ތުރްކިޔޭގެ މަޝްހޫރު ޝެފް ބުރެކް އޮޑްޒިމިއަރ
ހަބަރު
25 Jul 2023 | 08:46
ތުރްކިޔޭގެ މަޝްހޫރު ޝެފް އޭނާގެ ބައްޕަ ގޮވައިގެން ކޯޓަށް

ދުނިޔެއަށް މަޝްހޫރު ޝެފް، ބުރެކް އޮޒްޑިމިއަރ އޭނާގެ ބައްޕަގޮވައިގެން ކޯޓަށް ދިޔުމަށް ނިންމައިފިއެވެ.

ބުރެކް އޭނާގެ ބައްޕައާއި ދެކޮޅަށް ކޯޓަށް ދިޔުމަށް ނިންމާފައިމިވަނީ މަކަރާއި ހީލަތުގެ މައްސަލައެއްގައެވެ.

އަބަދުވެސް ހިނިތުންވެފައިވާ މޫނަކާއި އެކު ފެންނަ ބުރެކް އާއި އެނާގެ ބައްޕައާއި ދެމެދު ޖެހުނު މިމައްސަލަ ފެންމަތިވެގެން ދިޔައީ ފެބްރުއަރީ މަހު ތުރްކިޔޭއަށް އައި ބިންހެލުން ތަކުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވުމަށް ބުރެކް އަށް ދަތިތަކެއް ކުރިމަތިވާން ފެށުމުންނެވެ.

އެދަތިތައް ކުރިމަތީވީ ސަބަބު ބެލިއިރު ބުރެކް އޮޑްޒިމިއަރ ގެ ބައްޕަ ހަސަން އޮޑްޒިމިއަރ، އޭނާގެ ބްރޭންޑްގެ ނަމުގައި އެހެންމީހުންނަށް ރެސްޓޯރެންޓް ހިންގުމަށް ހުއްދަ ވިއްކަމުންދިޔައެވެ. އަދި އެކަން އޭނާގެ ބައްޕަ ކޮށްފައިވަނީ އެނާގެ ހުއްދައަކާއި ނުލައިކަމަށް ވެއެވެ.

އަދި އޭނާގެ ބައްޕަ އެނާގެ މީޑިޔާ ކޮމްޕެނީ ކަމަށްވާ ހަތާޔާ މީޑިޔާ މެދުވެރިކޮށް ބުރެކް އޮޑްޒިމިއަރ ގެ ނަން ބޭނުން ކޮށްގެން، އޭނާގެ ހުއްދަޔާއި ނުލައި ލޯނުތައް ނަގައިފައިވާ ކަމަށް ޢަރަބް ނިއުސްގައި ބުނެފައިވެއެވެ.

އަދި އެގޮތައް ހޯދި ފަންޑު ތަކުން އޭނާގެ ބައްޕަ ލަގްޒަރީ ބްރޭންޑް ތަކުގެ ކާރު ފަދަ އަގުބޮޑު ތަކެތި ގަނެފައިވާކަމަށް ބުރެކް އޮޑްޒިމިއަރ އޭނާގެ ބައްޕައާއި މެދު ކުރާ ތުހުމަތުތަކުގައިވެއެވެ.

ޢަރަބް ނިއުސްގައި ބުނެފައިވަނީ ބުރެކް އޮޑްޒިމިއަރގެ ބައްޕަ އޭނާގެ ހުއްދަނެތި އޭނާގެ ބްރޭންޑްގެ ނަމުގައި 41 މިލިއަން ޑޮލަރުގެ ހުއްދަ ވިއްކައިފައިވާ ކަމަށެވެ.     

ދުނިޔެ ބަލައިގަނެފައިވާ އޭނާގެ ނަމާއި އޭނާގެ ބްރޭންޑްގެ ކޮލިޓީ ހިފެހެއްޓުމަށްޓަކައި އައު ރެސްޓޯރެންޓެއް ހުޅުވުމަށް މިހާރު އޭނާ ދަނީ މަސައްކަތް ކުރަމުންނެވެ. އެކަމަށް މާލީ ގޮތުން ބޭނުންވާ ކަންކަން ހަމަޖެއްސުމުގެ ގޮތުން އޮޑްޒިމިއަރ ވަނީ އޭނާގެ ލަގްޒަރީ ކާރުތައް ވިއްކައިލައިފައެވެ. ރެސްޓޯރެންޓް ހުޅުވުމުގެ އިތުރުން އޭނާގެ ބައްޕައާއި ދެކޮޅަށް އޭނާ ކޯޓަށް ވައްދާފައިވާ މައްސަލައަށް ވެސް ފައިސާ ބޭނުންވާތީ އޭނާ ދަނީ އޭނާގެ މިލްކިއްޔާތުގައި ހުރި އަގުބޮޑު ތަކެތި ވިއްކުމަށް މަސައްކަތް ކުރަމުންނެވެ.

ބުރެކްގެ ބައްޕަ ހަސަން ވަނީ ބުރެކް ކޮށްފައިވާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށްބުނެފައެވެ.

ބުރެކް އޮޑްޒިމިއަރ އޭނާގެ ބައްޕަ ހަސަން އޮޑްޒިމިއަރ އާއި ދެކޮޅަށް އުފުލައިފައިވާ ދައުވާތަކުގެ އަޑު އެހުންތައް ސެޕްޓެމްބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
13 Sep 2026
ކްލަބް މެޗެއްގައި ޤައުމީޓީމް ޖާޒީ ބޭނުންކުރުން؛ ދޭހަވީ ގޮތެއްފޮތެއް ނެތްކަން؟
މި މައްސަލައިގައި ވޮއިސްއާ ވާހަކަދައްކަމުން ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ މަޝްހޫރު ފޯވާޑަކު ވެސް ވަނީ މިއީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެފައެވެ.
13 Sep 2026
ގިނަ އަދަދެއްގެ ކުދީންނާއެކު މި އަހަރުގެ "މަންފާ ނަމާދު ވޯކްޝޮޕް" ފަށައިފި
މި އަހަރު ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ދަންފަޅިއަކަށް ދެ އުމުރު ފުރައަކަށް ބަހާލައިގެންނެވެ. އެއީ ހަތް އަހަރާއި 10 އަހަރާއި ދެމެދުގެ ދަރިވަރުން އަދި 10 އަހަރާއި 14 އަހަރާ ދެމެދުގެ އުމުރުފުރާ އެވެ.
13 Sep 2026
ހުރިހާ ރަށެއްގައި ނަސޭހަތުގެ ބޯޑް ހަރުކުރުމުގެ މަސައްކަތް: ކ އަތޮޅުގައި ފަށައިފި
އިސްލާމިކް މިނިސްޓްރީން ބުނީ ނަސޭހަތުގެ މެސެޖުތައް ހިމެނޭ ބޯޑްތައް ކ އަތޮޅުގެ ހުރިހާ ރަށަކަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
13 Sep 2026
ތާރީހީ ދުވަހު ރާއްޖޭގެ ބޮޑު މިސްކިތުގެ ބިންގާ އަޅައިފި, ދެ އަހަރުން ނިންމާނެ
ސަރުކާރުން ބުނީ ރާއްޖޭގައި ބިނާކުރަން ހަމަޖެހިފައިވާ އެންމެ ބޮޑު މިސްކިތުގެ ނަމަކީ "ޖާމިޢުއްސުލްޠާން މުޙައްމަދު ބުން ޢަބްދުﷲ" ކަމަށެވެ.
13 Sep 2026
ސިފައިންގޭގެ ހިދުމަތްތެރިޔާ ޖާދޫ މަނިކު ނިޔާވެއްޖެ
މަނިކަކީ ދިވެހި ދައުލަތަށް 46 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާއަށް ވަނީ ދައުލަތަށް ހިދުމަތް ކުރެއްވުމުގެ އިނާމު، 2023 ވަނަ އަހަރު ލިބިވަޑައިގެންފަ އެވެ.
13 Sep 2026
ޤަތަރު އެއާވޭޒްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކުރަނީ
މި ބަދަލާއެކު، ގަތަރުގެ ހަމަދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް ރާއްޖެއަށް ދުވާލަކު ތިން ފްލައިޓް އޮޕަރޭޓް ކުރާނެއެވެ.
13 Sep 2026
ވިއްސާރައިގައި އައްޑޫގެ އިތުރު ގެތަކަކަށް ބޮޑެތި ގެއްލުންތަކެއް
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.
13 Sep 2026
އެމްބާޕޭގެ ގޯލްތަކާއެކު ރެއާލް މެޑްރިޑުން، ރަޔޯ ވަޔެކާނޯ ބަލިކޮށް ދެވަނައަށް