އެކްސިޑެންޓްގައި އަނިޔާވި ޢަލީ ޙަފީޒް.
ހަބަރު
20 Jul 2023 | 10:15
ޙަފީޒުގެ އެކްސިޑެންޓްގައި ސައިކަލު ދުއްވި މީހާގެ ބަންދަށް 15 ދުވަސް

އަޟްޙާ ޢީދު ދުވަހުގެ ފަތިހު އެކްސިޑެންޓްވި ޢަލީ ޙަފީޒުގެ އެކްސިޑެންޓުގައި ޝާމިލްވާ ސައިކަލު ދުއްވި ޒުވާނާ 15ގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފިއެވެ.

ކްރިމިނަލް ކޯޓުން ވަނީ އޭނާގެ އިތުރު 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމަުރުކޮށްފައެެވެ.

22 އަހަރުގެ ޝަމްއާން ޢަބްދުއްޝަކޫރު ދުއްވި ސައިކަލުން އަލީ ޙަފީޒުގެ ގައިގައި ޖެހިފައިވަނީ ހަފީޒް ފަތިސްނަމާދު ނިންމަވައި ގެއަށް ވަޑައިގަންނަވަނިކޮށް މަޖީދީ މަގު ހުރަސްކުރުމުގެ ތެރޭގައި ޝަމްޢާން ބާރު ސްޕީޑުގައި ސައިކަލު ދުއްވައިފައި އަންނަނިކޮށެވެ.

މިއެކްސިޑެންޓުގައި ހަފީޒުގެ ފުރާނައަށް ނުރައްކާވާވަރުގެ އަނިޔާތަކެއްް ލިބުނުއިރު، އެކްސިޑެންޓަށްފަހު، ފުލުހުން ޝަމްޢާން ހައްޔަރުނުކޮށް ގިނަ ވަގުތު ދިޔުމުން ޢާންމުން ވަނީ ފުލުހުންނަށް ފާޑު ކިޔައިފައެވެ.

އޭގެ ފަހުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށް އެކްސިޑެންޓްގެ ތަޙްްޤީޤުވަނީ ފަށައިފައެވެ.

އެކްސިޑެންޓަށްފަހު ހަފީޒަށް ފަރުވާ ދެވިފައިވަނީ މާލޭގެ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ބާއްވައިގެނެވެ. އެއަށްފަހު އިންޑިޔާގެ ކޮޗިން އަށްގެންދެވި ކުރެވުނު އޮޕަރޭޝަނަށްފަހު މިހާރު ހަފީޒުގެ ޙާލު އަންނަނި ރަނގަޅުވަމުން ކަމަށް އޭނާގެ އާއިލާއިން ވަނީ ބުނެފައެވެ. އަދި މިހާރު އޭނާ ވެންޓިލޭޓަރުން ނަގައިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

އެކްސިޑެންޓާއި ގުޅިގެން ހައްޔަރުކޮށް މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަމްޢާން ބުނެފައިވަނީ ސައިކަލު އަންނަ ތަން ފެނިގެން ހަފީޒް "ޕެނިކް ވެގެން ސައިކަލާ ދިމާލަށް ދުއްވައިގަތީ" ކަމަށެވެ.

އެހެން ނަމަވެސް ކޯޓުން އެފަހަރު ވެސް ނިންމާފައި ވަނީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.