ނައިބު ރައީސް ފައިސަލް ނަސީމް (ކ) އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (ވ) -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
17 Jul 2023 | 21:12
ރަނިން މޭޓަށް އެކި ނަންތައް އެބަ އާދޭ، މަޝްވަރާތައް ކޮންމެ ރެއަކުހެން މިދަނީ ކުރަމުން: ރައީސް ޞާލިހު

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ރަނިންމޭޓް ކަމަށް ކަނޑައަޅާނެ ބޭފުޅަކާއި ގުޅޭގޮތުން ކޮންމެ ރެއަކުހެން އެކި ބޭފުޅުންނާއި މަޝްވަރާތައް ކުރައްވާ ކަމަށާ، އަދި އެ ބޭފުޅުން އެކި ނަންތައް ހުށަހަޅުއްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ. 

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ވ އަދި މ އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވަމުން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ، އެމަނިކުފާނު މިވަގުތު ކުރައްވަން އޮތް ކަންކަމުގެ ތެރެއިން އެންމެ އުނދަގޫ ކަމަކީ ރަނިންމޭޓް ކަނޑައެޅުމުގެ މަސައްކަތް ކަމަށެވެ. އެހެންކަމުން، އެކަމާއި ގުޅިގެން އެމްޑީޕީގެ އިސް ފަރާތްތަކާއި ކޮންމެ ރެއަކުހެން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާ، އަދި އެބޭފުޅުން އެކި ނަންތައް ހުށަހަޅުއްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. 

"އަޅުގަނޑު ސިކުނޑީގައި މިވަގުތި އިން އެންމެ ބޮޑު މައްސަލަ. މައްސަލައޭ މި ދެންނެވީ ޑިސިޝަނެއް ނަގަން ޖެހިފައި އޮތް މައްސަލަ. އަޅުގަނޑު ވަކިވަކިން ޕާޓީގެ އިސްބޭފުޅުންނާ އެބަ ވާހަކަ ދައްކަން. އެ ބޭފުޅުންގެ ވިސްނުމާ ހިޔާލު އަޅުގަނޑު އެބަ ހޯދަން. ކޮންމެ ދުވަހަކު ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ވަކިވަކިން އަޅުގަނޑު އެބަ ބައްދަލުކުރަން. އެކި ނަންތައް އެބަ އާދޭ،" 

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު 

މީހެ އިތުރުން ކޯލިޝަންގައި ހިމެނޭ ޕާޓީއެއްގެ ތެރެއިން ރަނިންމޭޓަކު ކަނޑައަޅުއްވާފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވަނީ، އެފަދައިން ކަން ކުރުމުގެ ފުރުސަތު ވެސް އޮތް ކަމަށެވެ. އަދި ރަނިންމޭޓަކީ ކޮން ބޭފުޅެއްކަން މިހާރު އިއުލާން ނުކުރި ނަމަވެސް، އެމަނިކުފާނުގެ ކެންޑިޑެސީ ފޯމުގައި އެ ބޭފުޅެއްގެ ނަން އޮންނާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި އެވެ. 

2018 ވަނަ އަހަރު ކޯލިޝަން ސަރުކާރަކާއި އެކު އެމްޑީޕީ ވެރިކަމަށް އައި އިރު، އެ ފަހަރު ރަނިންމޭޓަކަށް ކަނޑައަޅާނެ ބޭފުޅަކު ނިންމުމުގެ ފުރުސަތު އެމަނިކުފާނު ދެއްވީ އޭރުގެ ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ބޮޑު ޕާޓީ، ޖުމްހޫރީ ޕާޓީ އަށެވެ. އެގޮތުން، ޖުމްހޫރީ ޕާޓީގެ ކައުންސިލުން ނިންމީ، މިހާރުގެ ނާއިބު ރައީސް ފައިސަލް ނަސީމަށް އެ ފުރުސަތު ދިނުމަށެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ޖުމްހޫރީ ޕާޓީން ވަކިން ވާދަ ކުރި ނަމަވެސް، ފައިސަލް ނަސީމްގެ ތާއީދު މިފަހަރުވެސް އޮތީ ރައީސް ޞާލިހަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.