މާލޭ މޭޔަރ މުޙައްމަދު މުޢިއްޒު
ހަބަރު
25 Jul 2023 | 11:50
މޭ އައްޑަނައަކަށް ދިއްކުރައްވައިގެން ރައީސް ޔާމީން އެކުރައްވަނީ ޤައުމީ ޖިހާދެއް: މުޢިއްޒު

މޭ އައްޑަނައަކަށް ދިއްކުރައްވައިގެން ރައީސް ޔާމިން އެކުރައްވަނީ ވަރުގަދަ ޤައުމީ ޖިހާދެއް ކަމަށް މާލެ މޭޔަރު މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މުޢިއްޒު މިހެން ވިދާޅުވީ ރޭ ބޭއްވި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ހަރުގެ ބައްދަލުވުމެއްގައި ވާހަކަދައްްކަވަމުންނެވެ. މުޢިއްޒު ވިދާޅުވީ ރައީސް ޔާމިނަގް ކެނޑިޑެސީއަށް ސަރުކާރުން ހުރަސް އަޅަމުން އަންނަކަމަށެވެ.

މުޢިއްޒު ވިދާޅުވީ މިވަގުތަކީ އެކަތިގަނޑެއްގެ ގޮތުގައި އެއްއަޒުމެއްގައި އެކުވެރިކަންމަތީގައި ތިބެންވިވަގުތު ކަމަށެވެ. އަދި އެކުވެރިކަމަކީ ގަދަފަދަ ބާރެއްކަމަށް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ އެކޯލިޝަންތެރެ ބައިބައި ކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާއި، އޭގެ ބޭނުމަކީ އެކޯލިޝަންގެ ސަފުތައް ރޫޅާލުން ކަމަށެވެ.

މުޢިއްޒު ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނާއި އަދި މި ޤައުމުގެ ދުޝްމަނުން ބޭނުންވަނީ އެކަން އެގޮތައް ކުރުމަށް ކަމަށެވެ. އަދި އެކަން އެހެން ވިޔަ ދީގެން ނުވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. މުޢިއްޒު ވިދާޅުވީ ހިތްވަރު ލިބިގަންނަންވީ ރައީސް ޔާމިންގެ ކިބައިން ކަމަށާއި، އެމަނިކުފާނު އެކުރައްވަނީ ވަރަށް ވަރުގަދަ ޤައުމީ ޖިހާދެއް ކަމަށެވެ.

"މުޅި ޤައުމުގެ ޙައްޤުގަ މިޤައުމުގެ މުސްތަޤްބަލަށް ޓަކައި، މިޤައުމުގެ މިނިވަންކަމަށް ޓަކައި ރައީސް ޔާމީންގެ މޭ އައްޑަނައަކަށް ދިއްކުރައްވައިގެން ގިނިކަންޏާ އެކުރައްވަނީ ވަރަށް ވަރުގަދަ ޖިހާދެއް"  

މުޙައްމަދު މުޢިއްޒު

މުޢިއްޒު ވިދާޅުވީ އަޒުމަކަށް ހަދަންވީ ރައީސް ޔާމިންގެ މަސައްކަތުގައި ބައިވެރިވެގެން އެކަމުގައި މަސައްކަތް ކުރުން ކަމަށެވެ. އަދި ރައީސް ޔާމިން ދައްކަވާ ހިތްވަރުގައި ބައިވެރިވެގެން އެމަސައްކަތުގައި ކުރިއަށް ދިއުންކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަޒުމަށް ގުޑުމެއް އައިސްގެންނުވާނެ، އަޅުގަނޑުމެންގެ އުންމީދު ފަނޑުވެގެންނުވާނެ، އަޅުގަނޑުމެންގެ ހިތްވަރު ބަލިވެގެންނުވާނެ،  އަޅުގަނޑުމެން ތިބެން ޖެހޭނީ ރައީސް ޔާމިން އެދައްކަވާ ހިތްވަރު ހިތްވަރު ލިބިގަނެ އެމަނިކުފާނާއި އެކީގަ" މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ ޤައުމުދެކެ ލޯބިވާ ހުރިހާ ރައްޔުތުންވެސް ކުރަންވި މަސައްްކަތަކީ ރައީސް ޔާމިން އެކުރައްވާ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ.

އިންތިޚާބަށް ކުޑަ ދުވަސް ކޮޅަކަށް ވެފައި ވާއިރު ރައީސް ޔާމިންގެ ކެނޑިޑެސީ ފޯމު ފުރައި އީސީ އަށް ހުށައެޅުމުގެ މަސައްކަތް ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ ކުރަމުންނެވެ. އެކޯލިޝަނުންވެސް އަދި ރަނިންމޭޓެއްގެ ނަން އިޢުލާނު ކޮށްފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އިނގުރައިދޫގެ އެންމެ ދުވަސްވީ ޚިދުމަތްތެރި އެއް މުދައްރިސް
މުހައިމިން ވިދާޅުވި ގޮތުގައި މީގެ 37 އަހަރު ކުރިން އަތޮޅު މަދަރުސާއިން ޚިދުމަތް ފެއްޓެވިއިރު، ތައުލީމީ ދާއިރާ އޮތީ ހާސްބައި ތަފާތުކޮށެވެ. ފުރަތަމަ ކަމަކަށް ސްކޫލަށް ކުދިން ގެނައުމަށްޓަކައި ގެތަކަށް ހިނގައި ބެލެނިވެރިންނާ ވާހަކަދައްކަން ޖެހުނެވެ. ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް އިންތިހާއަށް މަދެވެ
05 Oct 2026
އެގްރޯނެޓްގެ ޗެއާމަނަކަށް މިފްކޯގެ ސީއީއޯ، އެމްޑީއަކަށް ޝިނާން ހަމަޖައްސައިފި
އެ ކުންފުނީގެ އިސް މަގާމުތަކަށް ބޭފުޅުން އައްޔަނުމިކުރީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ދަށަށް އެ ކުންފުނި މިދިޔަ މަހު ބަދަލުކޮށްފައި ވަނިކޮށެވެ.
05 Oct 2026
ކުއްޖަކަށް އޭނާގެ ބޭބެ ޖިންސީ ގޯނާކުރި މައްސަލައެއް؛ ތަހުގީގު ފަށައިފި
ފުލުހުން މިރޭ ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ދަނީ ތަހުގީގުކުރަމުން ކަމަށެވެ.
05 Oct 2026
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ.
05 Oct 2026
ރަޝިއާގެ ލެބޯޓްރީއެއްގައި ހިނގި ހާދިސާއަކާ ގުޅިގެން "ޕްލޭގް" ބަލި ފެތުރިދާނެކަމުގެ ބިރު ހީވެއްޖެ
މި ހާދިސާއާ ގުޅިގެން ބައިނަލްއަގުވާމީ ސަމާލުކަން ވެސް ވަނީ މިކަމަށް ހުއްޓިފައެވެ. އެމެރިކާގެ ވައިޓް ހައުސް އާއި ސިއްހީ އިދާރާތަކުން ދަނީ މި ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ މިކަމުގެ ސައްހަ މައުލޫމާތު ވީހާވެސް އަވަހަކަށް އަދި ދެފުށް ފެންނަ ގޮތެއްގައި ހާމަކުރުމަށް ރަޝިއާ ސަރުކާރަށް ގޮވާލާފައެވެ.
05 Oct 2026
ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ.
05 Oct 2026
ތިނަދޫ މޭޔަރުގެ ޝަރީއަތް ފަށައިފި، ވަކީލަކު ހަމަޖައްސަން 10 ދުވަސް
އެއީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އާއި ތަހުގީގަށް ހުރަސްއެޅުމުގެ ދައުވާ އެވެ. އެ ދެ ދައުވާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓްގައި ވަނީ ފަށާފަ އެވެ.
05 Oct 2026
އެމްފައިސާ މެދުވެރިކޮށް ޕޭޕަލް ބޭނުންކުރާ ކަސްޓަމަރުންގެ ޢަދަދު 5000 ފަހަނައަޅައިފި
އުރީދޫއިން ބުނީ ޖޫން 2026 ގައި ފެށި މި ޚިދުމަތުގެ ދަށުން ކަސްޓަމަރުންނަށް އެ މީހުންގެ ޕޭޕަލް އެކައުންޓް އެމްފައިސާއާ ގުޅާލައި ޕޭޕަލް މެދުވެރިކޮށް ލިބޭ ޑޮލަރު ސީދާ އެމްފައިސާ ޔޫއެސްޑީ ޕޮކެޓަށް ޖަމާކުރެވޭ ކަމަށެވެ. ހަމައެހެންމެ ޖަމާކޮށްފައި ހުންނަ ފައިސާ އަނބުރާ ޕޭޕަލް އެކައުންޓަށް ފޮނުވުމުގެ ފުރުޞަތު ވެސް ލިބެއެވެ. މި ޓްރާންސެކްޝަންތަކަށް އުރީދޫން މިވަގުތު އެއްވެސް ފީއެއް ނުނަގައެވެ.