ރައީސް ޞާލިހު ރަތް މަންދޫގައި-- ފޮޓޯ/ އެމްޑީޕީ
ހަބަރު
16 Jul 2023 | 12:49
ތަރައްގީގެ ވާހަކަ ދައްކަންވާނީ ގައިން ތާހިރުވެ ތިބެގެން: ރައީސް ޞާލިހު

ތަރައްގީގެ ވާހަކަ ދައްކަންވާނީ ގައިން ތާހިރުވެ ތިބެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. 

ރިޔާސީ ކެމްޕެއިނަށް މ އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގައި ރަތްމަންދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ރަތްމަންދޫ އަކީ އާބާދީގެ ގޮތުން ގާތްގަނޑަކަށް 100 އާއި 118 އާއި ދެމެދުގެ މަދު މީސްކޮޅެއް ދިރިއުޅޭ ރަށެއް ކަމަށެވެ. އޭގެ ސަބަބުން، މީގެ ކުރީ ސަރުކާރު ތަކުން އެ ރަށަށް އެއްވެސް ވަރަކަށް އަޅާލާފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

ރާއްޖޭގެ ޖީޑީޕީއަށް ބަލާއިރު، މީހެއްގެ ބޮލަކަށް ގާތްގަނޑަކަށް 12000 އަށްވުރެ ގިނަ ޑޮލަރު ޖެހޭއިރުގައި، ރާއްޖޭގެ އެއްވެސް ރައްޔިތަކު އަސާސީ ޚިދުމަތްތަކުން މަހުރޫމްވެފައި ހުރެގެން ނުވާނެ. މިސަރަހައްދުގައި އެންމެ ބޮޑު، ބޮލަކަށްޖެހޭ ނިސްބަތް އެންމެ ބޮޑު ގައުމަކީ ދިވެހިރާއްޖެ. އަޅުގަނޑުމެން ޖަޒީރާ ރާއްޖެ އެއްގެ ގޮތުގައި މެނިފެސްޓޯ އެއް ހިފައިގެން ނުކުތް އެއް ސަބަބަކީ ދައުލަތަށް މި ލިބޭ އާމްދަނީ ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ، ޖަޒީރާ ރާއްޖެ މެނިފެސްޓޯގެ އެންމެ މުހިންމު އަމާޒަކީ އަސާސީ ޚިދުމަތްތައް ނުލިބި ހުރި ރަށްރަށަށް އެކަންކަން ކޮށްދިނުން ކަމަށެވެ. އެގޮތުން ރަތްމަންދޫ އަކީވެސް މިސަރުކާރުން އިސްކަންދިން ރަށެއް ކަމަށެވެ. 

އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަކައެއް. ތަރައްޤީގެ ވާހަކަ ދައްކަން ފަށަންވާނީ ގައިން ތާހިރުވެ ތިބެގެންނޭ. ފުރަތަމަ މީހާއަށް ސާފު ބޯފެނާއި، ނަރުދަމާ އާއި، ލަފާފުރުމުގެ ފަސޭހަ ކަމާ، ސިއްހީ ޚިދުމަތާއި، ދަރިންނަށް ތައުލީމް ދެވޭނެ ގޮތެއް ނެތި ދެން ކޮން ތަރައްގީގެ ވާހަކަ އެއްތޯ ދައްކާނީ؟ 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ ކުދި އާބާދީ ތަކުގައި އެފަދަ އަސާސީ އެއްވެސް ޚިދުމަތެއް އެމަނިކުފާނުގެ ވެރިކަން ފެށުނުއިރު ނެތް ކަމަށެވެ. އެހެނީ ކުދި އާބާދީގެ ރަށްތަކަކީ ވޯޓުގެ ގޮތުން ބަލާއިރު މާ ގިނަ ވޯޓު ލިބޭނެ ރަށްތަކެއް ނޫން ކަމަށާ، އެހެން ނަމަވެސް، އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރީ ވޯޓުދޭ މީހުންގެ އަދަދަށް ބެލުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

އެގޮތުން ރަތްމަންދޫގައިވެސް ފެނާއި ނަރުދަމާގެ މަސައްކަތް ކުރިއަށްދާ ކަމަށާ، އިންޖީނު ގޭގެ މަސައްކަތް ނިމި، ފެނަކަ އޮފީހުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަ ކުރެއްވިއެވެ. 

އަދި މި އަހަރު ތެރޭގައި، ރަތްމަންދޫ ބަނދަރު ތަރައްގީކޮށް އެ މަސައްކަތާއިއެކު ގުރާ ސަރަހައްދު ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް ފަށްޓަވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. އަދި މީގެ އިތުރުން، ރަތްމަންދޫ ގައި މިވަގުތު ގުރޭޑް 6 އާއި ހަމައަށް ކިޔަވައި ދިން ނަމަވެސް، އެ ރަށު ރައްޔިތުން ބޭނުން ނަމަ، ސެޓްލައިޓް ސުކޫލު މެދުވެރިކޮށް ރަށުގައި ތިބެގެން ގުރޭޑް 10 އަށް ކިޔެވުމުގެ ފުރުސަތު ވަރަށް އަވަހަށް ފަހި ކޮށްދެއްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.