ސަލްވަން ކީރިތި ޤުރުއާނާއި ޢިރާޤް ދިދައާއި އެކު ޢިރާޤް އެމްބަސީ ކުރިމަތީގައި. ފޮޓޯ: ޓްވިޓަރ
ހަބަރު
22 Jul 2023 | 13:00
ސަލްވާން ކީރިތި ޤުރުއާނަށް އިޚްތިރާމް ކުޑަކޮށް، ފައިންތަޅައިފި

އުތުރު ޔޫރަޕްގެ ޤައުމެއް ކަމަށްވާ ސްވިޑެންގައި ދިރިއުޅޭ ސަލްވަން މޮމޮކާ އަނެއްކާވެސް ކީރިތި ޤުރުއާނަށް އިޚްތިރާމް ކުޑަކޮށް, ފައިންޖަހައި ފުޓުބޯޅަ ކުޅެފިއެވެ.  

މިފަހަރު ސަލްވާން މިޢަމަލު ހިންގައިފައިވަނީ ސްވިޑެންގައި ހުންނަ ޢިރާޤުގެ އެމްބަސީ ކުރިމަތީގައެވެ.

ސަލްވާން މޮމޮކާއަކީ ޢިރާޤުން ސްވިޑެންއަސް ހިޖުރަކޮށް ސްވިޑެންގައި ދިރިއުޅެމުންގެންދާ ކްރިސްޓިއަނެއްކަމަށް ބައިނަލް އަޤްވާމީ މީޑިޔާތަކުގައި ބުނެފައިވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްވިޑެންގެ ސްޓޮކްހޮމްގައި ހުންނަ ޢިރާޤް އެމްބަސީގެ ކުރިމަތީގައި މިޢަމަލު ހިންގިއިރު ސްވިޑެންގެ ފުލުހުން އޭނާގެ ހިމާޔަތުގައި ފޯރި މަރާމަންޒަރު ވީޑިއޯ ތަކުން ފެނެއެވެ.

އަދި ކީރިތި ޤުރުއާނާއި ޢިރާޤުގެ ދިދައިގައި ފައިން ތަޅާ ހެދުމަށްފަހު އެއިން އޭނާގެ ފައިފުހެހަދައިފައިވެއެވެ. ސްވްޑެންގައި ދިރިއުޅޭ ބައެއް މުސްލިމުން އެމަންޒަރު ބަލަން ދުރުގައި ތިބި ކަމަށް މީޑިއާ ތަކުން ބުނެފައިވެއެވެ.

ސަލްވާން މޮމިކާ ވަނީ މީގެ ކުރިން ސްޓޮކްހަމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައި ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދައިލައިފައެވެ. އަދި އެކަން ތަކުރާރު ކުރާނެ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ. ކުރިން އޭނާ ނިންމައިފައި އޮތީ މިދިޔަ ބުރާސްފަތި ދުވަހުވެސް ޤުރުއާން އަންދައިލުމަށެވެ. އޭނާ މިދިޔަ ހަފްތާގެ ތެރޭގައި އެކަން އިއުލާނުވެސް ކޮސްފައިވެއެވެ.

އިސްލާމީ ޤައުމު ތަކުން އަންނަނީ މިކަންކަން ކުށްވެރި ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް