ރައީސް ޞާލިހު އިހަވަންދޫއަށް ވަޑައިގަންނަވާތީ ރައްޔިތުން މުޒާހަރާ ކުރަނީ/ ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
19 Jul 2023 | 16:40
ރައީސް ޞާލިހާއި ދެކޮޅަށް އިހަވަންދޫ ރައްޔިތުން މުޒާހަރާއަށް!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ހއ އަތޮޅަށް ކުރައްވާ އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނު ދަތުރުފުޅުގައި އެ އަތޮޅުގެ އިހަވަންދޫއަށް ވަޑައިގަތުމުން ރައްޔިތުން ނިކުމެ މުޒާހަރާކޮށްފި އެވެ. 

ރައީސް ޞާލިހު އިހަވަންދޫއަށް ވަޑައިގަންނަވަން އިއުލާނުކުރުމާއި ގުޅިގެން އިހަވަންދޫގައި ތިބި ރައީސް ޔާމިނުގެ ސަޕޯޓަރުން ވަނީ ނުރުހުން ފާޅުކޮށް އެމީހުންގެ ޝުއޫރުތައް ބެނާތަކުގައި ލިޔެ ހަރުކޮށްފަ އެވެ. 

އެހެން ނަމަވެސް އެފަހުން އެސްއޯ ފުލުހުން ވަނީ އިހަވަންދޫގައި ރައްޔިތުން ސަރުކާރަށް ފާޑުކިޔައި ޝުއޫރުލިޔެ ހަރުކޮށްފައިވާ ބެނާތައް ނަގާފަ އެވެ. 

ރައީސް ޞާލިހު މިއަދު ހަވީރު އިހަވަންދޫއަށް ވަޑައިގަތުމަށް ހަމަޖެހިފައި ވުމާއެކު، ރައްޔިތުން ނިކުމެ ވަނީ މުޒާހަރާކޮށްފަ އެވެ. 

އެގޮތުން ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް އިހަވަންދޫ ރައްޔިތުން ވަނީ ގޮވާލާފަ އެވެ. އަދި ހަމަ އެއާއެކު ރައީސް ޞާލިހުގެ އިސްތިއުފާއަށް ވެއް ރައްޔިތުން ގޮވާލާފައި ވެއެވެ. 

އިހަވަންދޫގައި ކުރިއަށް ގެންދިޔަ އެ މުޒާހަރާގައި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެފައިވާއިރު، މުޒާހަރާ ރޫޅާލުމަށް ބަލާ ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ވެސް އެރަށަށް ގެންގޮސްފައިވެ އެވެ. 

އިވަހަންދޫގައި ގިނަ އަދަދެއްގެ ސިފައިން ހަރަކާތްތެރި ވަނީ

އިހަވަންދޫއަށް މިއަދު ހަވީރު ރައީސް ޞާލިހު ވަޑައިގަންނަވާގޮތަށް ހަމަޖެހިފައި އޮތް ނަމަވެސް އެ ދަތުރުފުޅު ވަރަށް ބޮޑަށް ލަސްވެގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އަދި އެމަނިކުފާނަށް އިހަވަންދޫއަށް ވަޑައިގެންނެވުނީ އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. 

އެހެން ނަމަވެސް އެމަނިކުފާނު ވަޑައިގަންނަވާތީ، މުޒާހަރާގެ ބައިވެރިންނަށް ބަނދަރު ސަރަހައްދަށް ނުދެވޭގޮތަށް ރަށް ވަށައިގެން ޓޭޕުދަމާ ފުލުހުން ވަނީ ގާޑުކޮށްފަ އެވެ. 

ރައީސް ޞާލިހު ހއ އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި މިއަދު އެ އަތޮޅު ހޯރަފުއްޓަށް ވަޑައިގަތުމުން ވެސް ރައީސް ޔާމިނުގެ ސަޕޯޓަރުން ވަނީ އެމަނިކުފާނު މިނިވަންކުރުމަށް ގޮވާލާ މުޒާހަރާކޮށްފަ އެވެ. 

ހއ އަތޮޅު ރައްޔިތުން ރައީސް ޞާލިހާއި ދެކޮޅަށް މުޒާހަރާކޮށްފައިވަނީ، އެމަނިކުފާނު ރަށްތަކަށް ވަޑައިގަތުމުން މުޒާހަރާ ނުކުރުމަށް ހޯމް މިނިސްޓަރު އިމްރާނު އަބްދުﷲ އިންޒާރުދީފައިވަނިކޮށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.