އަބްދުﷲ ޝާހިދު
ހަބަރު
22 Jul 2023 | 13:15
ސްވިޑެންގައި ޤުރުއާނަށް ހުރުމަތްތެރިކަން ކުޑަކުރާ މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފި

ސްވިޑެންގައި ކީރިތި ޤުރުއާނަށް ހުރުމަތްތެރިކަން ކުޑަކުރަ މައްސަލަ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ޚާރިޖީ ވުޒާރާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސްވިޑެންގައި ތަކުރާރުކޮށް ހިންގަމުން އަންނަ މި ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކުރާ ކަމަށެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެތައް މިލިޔަން މުސްލިމުންގެ އިޙްސާސްތަކާ ކުޅެ، އެމީހުންނަށް ސްވިޑްންއިން އެއްވެސް އިޙްތިރާމެއް ނުކުރާކަން ހާމަވާކަމެއްކަމަށް ދޭހަވާގޮތަށް ދިވެހި ސަރުކާރުންވަނީ ނުރުހުން ފާޅުކޮށްފައެވެ.

 އަދި މި ޢަމަލަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ހިންގި ކަމެއްކަމަށް ބުނެ ނިންމާ ނުލެވޭނެކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. އަދި މިއީ ދީނަށް ފުރައްސާރަކުރުމުގެ ޢަމަލެއްކަމަށްވެސް ދިވެހި ސަރުކާރުން ދެކޭ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ. މިފަދަ ޢަމަލުތަކަކީ އެއިން އެއްވެސް ފައިދާއެއް ނުނުކުންނާނޭކަމެއްކަމަށާއި އަދި އޭގެ ސަބަބުން ބައިނަލްއަޤުވާމީ އެއްބައިވަންތަކަމުގެ އަސާސްތައް ނެތިގެންގޮސް ސުލްޙަޔަށް ބުރޫއެރުން ނޫންކަމެއް ނުވާނެކަމަށްވެސް ދިވެހިސަރުކާރުން ދެކޭ ކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބައިނަލްއަޤްވާމީ ދުނިޔެއަށް ރާއްޖެއިން ގޮވާލައިފައިވަނީ އިސްލާމް ދީނާ ދެކޮޅަށް ހިންގާ މިފަދަ ހަރުކަށި އަމަލުތައް ހުއްޓުވުމަށެވެ.

 ޚާރިޖީ ވުޒާރާއިން މި ބަޔާން ނެރެފައިމިވަނީ މިދިޔަ ބުރާސްފަތި ދުވަހު ސްވިޑެންގެ ސްޓޮކްހޮމްގައި ހުންނަ ޢިރާޤުގެ އެމްބަސީ ކުރިމަތީގައި ސަލްވާން މޮމިކާ ނަމަކަށް ކިޔާ މީހަކު ކީރިތި ޤުރުއާނުގައި ފައިންޖަހައި އެއަށް އިޚްތިރާމް ކުޑަކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިންވެސް ސަލްވާން ވަނީ ކީރިތި ޤުރުއާނުގެ ކޮޕީއެއް އަންދައިލައިފައެވެ. އެފަހަރު އޭނާ އެކަންކޮށްފައިވަނީ ސްޓޮކްހަމްގައި ހުންނަ އެންމެ ބޮޑު މިސްކިތުގެ ކުރިމަތީގައެވެ. އޭނަގެ މި ޢަމަލުތައް އިސްލާމީ ޤައުމުތަކުން އަންނަނީ ކުށްވެރިކުރަމުންނެވެ.

ސަލްވާން މޮމިކާއަކީ ސްވިޑެންއަށް ނިސްބަތްވާ ޢިރާޤުގެ ރެފިޔުޖީއެކެވެ.

ސްވިޑެންގައި ހިންގަމުންދާ މި ޢަމަލުތައް މީގެ ކުރިންވެސް ރާއްޖެއިން ވަނީ ކުށްވެރިކޮށްފައެވެ.   

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.