ބަޣްދާދުގައި ހުންނަ ސްވިޑިޝް އެމްބަސީ ކުރިމަތީގައި މުޒާހަރާ ކުރަނީ
ހަބަރު
20 Jul 2023 | 14:16
ގުރުއާން އެންދި މައްސަލާގައި ސްވިޑިޝް އެމްބަސީއެއްގައި ރޯކޮށްލައިފި

ޢިރާޤުގެ ބަޣްދާދުގައި ހުންނަ ސްވިޑިޝް އެމްބަސީ ކައިރީގައި މުޒާހަރާ ކުރަމުންދިޔަ މީހުން ސްވިޑިޝް އެމްބަސީއަށް ވަދެ އެއެމްބަސީގައި ރޯކޮށްލައިފިއެވެ.

ބަޣްދާދުގައި ހުންނަ ސްވިޑިޝް އެމްބަސީ ކައިރީގައި ކެނޑިނޭޅި  މުޒާހަރާ ކުރަމުން ގޮސްފައިވަނީ ސްވިޑެންގެ ސްޓޮކްހަމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި، ސްވިޑެންގައި ދިރިއުޅޭ ޢިރާޤްގެ މީހެއްކަމަށްވާ  ސަލްވާން މޮމިކާ ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދާލުމާއި ގުޅިގެނެވެ.

ބަޣްދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީގެ ކުރިމަތީގައި މުޒާހަރާކުރަމުން ދިޔަ މީހުން ޢިރާޤުގެ ޝީޢާ ޢިލްމުވެރިންނާއި، ޢިރާޤުގެ އިދިކޮޅު ސިޔާސީ ލީޑަރުންގެ ދިދަތަކާއި މުޒާހަރާގައި ބޭނުންކުރަމުންދިޔަ ބޯޑުތަކާއި އެކު ވަނީ އަޑުއުފުލުން ތައް ކުރިއަށް ގެންގޮސްފައެވެ.

ސްވިޑެންގެ ފޮރިންގ މިނިސްޓްރީ އިން ބުނެފައިވަނީ އެމްބަސީގެ ހުރިހާ މުވައްޒަފުންގެ ޙާލު ރަނގަޅުކަމަށެވެ. އަދި އެމިނިސްޓްރީ އިން ވަނީ ޢިރާޤުގެ ރައްޔިތުންގެ މިޢަމަލު ކުށްވެރިކޮށްފައެވެ.

ކީރިތި ޤުރުއާން އެންދުމާއި ގުޅިގެން ބަޣްދާދުގައި މުޒާހަރާ ކުރަމުންދާ ފަރާތްތަކުން ބުނެފައިވަނީ ކީރިތި ޤުރުއާނުގެ އިތުރު ކޮޕީއެއް އަންދާލައިފިނަމަ މިގޮތަށް މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށްބުނެފައެވެ. އަދި ޢިރާޤު ސަރުކާރުން ސްވިޑިޝް އެމްބަސީ ބަންދު ނުކޮށްފިނަމަ އެމީހުން އެކަން ކުރާނެ ކަމަށް ބުނެފައިވެއެވެ.

މުޒާހަރާ ކުރާ މީހުން މިހެން ބުނެފައިވާއިރު ސްވިޑެންގެ ޕޮލިހުން ވަނީ، ސްޓްކްހޮމްގައި ހުންނަ ޢިރާޤްގެ އެމްބަސީ ކުރިމަތީގައި ޤުރުއާނުގެ ކޮޕީއެއް އަންދާލުމަށް ސަލްވާން އަސް ހުއްދަދީފައެވެ.

އަޟްޙާ ޢީދު ދުވަހު ސަލްވާން ޤުރުއާން އަންދާލުމާއި ގުޅިގެން މުސްލިމް ޤައުމުތަކުން ވަނީ އެކަން ކުށްވެރިކޮށް މުޒާހަރާ ކޮށްފައިވެއެވެ. އޭގެ ތެރޭގައި ޢިރާޤް، ތުރުކިޔޭ، ޔޫއޭއީ، ޖޯޑަން އަދި މޮރޮކޯވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް