ރައީސް ޞާލިހު މ މަޑުއްވަރީ ގައި ވާހަކަ ދައްކަވަނީ-- ފޮޓޯ/ އެމްޑީޕީީ
ހަބަރު
16 Jul 2023 | 16:42
ކުރިއަށް އޮތް ފަސްއަހަރުގައި، ޒުވާން އައު ޖީލަށް ފުރުސަތުތައް ހުޅުވާލާނަން: ރައީސް ޞާލިހު

މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި, ކުރިއަށް އޮތް ދައުރަށް އިންތިހާބުވެ ވަޑައިގެންފި ނަމަ، އެ ފަސް އަހަރުގެ ތެރޭގައި، ޒުވާން އައު ޖީލަށް ފުރުސަތުތައް ހުޅުވާލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.  

ރައީސް ޞާލިހުގެ ރިޔާސީ ކެމްޕެއިނަށް މ. މަޑުއްވަރީ އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ، މި ސަރުކާރުން ހުޅުވާލާފައިވާ ހިލޭ ޑިގްރީގެ އެހީގައި، 17,858 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު އަހަރުގެ ތެރޭގައި އެކުދިން ކިޔަވައި ނިމިގެން މަސައްކަތުގެ މާހައުލަށް ނުކުނާނެ ކަން ރައީސް ޞާލިހު ފާހަގަކުރެއްވިއެވެ. 

އެ 17,858 ދަރިވަރުން، ކުރިއަށް އޮތް ތިން ނުވަތަ ހަތަރު އަހަރުގެ ތެރޭގައި ކިޔަވައި ނިންމައި މަސައްކަތުގެ މަހައުލަށް ނުކުންނާނެ. މިހާތަނަށް އައި އިރުގައި 6,540 ދަރިވަރުން ކިޔަވައި ނިމިއްޖެ. ސްޓޫޑެންޓް ލޯން އަޅުގަނޑުމެން ދޫކުރުން. ރާއްޖެއިން ބޭރަށް ކިޔަވަންދާން ބޭނުންވާ ދަރިވަރުންނަށް. މިހާތަނަށް 3000 އަށްވުރެ ގިނަ ދަރިވަރުން އެ ސްކީމުގައި ރާއްޖެއިން ބޭރުގައި ކިޔަވަމުން އެބަދޭ. އޭގެ އިތުރުން ސްކޯލާޝިޕް ސަރުކާރުން އެބަ ދެން. 1265 ދަރިވަރުން ރާއްޖެއިން ބޭރުގައި ސްކޯލާޝިޕް އަށް ކިޔަވަމުން އެބަދޭ. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

ރައީސް ޞާލިހު ވިދާޅުވީ ދިވެހިރާއްޖޭގެ މުސްތަޤުބަލު ވަރަށް އުޖާލާ ކަމަށެވެ. އެގޮތުން ރާއްޖެއިން ބޭރުގަޔާއި ރާއްޖޭގައި ތައުލީމް ހާސިލްކުރަމުންދާ އެ ދަރިވަރުންތައް ރާއްޖެ އައިސް، މި ދިވެހި ރާއްޖެ އެހެން މަރުހަލާ އަކަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ. 

އަޅުގަނޑުމެން މިކުރާ މަސައްކަތަކީ މި ކުދިން އައިސް، މި ގައުމު މުޅިން އެހެން މަރުހަލާ އަކަށް ގެންދިޔުން. އަޅުގަނޑުމެން މި ބޭނުންވާ އުފާވެރި އަމާން ރާއްޖެ އަޅުގަނޑުމެންނަށް ހޯދައި ދެވޭނީ، މި ޒުވާން އައު ޖީލަށް ފުރުސަތުތައް ދީގެން. ޒުވާން އައު ޖީލަށް އަޅުގަނޑުމެންގެ ކުރިއަށް އޮތް 5 އަހަރު ތެރޭގައި ފުރުސަތު ތައް ހުޅުވާލާނަން. 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

އެ ފުރުސަތު ތައް ހުޅުވާލައި، ދިވެހިރާއްޖެއަށް އަމާން ރާއްޖެއެއް ހޯދައި ދެވޭނީ އެމަނިކުފާނަށް ވޯޓު ލައި، ވެރިކަމަށް އިންތިޚާބު ކުރުމުން ކަމަށްވެސް ރައީސް ޞާލިހު ވިދާޅުވި އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.