ހަބަރު
26 Jul 2023 | 14:49
ޑެންގީ ހުމާއި ބޭރަށްހިނގުން އިތުރު ވާތީ ސަމާލުވާން އެދިއްޖެ!

ޑެންގީ ހުމާއި ބޭރަށް ހިނގުން ތަންކޮޅެއް ގިނަވެއްޖެކަމަށް ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރ އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ޑރ ފައިސަލް މިހެން ވިދާޅުވެފައިވަނީ ޑރ ކުރައްވާފައިވާ ޓްވީޓެއްގައެވެ.

ޑރ ފައިސަލް ވިދާޅުވެފައިވަނީ ޑެންގީހުމާއި ބޭރަށް ހިނގުން ތަންކޮޅެއް ގިނަ ވެއްޖެ ކަމަށެވެ. އެގޮތުން އިއްޔެ ހޮސްޕިޓަލުގައި އެނދުމަތިކުރި ކުދިންގެ ތެރެއިން ތިން ކުދިން ބޭއްވީ ޑެންގީ ހުން ޖެހިގެން ކަމަށެވެ.

މީގެއިތުރުން ދެ ކުދިން ބޭރަށް ހިންގާތީ އެނދުމަތިކުރި ކަމަށާއި އަދި އެއްކުއްޖަކު އިންފުލުއެންޒާ އަދި ނިއުމޯނިއާ ޖެހިގެން އެނދުމަތިކޮށްފައިވާ ކަމަށް ޑރ ފައިސަލް ވިދާޅުވެފައިވެއެވެ.

ޑރ ފައިސަލް ވަނީ ރައްކާތެރިވެވެންހުރި ކަންތައްތައް ކުރެއްވުމަށް އިލްތިމާސް ކުރައްވައިފައެވެ.

 ޑެންގީހުމަކީ ދޭތެރެ ދޭތެރެއިން ރާއްޖޭގައި ފެތުރޭ ބައްޔެކެވެ. ޑެންގީ އިން ރައްކާތެރިވުމަށް މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ އަދި ރެޕެލެންޓްބޭނުން ކުރުން، އަދި   ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތުގައިވެސް ހަފާ މަދިރިއެއް، ހާއްސަކޮށް ފަތިސް ގަޑީގައި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގިނަވާތީ ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެ ގަޑިތަކުގައި ލައްޕާފައި ބެހެއްޓުން ހިމެނެއެވެ.

 މީގެ އިތުރުން  ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން، ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގޫގެ ނުރައްކާތެރި އަލާމާތްތައް  ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދެއްކުން ހިމެނެއެވެ.

ޑެންގީގެ ޢަލާމާތްތަކަކީ ކުޑަކަމު ދެވޭ މިންވަރު މަދުވުން، އާދަޔާ ހިލާފަށް ވަރު ދެރަވުން، ބަނޑުގައި ރިއްސުން އަދި ތުއްތުކުދިންނަށް  ކައިރިން ނުބޮވުން ހިމެނެއެވެ.

ޢާންމުކޮށް ފެތުރޭ ރޯގާ ތަކުން ރައްކާތެރިވުމަށް ސައިބޯނިލައިގެން ސާފުކޮށް އަތްދޮވުމަށް ހާއްސަ ސަމާލުކަމެއްދިނުމަށް އަބަދުވެސް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.
04 Aug 2026
ހިމަބިހީގެ އިތުރު 13 ކޭސް، ޖުމްލަ އަދަދު 199 އަށް
އެޗްޕީއޭ އިން ބުނީ މިދިޔަ ހަފްތާގައި ހިމަބިހީގެ 13 ކޭސް މާލެ ސަރަހައްދުން ފެނިފައިވާ ކަމަށެވެ.
04 Aug 2026
ނުރަނގަޅު ތަޞައްވުރު ފެތުރުން ހުއްޓާލުމަށް ކަސްޓަމްސްއިން އިލްތިމާސްކޮށްފި
ރާއްޖެއަށް އެތެރެކުރުން މަނާތަކެތި ބޯޑަރުން އެތެރެވިޔަނުދީ ހިފެހެއްޓުމަކީ ކަސްޓަމްސްގެ ޤާނޫނީ ޒިންމާއެއް ކަމަށާއި، އެ މަސައްކަތާމެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަޞައްވުރެއް އުފެދޭގޮތަށް ޢަމަލުނުކުރުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އިލްތިމާސްކޮށްފިއެވެ.
04 Aug 2026
ބީއެމްއެލްގެ ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްފި
ބީއެމްއެލްއިން ބުނީ މި ބަދަލުތަކަކީ ބޭންކުގެ ޒިންމާދާރުކަން އިތުރުކުރުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފަސޭހަކޮށް، ދެމެހެއްޓެނިވި ކުރިއެރުމެއް ހޯދުމަށް އެކުލަވާލާފައިވާ ދިގު މުއްދަތުގެ އިސްތިރާތީޖީގެ ދަށުން ގެނައި ބަދަލުތަކެއް ކަމަށެވެ. މިގޮތުން ގެނައި ބަދަލުތަކާއެކު އެގްޒެކެޓިވް ޓީމުގެ ހަތަރު މެންބަރަކު ވަނީ ކުރިއަށް އޮތް ހަ މަސް ދުވަހުގެ މުއްދަތަށް އާ މަގާމުތަކަކާ ހަވާލުވެފައެވެ.
04 Aug 2026
ވީއައިއޭއާއި މާމަހި ލައުންޖް ވޯލްޑް ޓްރެވަލް އެވޯޑްސް އަށް ނޮމިނޭޓްވެއްޖެ
ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ޝަރަފުވެރި ދެ ކެޓަގަރީއަކުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
04 Aug 2026
އެސްޖޭ މިސްކިތް ލަސްވުމުން ކުންފުނީގެ ދިފާޢުގައި ޝަހީމް ނުކުންނަވައިފި
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ޙުސައިން ޝަރީފު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މިސްކިތް ބިނާކުރުމުގެ ކަންކަމާގުޅޭ އިދާރީ މަސައްކަތާއި އަދި މިސްކިތުގެ ޑިޒައިނާއި ގުޅިގެން، މަސައްކަތްކުރިއަށް ގެންދާ ކުންފުންޏަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރު ސުވާލުކުރެއްވި އިރު މިސްކިތުގެ މައްސަލަ ހައްލުވިތާ 4 މަސް ފާއިތުވެ ހިނގައްޖެ
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ޝަހީމް ވިދާޅުވީ، ތުޅާދޫ މިސްކިތް ހުރި ސަރަހައްދުން ގަބުރުތައް ނަގައި ސާފްކޮށް ނިމިގެންދިޔަ ރޯދަމަހު އެ މިސްކިތުގައި ނަމާދުކުރަން ފަށާފައިވާކަމަށެވެ
04 Aug 2026
ޣައްޒާގައި ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާ މިއަދު
އިސްރާއީލުގެ ނިރުބަވެރި ބާރުތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދުކޮށްލާފައިވާ އެއް އާއިލާއަކަށް ނިސްބަތްވާ 112 މީހެއްގެ ހަށިގަނޑު ވަޅުލުމަށް ބާއްވާ ބޮޑު ޖަނާޒާ މިއަދު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މިއީ މި ޤަތުލްއާއްމު ފެށުނު ފަހުން ބޭއްވޭ އެންމެ ބޮޑު އެއް ޖަނާޒާއެވެ.