ޕީއެންސީގެ ނާއިބު ރައީސް މުހައްމަދު ސައީދު-- ފޮޓޯ/ދެން
ހަބަރު
20 Jul 2023 | 16:20
ފޮއްތެޔޮ ފަޅު ވިއްކަން އުޅެނީ މަނީ ލޯންޑަރިންގެ ތުހުމަތުކުރެވޭ މީހަކަށް: ސައީދު

ވ. ފޮއްތެޔޮ ފަޅު ވިއްކަން އުޅެނީ މަނީލޯންޑަރިންގެ ތުހުމަތު ކުރެވޭ މީހަކަށް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުގެ ފަރާތުން ކުރިއަށް ގެންދިޔަ ޖަގަހަ ޖަލްސާއެއްގައި ސައީދު ވިދާޅުވީ ރާއްޖޭގައި، ފަޅެއް، ރަށެއް ނުވަތަ ގިރިއެއް އޮތް ނަމަ، ރައީސް ޞާލިހު ވަނީ އެތަނެއް ވިއްކާފައި ކަމަށެވެ. 

އެންމެ ފަހުން އެ ވިއްކާލީ ވ އަތޮޅު ފޮއްތެޔޮ ބޮޑު ފަޅު. ބޮޑު ފަޅެކޭ ބުނީމާ ހިތްޕުޅަށް ގެންނަވާ މި މާލެއިން މިރޭ ގަލްފު ކުރާފްޓެއްގައި އއ. ރަސްދޫއަށް ގޮސް، ލެފީމާ އެއީ އެ ފަޅުގެ ބޮޑުމިން. އެފަޅު ގެ އަނެއް ބޮޑުމިން އަޅުގަނޑު ކިޔައިދެންޏާ، މާލެއިން މަހިބަދޫއަށް ގަލްފު ކުރާފްޓެއްގައި ފުރާނީ. އެ ފަޅުގެ އެއްކޮޅުގައި އެއް ލޯންޗު ބަހައްޓާފައި، ލޯންޗަށް އެ ފަޅު ވަށާޖެހޭ އިރުގައި މަހިބަދޫއަށް ދާ ލޯންޗު އޮންނާނީ ގޮސް. މިހާބޮޑު ފަޅެއް. މުޅި ދިވެހިރާއްޖޭގެ އާބާދީ އެއްފަސް ކޮށްފިއްޔާ ގާތްގަނޑަކަށް ދިވެހި އާބާދީއަށް ރީތި ކަމާއިއެކު ތިބެވޭނެ. 

މުހައްމަދު ސައީދު 

ސައީދު ވިދާޅުވީ އެވަރުގެ ބޮޑު ފަޅެއް ނުއަގުގައި ވިއްކާލަން އުޅެނީ މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވޭ މީހަކަށް ކަމަށެވެ. އަދި މިކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ޖަހާ މަޅިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މިތަން އެ ވިއްކަނީ ސީދާ މަނީ ލޯންޑަރިންގެ ތުހުމަތު އޮތް ފަރާތަކަށްކަމަށް ބައިނަލްއަގްވާމީ ނޫސްތަކުގައި އެބަހުރިކަމަށް މައުލޫމާތު ލިބޭ. އަޅުގަނޑު ބުނިން ތި މައްސަލަ ރަނގަޅަށް ދިރާސާ ކޮށްލާށޭ. އޭސީސީއަށް އެ މައްސަލަ ލާން. މިހާރު ވާނީ އޭސީސީއަށް މައްސަލަ ލާފައި.". 

މުހައްމަދު ސައީދު 

ސައީދު ވިދާޅުވި ގޮތުގައި މިސަރުކާރުން އެފަޅު ވިއްކާލަން އުޅެނީ ކެމްޕެއިނަށް ފައިސާ ހޯދުމަށެވެ. އެހެންކަމުން "ފޮއްތެޔޮ ފަޅު ޑީލް" ވަގުތުން ހުއްޓާލުމަށް އިދިކޮޅުން ވަނީ ގޮވާލާފައެވެ. 

ފޮއްތެޔޮ ފަޅަކީ ރާއްޖޭގެ އެންމެ ބޮޑު އަދި ދުނިޔޭގެ ތިން ވަނައަށް އެންމެ ބޮޑު ފަޅެވެ. އެ ފަޅު ސަރުކާރުން ވިއްކާލަން އުޅޭ ކަމުގެ ތުހުމަތު އިދިކޮޅުުން އަންނަނީ ކުރަމުންނެވެ. އެކަން ސަރުކާރުންވެސް ދޮގު ކޮށްފައެއް ނުވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.