ހައިކޯޓު
ހަބަރު
18 Jul 2023 | 10:36
ގޯތި ނުލިބުމުން، "މާލެ މީހާ" ޝަރުތު މާނަކޮށްދޭން އެދި މައްސަލަ ހައިކޯޓަށް

ސަރުކާރުގެ "ބިންވެރިޔާ ސްކީމް"ގެ ދަށުން މާލެ ސަރަހައްދުން ދޫކުރި ގޯތި ލިބުމަށް ޝަރުތު ހަމަ ނުވާކަމަށް ޕްލޭނިންގ މިނިސްޓްރީން ކަނޑައެޅި މީހަކު، ގޯތި ލިބޭ އުސޫލުގައި "މާލޭ މީހާ" ޝަރުތު މާނަ ކުރާ ގޮތް ހާމަކޮށްދިނުމަށް އެދި  ހައިކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.

މި މައްސަލަ ހުށަހަޅާފައިވަނީ މި ސަރުކާރުގެ މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން ވަކިކުރެވުނު ލަބީގު މުހައްމަދު މާހިދެވެ. 

ލަބީގު ހައި ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައިވާ ގޮތުގައި އޭނާއަށް ގޯތި ނުލިބޭނެ ކަމަށް ހައުސިން މިނިސްޓްރީން ބަޔާންކުރާ ސަބަބަކީ އޭނާ އަކީ "ކުރިން މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީވެފައިވާ ފަރާތަކަށް ވެފައި، ތިޔަ ފަރާތުގެ މައިންބަފައިންގެ ތެރެއިން އެއްވެސް މީހެއް އުފަންވީއްސުރެން މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓްރީ ވެފައި ނުވާ ފަރާތެއް ގޮތުގައި މިނިސްޓްރީއަށް ސާބިތު ކުރެވިފައި ނުވާތީ" ކަމަށެވެ.

އެހެން ނަމަވެސް އެ އިބާރާތަކީ މާލެ ރައްޔިތެއް ކަން ބެލުމުގެ މިންގަނޑު ބަޔާންކޮށްފައިވަނީ އުސޫލުގައިވެސް ނުހިމެނޭ އިބާރާތެއް ކަން އޭނާ ފާހަގަކޮށްފައިވެއެވެ. އެހެންކަމުން އޭނާ އަށް ގޯތި ދިނުމަށް ޝަރުޠު ހަމަނުވާ ކަމަށް ސަރުކާރުން ކަނޑައަޅާފައިވަނީ ވުޖޫދުގައިވެސް ނެތް އިބާރާތެއް ބޭނުން ކޮށްގެން ކަމަށް ބުނެފައިވެއެވެ. 

މާލެ ރައްޔިތެއް ކަން ބެލުމުގެ މިންގަނޑު ބަޔާންކޮށް ޕްލޭނިންގ މިނިސްޓްރީން އާއްމު ކުރި އުސޫލުގެ 11 ވަނަ މާއްދާގެ ހ. ގައި ވަނީ "އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލެ ރައްޔިތަކަށް ވެފައި ސަރުކާރުން ހިންގާފައިވާ ސިޔާސަތެއްގެ ސަބަބުން ނުވަތަ ކަނޑައެޅިފައިވާ އުސޫލުގެ ސަބަބުން އެހެން ތަނެއްގައި ރަޖިސްޓްރީ ޖެހުމަށް ފަހު މިހާރު މާލޭގެ ރަޖިސްޓްރީގައިވާނަމަ އެ މީހަކު ބަލާނީ މާލޭގެ ރައްޔިތެއްގެ ކަމުގަ" އެވެ.

ކަން މިހެން ހުރުމުން، ދިވެހިރައްޔިތަކަށް ވީތީ އޭނާ އަށް ލިބެންޖެހޭ ހައްގުތަކަށް ޕްލޭނިންގ މިނިސްޓްރީން އަރައިގަނެފައިވާ ކަަމަށް މައްސަލާގައި ބުނެފައިވެއެވެ.

އެހެންކަމުން، ގޯތި ލިބުމަށް ޝަރުތު ހަމަނުވި ސަބަބުގެ ގޮތުގައި މިނިސްޓްރީން ދީފައިވާ ޖަވާބުގައި ހިމެނޭ އިބާރާތަކީ އުސޫލުގައި ނުހިމެނޭ އިބާރާތެއް ކަމުގައި ކަނޑައަޅައިދިނުމަށް އޭނާ ވަނީ އެދިފައެވެ. އަދި އެ އުސޫލު މަނާކޮށްދިނުމުގެ އިތުރަށް، އޭނާއަށް ގޯތި ނުލިބޭ ކަމަށް މިނިސްޓްރީން ކަނޑައަޅާފައިވަނީ އުސޫލާ ހިލާފަށް ކަމަށް ކަނޑައަޅައިދިނުމަށް ވެސް އޭގައި އެދިފައިވެ އެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ގޮތެއް ނުނިންމަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް