މިނިވަންއުފާ ކާނިވާ
ވިޔަފާރި
29 Jul 2023 | 20:37
މިނިވަންއުފާ ކާނިވަލަށް ޒިޔާރަތްކޮށްގެން ދެމީހަކަށް ބާލީ ދަތުރެއް

މިނިވަންއުފާ ކާނިވަލަށް ޒިޔާރަތްކޮށްގެން ދެމީހަކަށް ބާލީ ދަތުރެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ހުޅުވައިލައިފިއެވެ.

އުރީދޫއިން ބުނީ  ހޯމް މިނިސްޓްރީ އާއި އާބަންކޯއާ ގުޅިގެން ކުރިއަށް ގެންދާ މިނިވަން އުފާ ކާނިވަލު ގެ ޕަރޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސްއިން ކާނިވަލުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ފަރާތަކަށް ލަކީ ޑްރޯ ގެ ގްރޭންޑް ޕްރައިޒް ގެ ގޮތުގައި 7 ދުވަހުގެ ބާލީ ދަތުރެއް ދޭންވަނީ ނިންމާފައި ވާކަމަށެވެ.

އެގޮތުން މިރޭ ، 29  ޖުލައި އިން ފެށިގެން އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހވީރު 4 ކުން 6 އަށް އަދި ރޭގަނޑު 8 ކުން 12 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ދާ މިނިވަން އުފާ ކާނިވަލަކީ ހުރިހާ އުމުރުފުރައެއްގެ ބައިވެރިންނަށް ވެސް ބައިވެރިވެވޭނެ ފަދަ ހަރަކާތަކަށް ވެގެންދާނެ ކަމަށް އުރީދޫއިން ބުނެއެވެ.

ތަފާތު ހިތްގައިމު ހަރަކާތްތަކާއި ގިނަ ސްޓޯލްތަކަކާއެކު ބާއްވާ މި ކާނިވަލަކީ ކޮންމެ މީހަކަށް ވެސް އުފާވެރި ތަޖުރިބާއެއް ކަށަވަރުކޮށްދޭ ކާނިވަލެއް ކަމަށާއި، މިރޭ 8 ޖަހާއިރު ކާނިވަލް ހުޅުވުމަށް ބޭއްވޭ ރަސްމިއްޔާތާ އެކު ކާނިވަލް ގެ ހަރަކާތްތަކުގައި އެންމެހައި ބޭފުޅުންނަށްވެސް ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ.

 މި ކާނިވަލް ގައި ކުރިއަށް ދާ ލަކީ ޑްރޯ ގެ އެންމެ ބޮޑު އިނާމެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ދޭ 7 ދުވަހުގެ ބާލީ ދަތުރު ގެ ނަސީބުވެރި ފަރާތަކަށް ވުމަށް ކާނިވާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ކާނިވާގެ އެކި ތަންތަނުގައި ބަހައްޓާފައިވާ ކިއުއާރް ކޯޑް ސްކޭން ކޮށް ރެޖިސްޓަރކޮށްލުމުން އޮޓޮމެޓިކުން ލަކީ ޑްރޯގައި ބައިވެރިވެވޭނެ ކަމަށް އުރީދޫއިން ބުނެއެވެ. ލަކީ ޑްރޯ ގެ ނަސީބުވެރި ފަރާތް ހޮވަން ހަމަ ޖެހިފައިވަނީ ކާނިވަލުގެ ފަހު ދުވަސް ކަމަށްވާ 3 އޯގަސްޓް 2023 ގައި ކަމަށްވެސް އުރީދޫއިން ބުނެއެވެ.

މިނިވަން އުފާ ކާނިވަލުގެ އެންމެ ބޮޑު އިނާމުގެ ނަސީބުވެރި 1 ފަރާތަށް އުރީދޫއިން ދެ މީހުންގެ 7 ދުވަހުގެ ބާލީ ދަތުރުގައި ފްލައިޓް ޓިކެޓް 4 ތަރީގެ އެކޮމޮޑޭޝަން ގެ އިތުރުން ބާލީގެ މަޝްހޫރު ޓުއަރިސްޓް ސްޕޮޓްތައް ބަލާލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އުރީދޫއިން ބުނެފައިވެއެވެ.

އޭގެ ތެރޭގައި އުބުދުގައި 2 ރޭ، ނޫސާ ޕެނިޑާގައި 2 ރޭ އަދި 2 ރޭ ސެމިނިއާކް ގައި ހިމެނެއިރު މިތަންތަނުގައި ގައިޑަކާ އެކު ޓުއާ ކުރުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށާއި، ޓުއާ ގައި ހިމެނޭ ތަންތަނަށް ބަލާއިރު ކޮފީ ފާމް ޕްލާންޓޭޝަނަށް ޒިޔާރަތްކުރުމާއި، އަލޯހާ އުބުދު ސްވިންގް ބަލާލުމާއި، އުބުދު ސެންޓަރ އެކްސްޕްލޯކުރުމާއި، ހިތްގައިމު އެންޖަލް ބިލަބޮންގް އާއި ބްރޯކެން ބީޗް ބަލާލުމާއި، ހިތްގައިމު ކެލިންގްކިންގް ސީކްރެޓް ޕޮއިންޓާއި ކްރިސްޓަލް ބޭއަށް ޒިޔާރާތްކުރުމާ، އަޓޫހ ބީޗަށް ޒިޔާރާތްކުރުން، ޓްރީ ހައުސްއަށް ޒިޔާރަތްކުރުމާއި، ސެރިބޫ އައިލެންޑް ބަލާލުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށްވެސް އުރީދޫއިން ބުނެއެވެ.

7 ދުވަހުގެ ބާލީ ދަތުރު ހޯދުމުގެ ފުރުސަތުގެ އިތުރުން، މިނިވަން އުފާ ކާނިވަލުގައި ހުންނަ އުރީދޫ ނޭޝަން ސްޓޯލަށް ޒިޔާރަތްކުރުމަށްވެސް އުރީދޫ މޯލްޑިވްސް އިން އެންމެހައިބޭފުޅުންނަށްވެސް ވަރަށް ހޫނު ދައުވަތެއް ދޭ ކަމަށް އެކުންފުނިން ބުނެއެވެ.

އުރީދޫ ނޭޝަން ސްޓޯލްގައި ގޭމުކުޅޭ ފަރާތްތަކަށް ޝައުގުވެރި ވާނެފަދަ ކުޅިވަރުތަކެއް ފެނިގެންދާނެ ކަމަށާއި ބައިވެރިންނަށް ހިތްގައިމު އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
18 Sep 2026
ޙޫޘީންގެ ހަމަލާ ކުށްވެރިކޮށް މައްކާއާ މަދީނާގެ ޚިމާޔަތަށް އެދި ހުކުރު ޚުތުބާގައި ދުޢާކޮށްފި
އެ ތަންތަނަށް އަރައިގަންނަން މަސައްކަތް ކުރާ ކޮންމެ ބަޔަކު ނިކަމެތި ކުރެއްވުން އެދިވެސް ދުއާ ކުރައްވާފައިވެ އެވެ.
18 Sep 2026
ދަރަންޏެއް ނަގަން ޖެހިއްޖެ ހާލުގައިވެސް ރިބާ ހިމެނޭ ދަރަނިތަކާ ދުރުހެލިވޭ
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިއަދު އިއްވި ހުކުރު ޚުތުބާ ޚާއްޞަކޮށްފައިވަނީ "މާލީ މުޢާމަލާތުތަކުގައި ތެދުވެރިވުން" މި މައުޟޫޢަށެވެ. ޚުތުބާގައި ބަޔާންކޮށްފައިވާ ގޮތުގައި މުދަލަކީ الله ތަޢާލާ އިންސާނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އަދި ޤިޔާމަތް ދުވަހުން އެ މުދާ ހޯދި ގޮތާއި ހޭދަކުރި ގޮތާ މެދު ސުވާލުވެވޭނެ ކަމަށް ހަނދާންކޮށްދީފައިވެއެވެ.