ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަކީލުން--ފޮޓޯ/ ވޮއިސް
ހަބަރު
23 Jul 2023 | 13:13
ރައީސް ޔާމީންގެ ގާނޫނީ ޓީމުން އެމަނިކުފާނާ ބައްދަލު ކުރަން ދިޔުމުން ފުރުސަތު ނުދިން!

ކުރީގެ ރައީސް، އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ގެ ގާނޫނީ ޓީމުން އެމަނިކުފާނާ ބައްދަލު ކުރެއްވުމަށް މާފުއްޓަށް ވަޑައިގެންނެވުމުން އެ ފުރުސަތު ވަކީލުންނަށް ދެއްވާފައި ނުވާ ކަމަށް އިދިކޮޅުުން ބުނެފިއެވެ. 

ޕީޕީއެމް އިން ކުރި ޓުވީޓެއްގައި ބުނީ، ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމު، އެމަނިކުފާނާއި ބައްދަލު ކުރައްވަން ހުއްދަ ދިނުމަށްފަހު، ބައްދަލު ކުރައްވަން މާފުށްޓަށް ވަޑައިގެންނެވުމުން، އެ ފުރުސަތު ދެއްވާފައި ނުވާ ކަމަށެވެ. އަދި އެގޮތަށް ކަން ކުރީ ހޯމް މިނިސްޓަރު ޢިމްރާން އަބްދުاللهގެ އެންގެވުމަށް ކަމަށްވެސް އެ ޕާޓީން ތުހުމަތު ކުރެއެވެ. 

މިކަމާއި ގުޅުވައި ރައީސް ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ވަކީލުންނާ އެމަނިކުފާނާ މިއަދު ބައްދަލުނުވި ކަމަށެވެ.

"‏ވަކީލުންގެ ބައްދަލުވުން ނުލިބުނު. ނޫނޭ ވާ ވަރަކަށް ބިރު ގަނެއްޖެ. ފައިލްތައް ބަލާ ހާވަން ޖަލު އޮފިސަރުންނަށް އޮތީ އަންގާފަ. ދުސްތޫރީ މައްސަލާގެ ލިއެކުންތައް ބަލަން ފޯރިނަގާފަ ތިބީ." ޑރ.ޖަމީލު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ފަރާތްޕުޅުން އެމަނިކުފާނުގެ އިންތިޚާބީ ޙައްޤުތައް ކަށަވަރުކުރުމަށް ދުސްތޫރީ މައްސަލައެއް އިއްޔެ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްވަނީ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހަޅާފައިވަނީ އެމަނިކުފާނު ހައިކޯޓަށް ފެބްރުއަރީ މަހު ހުށަހެޅުއްވި އިސްތިއުނާފީ މައްސަލަ ލަސްކުރާތީއެވެ.

އެ މައްސަލާގައި އެދިފައިވަނީ، ރައީސް ޔާމީނުގެ ދުސްތޫރީ މައްސަލަ އަވަސްކޮށްދީ އެ މައްސަލައިގެ ސަބަބުން ހިފަހެއްޓިފައިވާ ރައީސް ޔާމީނުގެ ދުސްތޫރީ ޙައްޤުތައް އެމަނިކުފާނަަށް އިއާދަކޮށްދިނުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.