަމަށެވެ. 

"ކިތަންމެ ބާރަށް އަޑު ހަރުކޮށް ތަކެތީގެ އަގު ބޮޑު ވެޔޭ ބުނިޔަސް، އެމްއެމްއޭއިން ރާއްޖޭގެ ސެންޓްރަލް ބޭންކުން އެ ބުނަނީ ތަކެތީގެ އަގު މިހާރު ދަނީ ދަށަށޭ" 

ރައީސް ޞާލިހު

ރައީސް ޞާލިހުގެ އެ ވާހަކަތަކަށް ރައްުދެއްވާ ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޞާލިހު އަމިއްލަފުޅަށް ފިހާރަތަކަށް ވަޑައިގެން ތަކެތީގެ އަގުތައް ހުރިގޮތް ސާފުކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނަމަ ތަކެތީގެ އަގުތަށް ހުރި ހިސާބު އެނގިލައްވާނެ ކަމަށެވެ. އަދި ޑޮލަރުގެ އަގުތަކާއި ދަތުރުފަތުރުގެ އަގުތައް އުފުލިފައިވާ މިންވަރު ވެސް ރަނގަޅަށް އެނގިލައްވާނެ ކަމަށެވެ. 

ވައްޑެ ވަނީ ތަކެތީގެ އަގުތައް ހުރިގޮތް ސާފުކޮށްލެއްވުމަށް ރިޔާސީ ގަނޑުވަރުކޮޅުން ނިކުމެވޑައިގެން ކަންކަން ބެއްލެވުމަށް ވެސް ރައީސް ޞާލިހުގެ އަރިހުން އެދިލައްވާފަ އެވެ.

"ގަނޑުވަރުން ނުކުމެ ކައިރި ފިހާރައަކަށް ވަދެލައްވާނަމަ އަގުތައް ހުރިގޮތް އެނގިލެއްވީސް. ޔޮޓްކޮޅާ ޗާޓަރު ފްލައިޓްތަކުން ފައިބައި އަމިއްލައަށް ޓިކެޓެއް ނަންގަވައިފިނަމަ އަގުތައް ހުރިގޮތް އެނގިލެއްވީސް. އަމިއްލައަށް ޑޮލަރެއް ގަންނަން އުޅުއްވައިފިނަމަ އޭގެ އަގު ހުރިގޮތްވެސް ސާފުވީސް"

އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު

ވަހީދު މިފަދައިން ވިދާޅުވެފައިވާއިރު ޖީއެސްޓީއަށް އައި ބަދަލާއި އިންފްލޭޝަން މަތިވުމާއި ގުޅިގެން އައި ބަދަލުގެ ސަބަބުން ތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ. 

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެންމެ ބޮޑެތި ބަދަލުތަކެއް އައިސްފައިވަނީ ކެއިން ބުއިމުގެ ބާވަތްތަކާއި ކޮސްމެޓިކްސްގެ ބާވަތްތަކަށެވެ. ކެއިން ބުއިމުގެ ބާވަތްތަކުގެ އަގުތައް އުފުލުމާއި ގުޅިގެން ކެފޭ އަދި ރެސްޓޯރެންޓުތަކުން ފޯރުކޮށްދޭ ޚިދުމަތަށް ވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. 

މީގެ އިތުރުން ތަކެތީގެ އަގުތައް އުފުލުމަށް ދިމާވި އެންމެ ބޮޑު އެއް ސަބަބަކީ ފާއިރުވި 2 އަހަރު ތެރޭ 4 ބިލިއަން ރުފިޔާ ޗާޕުކޮށްގެން އިޤްތިޞާދަށް ނެރުން ކަމަށާއި، އެކަމުގެ ސަބަބުން ޑޮލަރުގެ އަގު ކޮންޓްރޯލުކުރުމަށް ވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައިވާކަން އިޤްތިޞާދު ދިރާސާ ކުރައްވާ ފަރާތްތައް ދަނީ ވިދާޅުވަމުން ނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.