ޕީޕީއެމްގެ ނައިބު ރައީސް ޣައްސާން މައުމޫނު--
ހަބަރު
17 Jul 2023 | 14:51
ރައީސް ޔާމިނަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ރައީސް ޞާލިހު އުފުލަން ޖެހޭނެ: ޣައްސާނު

މިވަގުތު ޖަލުހުކުމެއް ތަންފީޒުކުރައްވަން ޖެހިވަޑައިގެންފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަށް އިންސާފު ލިބުން ލަސްވެގެންދާ ދިއުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޣައްސާނު މައުމޫނު ވިދާޅުވެއްޖެ އެވެ. 

ޣައްސާނު މިފަދައިން ވިދާޅުވެފައި ވަނީ ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް ޔާމިނުގެ މައްޗަށް ކޮށްފައިވާ 11 އަހަރުގެ ޖަލުހުކުން، އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، އެ މައްސަލަ ދިގުލައިގެން ދާތީ އިދިކޮޅު ލީޑަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ކުރެއްވި ޓްވީޓެއްގަ އެވެ. 

ޣައްސާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކީ ދައުލަތުގެ އެންމެ އިސް ވެރިޔާ ކަމަށެވެ. އަދި ދައުލަތުގެ އެއްވެސް ބާރެއްގެ ހިންގުން ހީނަރުވެއްޖެނަމަ އެކަން ބައްލަވާ އެ މުއައްސަސާއެއްގެ މަސައްކަތް އަވަސްކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ. 

ރައީސް ޔާމިނުގެ ފަރާތްޕުޅުން އާރަށު މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ހުކުމް މި ދިޔަ އޭޕްރިލް މަހު އިސްތިއުނާފުކޮށްފައި ވީ ނަމަވެސް މިހާތަނަށް އެ މައްސަލަ ނިންމާފައެއް ނުވެއެވެ. އިސްތިއުނާފު މައްސަލައަކީ ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމަން ޖެހޭ މައްސަލަތަކަކަށް ވީ ނަމަވެސް ރައީސް ޔާމިނުގެ މައްސަލަ ދިގުލައިގެންދާތީ އިދިކޮޅުން ގެންދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން ނެވެ. 

އެކަމާއި ގުޅޭގޮތުން ޣައްސާނު ރައީސް ޔާމިނަށް އިންސާފު ނުލިބި ލަސްވެގެންދާ ދިއުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފުރިހަމަޔަށް ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ. 

"ދިވެހި ދައުލަތުގެ އެންމެ އިސް ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ. ދައުލަތުގެ އެއްވެސް ބާރެއްގެ ހިންގުން ހީނަރުވިޔަސް އަވަސްކުރަން ޤާނޫނު ތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އެންގުމަކީ މަޤާމުގެ މަސްއޫލިއްޔަތެއް. ރައީސް ޔާމިނަށް އިންސާފު ލިބުން ލަސްވުމުގެ ޒިންމާ ރައީސް ޞާލިހު އުފުލަން ޖެހޭނެ"

ޕީޕީއެމްެގ ނައިބު ރައީސް ޣައްސާނު މައުމޫނު

ރައީސް ޔާމިނުގެ އިސްތިއުނާފު ލަސްވަމުންދާތީ އިދިކޮޅުން ގެންދަނީ ކަމާގުޅުންހުރި މުއައްސަސާތަކަށް ވަޑައިގެން އިސްވެރިންނާއި ބައްދަލުކުރެއްވުމަށް މަސައްކަތް ކުރައްވަމުން ނެވެ. 

އެގޮތުން މި ހަފްތާތެރޭގައި އެބޭފުޅުންވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުއައްސިސުންނާއި، ޖުޑިޝަލް ސާވިސް ކޮމިޝަންގެ މެމްބަރުންނާއި ބައްދަލުކުރުމަށް މަސައްކަތްކޮށްފައެވެ. 

އެހެން ނަމަވެސް އެއިން އެއްވެސް އިދާރާއެއްގެ ބޭފުޅަކާއި އިދިކޮޅު ލީޑަރުންނާއި ބައްދަލުކުރެވޭގޮތް ވެފައި ނުވާއިރު، މި ހައްސާސް ދަނޑިވަޅުގައި އޮފީސް ހުސްކުރައްވާ މިނިވަން މުއައްސަސާތަކުގެ ވެރިން އުޅުއްވަނީ ރައީސް ޞާލިހުގެ ރިޔާސީ ކެމްޕޭނުގައިކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ. އަދި އެއީ އިދިކޮޅުގެ އޮތް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އެބޭފުޅުން ފާހަގަކުރައްވަ އެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.