ހިސާން ރައީސް ޞާލިހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަނީ/ ފޮޓޯ: ވޮއިސް
ހަބަރު
17 Jul 2023 | 07:14
ހުއްޓި މި ހުރެވެނީ ޔަގީނުން ވެސް ރަނގަޅު ފަޅީގައި: ހިސާން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުގެ ފަހަތްޕުޅުގައި ހުންނެވުނަކީ ޔަގީނުން ވެސް ރަނގަޅު ފަޅީގައި ހުރެވުންކަމަށް މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ. 

ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު، އެމްޑީޕީ ދެފަޅިވެ އެ ޕާޓީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އޭނާއަށް ތާއީދުކުރައްވާ ގިނަ މެމްބަރުންތަކެއް ވަނީ އެމްޑީޕީން ވަކިވެ "ދަ ޑިމޮކްރެޓްސް" ގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ. 

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާއި ހަމަޔަށް ހިސާނު ހުންނެވީ ރައީސް ނަޝީދުގެ ވަފާތެރިއެއްގެ ގޮތުގައެވެ. އެހެން ނަމަވެސް ޕްރައިމަރީއާއި ދިމާކޮށް ހިސާނުވަނީ ކޮޅު ބަދަލުކުރައްވާ ތާއީދުކުރައްވަނީ ރައީސް ޞާލިހަށްކަމަށް ވިދާޅުވެ އެމަނިކުފާނުގެ ފަޅިއަށް ޖެހިވަޑައިގެންފަ އެވެ. 

މ އަތޮޅަށް ރައީސް ޞާލިހު ކުރައްވާ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވެސް ހިސާނު ބައިވެރިވެވަޑައިގެން ހަރަކާތްތެރިވާއިރު، މ ދިއްގަރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހިސާނު ވިދާޅުވީ އެކަމަނާއަށް އިޚްތިޔާރު ކުރެވުނީ ރަނގަޅު ފަޅިކަމަށް ޔަގީންކުރައްވާ ކަމަށެވެ.

އަދި ގައުމަށް ތަރައްގީއާއި ފާގަތިކަން ހޯދައިދެވޭނީ ވެސް މިހާރު ހުންނެވި ގޮތަށް ރައީސް ޞާލިހުގެ ފަޅީގައި ހުންނަވައިގެންކަން ވެސް ގަބޫލުކުރައްވާ ކަމަށް ހިސާން ވިދާޅުވި އެވެ. 

ތުޅާދޫ މެމްބަރު ހިސާން ހުސެއިން 

"އަޅުގަނޑަށް ޔަގީންކޮށްދެނީ އަޅުގަނޑު ހުއްޓި މިހުރީ ރަނގަޅު ތަނުގައިކަން. އަޅުގަނޑު ހުއްޓި މިހުރީ ރަނގަޅު ފަޅީގައި ކަން. މީ ފަނާކުރަނިވި ނިންމުންތަކާއި ފިތުނަވެރި މަހައްލެއް ނޫންކަން. އަޅުގަނޑަށް ޔަގީންވެ ކަށަވަރު ވަނީ އަޅުގަނޑު މިހުރީ ދިވެހި ރައްޔިތުންގެ އުންމީދުތަކުގައި ކުލަޖައްސައިދޭނެ ތަނުގައި ކަން"

ތުޅާދޫ މެމްބަރު ހިސާން ހުސެއިން 

ހިސާނު ވިދާޅުވީ ރާއްޖެ އަކީ އުފާވެރި އަމާން ރާއްޖެއަކަށް ހެދޭނީ ރައީސް ޞާލިހުގެ ފަޅީގައި ހުންނަވައިގެން ކަމަށެވެ.

އަދި ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބު ކުރުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުން ބައިވެރިވުމަށް ވެސް ހިސާނު ވަނީ ގޮވާލައްވާފަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.
08 Oct 2026
ރެއާ ދުވާލު މި އުޅެނީ، އޮންލައިންކޮށް ވިޔަފާރިކުރުމުގައި ހުރި ދަތިތައް ހައްލުކޮށްދޭން: ރައީސް
"ރެއާ ދުވާލު މިއުޅޭނީ އެކަމާ. އެކަން ހައްލުކޮށްދޭނަން އިރާދަކުރެއްވިއްޔާ،" ރައީސް މިރޭ ވިދާޅުވި އެވެ.
08 Oct 2026
އެފްއޭއެމް ޕްރެސިޑެންޓްސް އެވޯޑް ބަކާ، ސާންތީ އަދި އިފްރާއަށް
މި ތިން ޝަހުއްސިއްޔަތުންނަކީވެސް 2008 ވަނަ އަހަރު ދިވެހި ޤައުމީ ފުޓްބޯޅަ ޓީމް ސާފް ޗެމްޕިއަން ތަށި އުފުލާލިއިރު ޓީމްގައި ހިއްސާވި ފަރާތްތަކެވެ.
08 Oct 2026
ގްރޭޓްއޯޝަންސްޑައިލޮގްގައި ފައްޔާޒް: ރާއްޖެއަށް އޮތް ގޮންޖެހުންތަކާއި ދިވެހީންގެ ކަންބޮޑުވުންތައް ހިއްސާކުރެއްވި
ވިދާޅުވީ ޑިމޮކްރެސީ ދެމެހެއްޓުމަށް މަސައްކަތް ކުރާ ފަދައިން ދިވެހީންނަކީ ދިރިހުރުމަށްޓަކައި ވެސް ހަނގުރާމަ ކުރަން ޖެހިފައިވާ ބައެއް ކަމަށެވެ.
08 Oct 2026
ރުގުޔާ ކުުރުމުގެ ނަމުގައި މަހާނަ ކޮންނަ ހިސާބަށް؛ ހުއްދައެއް ނޫން، ހަރާމްވާނެ
ރުޤްޔާ ކުރުމުގެ ނަމުގައި ޤަބުރުސްތާނަށް ވަދެ މަހާނަ ނަގައި ނުވަތަ ކޮނެ ސިހުރު ހޯދުމުގެ ނަމުގައި ހިންގާ ޢަމަލުތަކަކީ ޙަރާމް ވެގެންވާ ޢަމަލުތަކެއް ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
08 Oct 2026
ޒިޕެލް ކުންފުނި ޗައިނާގެ ކޮސްކޯއަށް ވިއްކާލުން ޖަރުމަނުން ހުއްޓުވައިފި
ޖަރުމަނުވިލާތުގެ އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ކުންފުނި ގަތުމުގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ޖަރުމަނާއި އީޔޫގެ ސަޕްލައި ޗޭންތަކުގެ ރައްކާތެރިކަމަށް ނުރައްކާވާނެ ކަމަށެވެ.
08 Oct 2026
ސައިކަލެއް ކަހާލައިގެން ވެއްޓި ހައިވޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓްގައި 3 މީހަކަށް އަނިޔާ ލިބުމާ ގުޅިގެން ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސް ދަނީ ފަރުވާ ދެމުން ކަމަށް ވެސް ބުންޏެވެ.
08 Oct 2026
ޗައިނާ އަތުން ރާއްޖޭގެ ކުރިކެޓް ޓީމަށް މޮޅެއް
މުބާރާތުގައި ރާއްޖެ ދެން ބައްދަލުކުރާނީ ސިންގަޕޫރާއެވެ. މި މެޗު އޮންނާނީ މާދަމާ، ރާއްޖެ ގަޑިން ހެނދުނު 11:00 ގައި ސެލަންގޯރ ޓާފް ކްލަބްގައެވެ.