ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ރައީސް ޔާމީން/ ފޮޓޯ: އިންޓަނެޓު
ހަބަރު
27 Jul 2023 | 12:00
ރާއްޖެއަށް އިޤްތިޞާދީ މިިނިވަންކަން ގެނެސްދިން ލީޑަރު އެ އޮތީ ޖަލަށް ލާފައި: ސައީދު

ދިވެހިރާއްޖެއަށް އިޤްތިޞާދީ މިނިވަންކަން ގެނެސްދެއްވި ލީޑަރު އޮތީ، ޖަލަށް ލާފައިކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރޭ އިދިކޮޅުން ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ބައިވެރިންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ ގައުމުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރާ ކޮންމެ ލީޑަރަކަށް ވެސް ބޮޑެތި އަނިޔާތަކާއި ގޮންޖެހުންތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި ކަމަށެވެ. 

ދިވެހިރާއްޖެ މިއަދު މި ދެކޭ ހަޤީގީ މިނިވަންކަން ހޯއްދަވާ ދެއްވީ ކުރީގެ ރައީސް އަލް މަރުޙޫމު އިބްރާހިމް ނާސިރު ކަމަށާއި، އެމަނިކުފާނަށް ވެސް ބޮޑެތި އަނިޔާތަކާއި ގޮންޖެހުންތަކާއި ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަން ސައީދު ފާހަގަކުރެއްވި އެވެ. 

އެ ވާހަކައާއި ގުޅުވާ ސައީދު ވިދާޅުވީ ދިވެހިރާއްޖޭގެ ފުދުންތެރިކަން އިތުރުކޮށް އިޤްތިޞާދީގޮތުން ރާއްޖެއަކީ މިނިވަން ގައުމަކަށް ހެދުމަށް މަސައްކަތްޕުޅު ކުރެއްވި ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ.

އެމަނިކުފާނަކީ އިޤްތިޞާދީ ގޮތުން ރާއްޖެ މިނިވަންކޮށްދެއްވި ލީޑަރުކަމަށާއި، އެމަނިކުފާނުގެ ވެރިކަން ބަދަލުވި ހިސާބުން ޖަލަށް ލައި، ޖަލުގައި 900 އެތައް ދުވަހެއް ހޭދަކުރެއްވުމުން، މިނިވަންކަމަށްޓަކައި މަސައްކަތް ކުރައްވާ ލީޑަރުންނަށް އަނިޔާދޭކަން ސާފުވެގެންދާކަމަށް ސައީދު ވިދާޅުވި އެވެ. 

ޕީއެންސީގެ ނައިބު ރައީސް ސައީދު

"ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން މަސައްކަތް ކުރި ކޮންމެ ލީޑަރަކު އޭގެ ތެރެއިން އަތްފުނާ އަޅައިގެން ބަލާލީމަ އަޅުގަނޑުމެންނަށް މި ފެންނަނީ މަރުހޫމު އިބްރާހިމް ނާސިރުގެ މަސައްކަތްޕުޅު. އަދި ރައީސް ޔާމިނުގެ 5 އަހަރު ކުރެއްވި ހިތްމަތްތެރި މިންނެތް، ވަރުގަދަ މަސައްކަތްޕުޅު. މި ރާއްޖެ އަޅުވެތި ކުރުމަށްޓަކައި، ރާއްޖެ މިނިވަންކުރި ލީޑަރަކު، ރާއްޖޭގެ އިޤްތިޞާދު މިނިވަންކުރި ލީޑަރަކު.. ހަރުދަނާ ލީޑަރަކު 900 އެތައް ވަންދެން އަނިޔާވެރިކަމާއެކު ޖަލުގައި ބަހައްޓާފައި އެ ހުރީ"

ޕީއެންސީގެ ނައިބު ރައީސް ސައީދު

އިދިކޮޅުން ފާހަގަކުރާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި ހިންގެވި މަޝްރޫއުތަކާއި، ނެންގެވި ލޯނުތަކުން ކުރެއްވި ކަންކަމަކީ ދިވެހިރާއްޖޭގެ "އިޤްތިޞާދީ ސިޔާދަތު" ކަށަވަރުކުރުމަށް ކޮށްދެއްވި ކަންކަމެވެ. 

އެގޮތުން އެމަނިކުފާނުގެ ޒައާމަތުގައި ހިންގެވި މަޝްރޫއުތަކުގެ ސަބަބުން އިޤްތިޞާދު ފުޅާވެގެން ގޮސްފައިވާ ކަމަށާއި، އެއީ އަވައްޓެރި ބައެއް ޤައުމުތަކަށް "ހަޖަމު ކޮށްލަން" އެހާ ފަސޭހަކަމަކަށް ނުވިކަން އިދިކޮޅުން ފާހަގަކުރެއެވެ. 

މި ވެރިކަން ބަދަލުކުރީ ވެސް ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއަރަމުންދާތީ އަވައްޓެރި ބައެއް ގައުމުތަކަށް އެކަން ހަޖަމުނުވެގެން އެމީހުންގެ ވެސް އެހީތެރިކަމާއެކުގައި ކަމަށް އިދިކޮޅުން ތަކުރާރުކޮށް ތުހުމަތުތައް ކުރަމުންދާއިރު، މިއަދުގެ ހާލަތު ބަދަލުކުރުމަށް އަންނަ ސެޕްޓަމްބަރު މަހުގެ 9 ގައި ލާ ވޯޓުން ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނައުމަށް އިދިކޮޅުން ވަނީ ގޮވާލާފަ އެވެ. 

ކޮމެންޓް
ާެަނާދި
އެއީ ކޮން ކަމެއް ކޮއްގެން، އިގުސާދީ ފުދުންތެރިކަން ގެނެސްދިނީ ނަޝީދު، ދެން މިހިނގާ ސަރުކާރުން
27 Jul 2023
އައިމިނަ
އިގްތިސާދީ މިނިވަންކަމަކީ އަމިއްލަ އެކައުންޓްތަކަށް 200 މިލިޔަން ރުފިޔާ ޖަމާކުރުން ހެއްޔެވެ؟ އުމަރު ބުނީ ތިޖޫރީ އިން ތަނުގައި ވަޅުގަޑުވެސް ނީންނާނެއެވެ.
27 Jul 2023
ގުޅޭ ލިޔުންތައް
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.