ޖާހް އިމްވެސްޓްމެންޓުން އިމާރާތްކުރަމުން އަންނަ ތަނެއް.ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
17 Jul 2023 | 16:42
ޖާހް ކޮންސްޓްރަކްޝަންގެ ފްލެޓްތަކުގެ މަސައްކަތް ކުރުމަށް އަރބަންކޯއިން ހަވާލުވެއްޖެ

ހުޅުމާލޭގައި ޖާހް ކޮންސްޓްރަކްޝަންގެ ފަރާތުން ތަރައްޤީ ކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތް ނިންމުމަށް އަރބަންކޯއިން ހަވާލުވެއްޖެއެވެ.

މިކަމާއި ގުޅިގެން އަރބަންކޯއިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައިވަނީ މި ޔުނިޓްތައް ނުނިމި ގިނަ ދުވަސްތަކެއް ވެފައިވާއިރު، މިކަމުގެ ސަބަބުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކަށްވާ ގެއްލުންތައް ކުޑަކޮށް، ވީހާވެސް އަވަހަކަށް މަސައްކަތް ނިންމުމަށް އަރބަންކޯއިން އެ މަސައްކަތް ކުރުމަށް މިހާރު ވަނީ ނިންމާފައި ކަމަށެވެ.

އެގޮތުން، މި ޕްރޮޖެކްޓަކީ 91 އިންސައްތަ މަސައްކަތް ނިމިފައިވާ ޕްރޮޖެކްޓެއްކަމުން، ޑިވެލޮޕަރު ބަދަލުކޮށް އައު ޑިވެލޮޕަރެއް ހޯދައި، މިހާރު ހުރި މަސައްކަތްތައް ކުރުމަކީ އެންމެ އެކަށީގެންވާ ގޮތް ނޫން ކަމަށް އަރބަންކޯއިން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން އަރބަންކޯއިން އެ ކުންފުންޏާއި ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި އެކު ވެވޭ އެއްބަސްވުމެއްގެ ދަށުން މަސައްކްތައް ކުރިއަށް ގެންގޮސް ވީހާވެސް އަވަހަކަށް ނިންމުމަށް ހަމަޖެހިފައިވާ ކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.

މިއާއިއެކު އަރބަންކޯގެ އަމާޒަކީ މި މަސައްކަތުގައި މިހާރު ވެވިފައިވާ އެއްބަސްވުންތަކާއި ޑިވެލޮޕަރުގެ ފަރާތުން ފުލެޓްތައް ގަނެފައިވާ ފަރާތްތަކާއި ދެމެދު ވެފައިވާ މުޢާމަލާތްތައް ބަލާ ދެ ފަރާތައްވެސް ގެއްލުން ނުވާނެހެން ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމާލުންކަމަށް އެ ކޯޕަރޭޝަންއިން ވަނީ ފާހަގަކޮށްފައެވެ.

ޖާހު އިންވެސްޓްމަންޓުން އިމާރާތް ކުރަމުންދާ ހައުސިންގ މަޝްރޫޢު ނިންމުމަށް އެކުންފުންޏަށް 30 ދުވަހުގެ ނޯޓިސް އެއް މިދިޔަ މަހު ފެށުން ކޮޅު ވަނީ ދީފައެވެ.

އެގޮތުން 2017 ވަނަ އަހަރު މި ފްލެޓްތައް ހެދުމަށް ޖާހު އިންވެސްޓްމަންޓާއި ހަވާލު ކުރެވިފައިވާ މަޝްރޫޢު ނުނިމި ގިނަ ދުވަސްތަކެއް ވުމުގެ ސަބަބުން މައްސަލަ އިތުރަށް ބެލުމަށް ފަހު ޖާހު އިންވެސްޓްމަންޓަށް މަސައްކަތް ނިންމުމަށާއި، އަރބަންކޯއަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއްދީ ނޯޓިސް ދީފައެވެ.

މިހާާރު މި މަޝްރޫއާއި އަރބަންކޯއިން ހަވާލުވެފައިވަނީ 30 ދުވަހުގެ މުއްދަތު ހަމަވެފައިވުމުގެ ސަބަބުންނެވެ.

މި އަަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ޖާހު ކުންފުނީގެ 49 ބިދޭސީ މަސައްކަތް ތެރިއަކު މުސާރަ ނުދޭ މައްސަލައެއްގައި މަސައްކަތް ހުއްޓާލައި ހަޅުތާލުވެސް ކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އެޕަލް ކުންފުނީގެ ފުރަތަމަ ފަށްޖެހޭ ފޯނު ”އައިފޯން ޑުއޯ“ ނެރެފި
ދުނިޔޭގެ މަޝްހޫރު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން އެ ކުންފުނީގެ ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ފަށްޖެހޭ ސްމާޓްފޯނު ބުދަ ދުވަހު ރަސްމީކޮށް ދައްކާލައިފިއެވެ. "އައިފޯން ޑުއޯ"ގެ ނަމުގައި ތަޢާރަފުކުރި މި އައު އުފެއްދުމަކީ، އެޕަލްގެ އެންމެ ވިޔަފާރި ރަނގަޅު އުފެއްދުންތަކުގެ ލައިނަށް އިތުރު ދިރުމެއް ގެނެސްދިނުމުގެ ގޮތުން ނެރުނު ފޯނެކެވެ.
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.