ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަޙްމަދު
ހަބަރު
20 Jul 2023 | 16:24
ރައީސް ޞާލިޙްގެ ފަސްއަހަރަކީ ޒުވާނުން މަގުމަތިވި ފަސް އަހަރު: ޖަމީލް

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ފަސް އަހަރަކީ ޒުވާނުން މަގުމަތިވި ފަސް އަހަރު ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ ޖަމީލް މިހެން ވިދާޅުވެފައިވަނި އޭނަ ކުރެއްވެވި ޓްވީޓެއްގައެވެ.

ޓުވިޓާގައި މީހަކު، ރައީސް ޞާލިހު ވަނީ ޒުވާނުންގެ ޖީލެއް ފުނޑުފުނޑުކޮށް ކުނި ކޮތަޅުން ކައިބޮއެ އުޅޭ ދަރަޖައަށް ވައްޓާލާފަވާ ކަމަށް ބުނެފައިވާ ޓުވީޓެއް ރިޓުވީޓް ކުރައްވަމުން ޖަމީލް ވިދާޅުވީ އެއީ ހަޤީޤަތް ކަމަށާއި، ރައީސް ޞާލިޙްގެ ފަސްއަހަރަކީ ޒުވާނުން މަގުމަތިވި ފަސްއަހަރު ކަމަށެވެ.

" ޒުވާނުން ނިކަމެތިވެ މުޖްތަމަޢުން އެކަހެރިވެއްޖެ، އިބޫގެ ވެރިކަމަކީ ޒުވާނުންނަށް ދިމާވި ކާރިސާއެއް،. ޖޫރިމާނާއިންނާ މަސްތުވާތަކެތިން ޒުވާނުން މަގުމަތިކޮށްފި، ހަމައެކަނި އުއްމީދަކީ ރައީސް ޔާމިން" ޖަމީލް ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިޙް ފާއިތުވި ހަފްތާގައި މީމަށާއި ވާވަށް ކުރެއްވި ކެމްޕޭނު ދަތުރުފުޅުގެ ތެރޭގައި މ މަޑުއްވަރި އަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ، ކުރިއަށް އޮތް ދައުރަށް އިންތިހާބުވެ ވަޑައިގެންފި ނަމަ، އެ ފަސް އަހަރުގެ ތެރޭގައި، ޒުވާން އައު ޖީލަށް ފުރުސަތުތައް ހުޅުވާލައްވާނެކަމަށެވެ.

އަދި ސަރުކާރުން ހުޅުވާލާފައިވާ ހިލޭ ޑިގްރީގެ އެހީގައި، 17,858 ދަރިވަރުން ތައުލީމް ހާސިލް ކުރަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ކުރިއަށް އޮތް ތިނެއް ނުވަތަ ހަތަރު އަހަރުގެ ތެރޭގައި އެކުދިން ކިޔަވައި ނިމިގެން މަސައްކަތުގެ މާހައުލަށް ނުކުނާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.
05 Aug 2026
އއ.އުކުޅަހުގައި ތަރައްޤީކުރާ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މި މަޝްރޫޢުގެ ދަށުން އުކުޅަހުގައި 50 ހައުސިން ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ.